އެންވީޑިއާ އިން އާމް ގަންނަން މަޝްވަރާކުރަނީ

އެންވީޑިއާ އަކީ އެމެރިކާގެ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ "ގްރެފިކްސް ޗިޕް" ޑިޒައިންކުރުމެވެ. ގޭމިން މެޝިންތަކަށާއި ބާރުގަދަ ކޮމްޕިއުޓަރުތަކަށް އަދި ލެޕްޓޮޕްތަކަށެވެ. މި ނޫނަސް ޓެކްނޮލޮޖީއާ ގުޅުން ހުރި ހާޑްވެއާ އާއި ސޮފްޓްވެއާގެ މަސައްކަތްތައް، އެންވީޑިއާ އިން ކުރެ އެވެ.


އާމް ލިމިޓެޑް އަކީ ވެސް ޗިޕް ޑިޒައިންކުރާ ކުންފުންޏެކެވެ. ޚާއްސަކޮށް މޮބައިލް ޑިވަސްތަކަށެވެ. މައި މަރުކަޒު ހުންނަނީ އިނގިރޭސިވިލާތުގަ އެވެ. އެކަމަކު މިއީ ޖަޕާނުގެ ސޮފްޓްބޭން ގުރޫޕުން ހިންގާ ކުންފުންޏެކެވެ.

އެންވީޑިއާ އިން އާމް ގަތުމަށްޓަކައި ސޮފްޓްބޭންކާ މަޝްވަރާކުރާ ވާހަކަ ދުވަސްކޮޅެއް ކުރިން ވަނީ އިވިފަ އެވެ. މިއީ ދުނިޔޭގައި ހިނގާ ވިޔަފާރީގެ ޒާތެކެވެ.

ކުންފުނިތައް ގަނެ ކުންފުނިތައް ވިއްކުމަކީ އެވްރެޖް މީހަކަށް މާނައެއް ދޭހަވާނެ ކަމެއް ނޫނެވެ. ޓެކްނޮލޮޖީ ސިނާއަތުގައި ބަދަލުކުރެވެމުން ދާ މިކަހަލަ މުއާމާތުން ސިދާ ފައިދާއެއް ނުލިބުނަސް، މި މައުލޫމާތު މުހިންމު ވަނީ، މި ފަދަ މުއާމަލާތްތަކާ ގުޅިގެން ހާޑްވެއާ އުފައްދާ ކުންފުނިތަކުން ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ.

މައިކްރޮސޮފްޓް ވިންޑޯޒްގެ މުޅި ހަޔާތް، އިންޓެލް އަދި އޭއެމްޑީ ޗިޕްތަކަށް ބަރޯސާވެފައި އޮތުމަށް ފަހު، އާމް ޗިޕްތަކަށް ފޯކަސްކުރުމަކީ ވިންޑޯޒް މެޝިންތައް ބޭނުންކުރާ މީހުންނަށް މުހިންމު ކަމެކެވެ. އަގު ބޮޑު ޗިޕްތައް ދޫކޮށް އަގު ހެޔޮ ޗިޕްތަކަށް ވިންޑޯޒް ޑިޒައިންކުރުމަކީ ލުޔެކެވެ.

އެޕަލްގް މެކް ކޮމްޕިއުޓަރުތަކުގައި ވެސް އާމް ޗިޕްތައް މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި އަޅުވާނެ ވާހަކަ ވެސް އެބަ ދެކެވެ އެވެ. މި ފަދަ މުހިންމު ދަނޑިވަޅެއްގައި، އާމް އެހެން ބަޔަކަށް ވިކުމަކީ، ކުރިން ހަދާފައި ހުރި އަހުދުތައް އުވި ހިނގައިދާނެ ކަމަކަށް ވެސް ވެދާނެ އެވެ. މީހުންގެ ވިންނުމާއި ނިންމުމަށް ފަޅި ސިކުންތަކުން ވެސް ބޮޑެތި ބަދަލުތައް އާދެ އެވެ.

އާމް ގަތުމަށް މަޝްވަރާކުރެވެނީ 32 ބިލިއަން ޑޮލަރަށެވެ. މިއީ ސޮފްޓްބޭންކުން 2016 ގައި އާމް ގަތް އަގެވެ. ޓެކްނޮލޮޖީ ސިނާއަތުގައި ނުފޫޒުގަދަ، ޕޯލް ތަރޮޓް ފަދަ މީހުން ދެކޭ ގޮތުގައި އާމްގެ އަގު މިހާރު އުޅޭނީ 40 ބިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން، މި މުއާމަލާތުގައި އަމަކީ ސިފަޖެހޭ ގޮތަކުން ކުންފުނި ވިކޭ އަގު ބޮޑުވުން ވެސް ގާތެވެ.