އެލްޖީ ވެލްވެޓްގެ ވާހަކަ އަޑުއެހިންތަ؟

މިއީ އެލްޖީ ސްމާޓްފޯނެކެވެ. ނަމަކީ "ވެލްވެޓް" އެވެ. އެލްޖީއާ ނުވެސް ގުޅޭ ނަމެކެވެ. ނަމަވެސް، މި ފޯނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް، ތަންކޮޅެއް އަޑުގަދަވާން ވަނީ ފަށައިފަ އެވެ.


ސައުތު ކޮރެއާގެ އެލްޖީން ބުނީ މިއީ މެދުފަންތީގެ ފޯނެއް ކަމަށެވެ. އެ ތަފާތު އަގަކުން ނޭނގެ އެވެ. އަގު މާ ބޮޑީ އެވެ. މި ފޯނު ބައެއް މާކެޓްތަކުގައި 500 ޑޮލަރަށް ވުރެ އަގުބޮޑުކޮށް އެބަ ވިއްކަ އެވެ. ސައުތު ކޮރެއާ އަށް ޚާއްސަ މޮޑެލް، މި އަށް ވުރެ އަގު ހެވެވެ.

އެލްޖީ ވެލްވެޓް ތައާރަފުކޮށް، އާންމު މާކެޓަށް ނެރުނީ މި އަހަރު މޭގަ އެވެ. މިއީ ސްމާޓްފޯން މާކެޓުން އެލްޖީ އަށް އޮތް ޖާގަ ފިތެމުން ގޮސް، ނޭވާ ބަންދުވެފައި ވަނިކޮށް، އެލްޖީން ނެރުނު ފޯނެކެވެ. އެހެންވެ، އެލްޖީ މަރުކާ އަށް ހިތްދެވިފައި ތިބި މީހުންނަށް މިއީ ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ވަރުގެ ފޯނަކަށް ވާނެ އެވެ.

އެލްޖީ އަކީ އެއްއިރެއްގައި، ސްމާޓްފޯން މާކެޓްގައި ގަދަ ބާރެކެވެ. ޓައިވާންގެ އެޗްޓީސީ ފަދައިންނެވެ. މި ދެ ކުންފުންޏަށް ވެސް ޖެހިފައި ވަނީ ދާދި އެއް ހާލެކެވެ. އެހެން ނަމަވެސް، އެލްޖީ އަށް ވުރެ އެޗްޓީސީގެ ހާލު ދެރަ އެވެ. އެލްކީ އަކީ ސްމާޓް އިލެކްޓްރޯނިކްސް މާކެޓްގައި ބާރުގަދަ ކުންފުންޏެކެވެ.

އަހަރެމެންނާ ހިސާބަށް އެލްޖީ ވެލްވެލްގެ ވާހަކަ އައިސްގެން މި އުޅެނީ، މި ފޯނު ބޭނުންކުރާ މީހުން ގިނަވެ، ފޯރަމްތަކުގައި އަޑުގަދަވާން ފެށުމުންނެވެ. އަދި އެލްޖީ ވެސް ދަނީ ދުނިޔޭގެ މާކެޓްތަކަށް މި ފޯނު ތައާރުފުކޮށް ވިޔަފާރި ފުޅާކުރަމުންނެވެ.

އެލްޖީ ވެލްވެޓްގައި، ސްމާޓްފޯނެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއްހެން އެބަ ހުއްޓެވެ. ފޯނު ޑިޒައިންކޮށްފައި ވަނީ ބުރުއްސައިގެން އަންނަ ފެން ނުވަންނަ ގޮތަށެވެ. މުޅިން "ވޯޓާޕްރޫފް"އެއް ނޫނެވެ. ބަލައިގެން ގެންގުޅޭށެވެ.

ވެލްވެޓްގެ އެހެން ފީޗާތަކަށް ބަލާއިރު އެންމެ ކަމުދަނީ 25ވޮޓް، ކޭބަލް ޗާޖިން އެވެ. ވަޔަލެސްކޮށް ޗާޖްކުރެވޭ ރޭޓް ތަންކޮޅެއް ދަށެވެ. އެއީ 9ވޮޓް އެވެ.

ވެލްވެޓްގެ ސްޕެކަށް ބަލާއިރު، އެލްޖީން ބުނީ ހަމަ ތެދެކެވެ. ފޯނުގެ ހާޑްވެއާ ފެތެނީ "މިޑް ރޭންޖް" އަށެވެ. "ޖީއެސްއެމްއެރީނާ" އަށް ވަދެލާށެވެ. ތަފުސީލް ސްޕްކެ އަތުޖެހޭނެ އެވެ.