ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ

ގޫގުލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އިންޓަނެޓްގައި އިޝްތިހާރު ކުރުމުގެ ވިޔަފާރީގައި ގޫގުލް ވަރެއް ނެތެވެ. ގޫގުލް ކްރޯމް އިންޓަނެޓް ބްރައުޒާ އަދި ޖީމެއިލް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. މީގެ މާނަ އަކީ ގޫގުލް ހަމަ ބާރުގަދައީ ހެއްޔެވެ؟


އިންޓަނެޓް ވިޔަފާރީގައި އަދި އާންމުކޮށް ޓެކްނޮލޮޖީ ވިޔަފާރީގައި އާންމުންނަށް ފަރިތަ ކުންފުނިތަކެެއް އެބަ ތިއްބެވެ. ލިސްޓް ކުރުކޮށްލާނަމެވެ. އެމެޒޯން، މައިކްރޮސޮފްޓް، އެޕަލް، ސެމްސަންގް އަދި ގޫގުލް އެވެ. މި ކުންފުނިތަކަށް ބަލާއިރު ވެސް ކުރަނީ ދާދި އެއް ވިޔަފާރިއެކެވެ. އެކަމަކު ވެސް، އެއް ބަޔަކަށް ވުރެ ކުރިއަރައި ދިއުމަށް ކޮންމެ ބަޔަކު ވެސް ގަދައަޅައި މަސައްކަތްކުރެވެ.

ވިޔަފާރިން ނަފާ ހޯދަން ގޫގުލުން ކުރާ މަސައްކަތްތަކަށް ބަލާއިރު، ގޫގުލް ހޯމް އަދި ނެސްޓް އަކީ އެމެޒޯން ސްމާޓް ހޯމް ނުވަަތަ އެލެކްސާ އަށް ބޮޑު ވާދަވެރިއެކެވެ. ސްމާޓް ހޯމް މާކެޓްގައި އެމެޒޯން ވައްޓާލުމަށް ގޫގުލުން އިންވެސްޓްކުރަނީ ނެސްޓް އަށެވެ. އަލްފަބެޓް ކުޑައިގެ ދަށަށް ނެސްޓް ލެބްސް ގެނައުމުގެ ބޭނުމަކީ އެމެޒޯން އަށް ވުރެ ކުރިއަރައި ދިއުމެވެ.

ގޫގުލް ޕިކްސެލް ފޯނަކީ އެޕަލް އައިފޯނަށް ވާދަވެރި އެކެވެ. ގޫގުލުން އުފައްދާ އިއާބަޑްތައް އަދި ފޯނުގެ ބައިތައް ސީދާކޮށް ވާދަކުރަނީ އެޕަލްއާ އެވެ. އެޕަލުން ވިޔަފާރިކުރުމުގައި ގެންގުޅޭ، ގޮތްނޭނގޭ އުކުޅުތަކެއްގެ ސަބަބުން އެޕަލް ވެފައި ވަނީ ގޫގުލް އަށް ވާދަކުރަން އުނދަގޫ ކުންފުންޏަކަށެވެ. އެހެން ނަމަވެސ ޕިކްސެލް ފޯނުގެ ހަގީގަތަކީ މިއީ އެވެ.

މައިކްރޮސޮފްޓް ސާފަސް ޓެބްލެޓް އަދި ސާފަސްބުކް އަށް އޮތީ ގޫގުލް ޕިކްސެލްބުކް އަދި ކްރޯމް މަރުކާގެ ލެޕްޓޮޕްތަކެވެ. އަދި ކަންތައް ހުރި ގޮތުން ގޫގުލް އަށް މިއިން އެއްވެސް ދިމާއަކުން މާކެޓް ލީޑާރުކަމެއް ނުލިބެ އެވެ. އިންވެސްޓްކުރާނެ ފައިސާ ކިތަންމެ ގިނަ ނަމަވެސް، ގޫގުލް އަށް އަދި ޖެހިފައި ވަނީ މަޑުމަޑުން ކުށްފިލުވަމުން ނިއުޅުމެވެ.