ސެމްސަންގަށް ކޮރޯނާވައިރަހުން އަސަރެއްނުކުރި

ސެމްސަންގުން ބުނީ ގޭގައި ތިބެގެން މަސައްކަތްކުރުން މާ ރަނގަލު ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ވިޔަފާރިން ކުންންފުންޏަށް ފައިދާވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.


ދުނިޔެ އަށް ފެތުރިގެންފައިވާ ކޮރޯނާވައިރަހުގެ ސަބަބުން، ބިޔަ ކުންފުނިތަކަށް ގެއްލުންވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ސެމްސަންގުގެ ފައިދާ ފަސް ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ސެމްސަންގަކީ އިލެކްޓްރޯނިކްސް ކުންފުންޏެވެ. މި ސިނާއަތަށް ނިސްބަތްކުރެވޭ ހުރިހާ މަސައްކަތެއްހެން ސެމްސަންގުން ކުރެ އެވެ. ސްމާޓްފޯނުން ފެށިގެން ގޮސް ޓީވީ، އައިސްއަލަމާރި، އަވަން އަދި ދޮންނަ މެޝިން ވެސް ސެމްސަންގުން އުފައްދަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން އެތައް ބަޔަކަށް ކޮވިޑް-19 ޖެހިފައި ވާއިރު، ސެމްސަންގަށް ފައިދާ އިތުރުވި ސަބަބަކީ ސްމާޓްފޯނެއް ނޫނެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުން ސެމްސަންގަށް ވީ ފައިދާ އެވެ. އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، އިންޓަނެޓުން ގުޅިފައި ހުރި ޚިދުމަތްތައް ބޭނުންކުރުން އިތުރުވުމުން، ޚިދުމަތް ދޭ ކުންފުނިތަކާށް ވަނީ ޑާޓާ ސެންޓަރުތައް އިތުރުކުރަން ޖެހިފަ އެވެ. ޑާޓާ ސެންޓަރުތަކަށް ބޭނުންވާ އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމަށް ބޭނުންވާ ޗިޕްތައް ވިކޭ އަދަދު ވަނީ އިތުރުވެފަ އެވެ.

ސެމްސަންގަކީ މެމޮރީ ޗިޕްތައް ވަރަށް ގިނައިން އުދައްދާ ކުންފުންޏެކެވެ. ސްމާޓްފޯން އަދި ފަތި ޓީވީ އަކީ ވެސް ސެމްސަންގުން ކުރާ ބޮޑު ވިޔަފާރި އެކެވެ. އެހެންނަމަވެސް، އާނުންމުނާ ގުޅުން ހުރި ވިޔަފާރިން މި އަހަރު ރަނގަޅު ފައިދާއެއް ވާނެ ކަމަށް ނުފެނެ އެވެ. މުޅި ރިޕޯޓް އާންމުވުމުން މިކަން ސާފުވާނެ އެވެ.