12 ސެޕްޓެމްބަރ

September 12, 2018 7
ޗައިނާ އިން އދ.އަށް: މިނިވަން ކަމަށް އިހްތިރާމްކުރޭ

ބެއިޖިން (ސެޕްޓެމްބަރު 12) - ޗައިނާގެ އަމިއްލަ މިނިވަން ކަމަށް އިހްތިރާމް ކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރަށް ބެއިޖިން އިން ގޮވާލައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 44
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، އޮބްޒާވް ކުރަން އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނާންނަނީ އެ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2018
އދ.ގެ ވާހަކަތައް މިއަންމާ އިން ދޮގުކޮށްފި

ނޭޕީޑޯ (އޮގަސްޓް 29) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާ އިން ބޮޑެތި ޖަރީމާތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ބުނެ އދ.ގެ ފެކްޓް ފައިންޑިން މިޝަނުން އާއްމުކުރި ރިޕޯޓް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

27 އޯގަސްޓް

August 27, 2018 2
މިއަންމާގެ އަސްކަރީ ވެރިންނަށް ދައުވާކުރަން ޖެހޭ: އދ.

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ދައުވާ ކުރަން ޖެހޭ ކަމަށް އދ.ގެ ފެކްޓް-ފައިންޑިން މިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.

19 އޯގަސްޓް

August 19, 2018 49
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެފަދަ ގަައުމުތަކަށް އެ ދާއިރާތަކުން އެހީތެރިކަމެއް ވެސް ނުދެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް...

16 އޯގަސްޓް

August 16, 2018 58
އދ.ގެ އެހީތެރިކަމެއް މި އިންތިހާބަކަށް ނެތް!

ކުރީގެ ރިޔާސީ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން އެހީވި ނަމަވެސް އަންނަ މަހު ބާއްވާ އިންތިހާބުގެ އެއްވެސް ކަމެއްގައި އދ. އިން ބައިވެރިނުވާ ކަމަށް ބުނެފި އެވެ.

09 އޯގަސްޓް

August 09, 2018 8
ރައީސް، އދ.ގެ އެސިސްޓެންޓް އެސްޖީއާ ބައްދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން، އދ. ގެ ސިޔާސީ ދާއިރާއާ ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މރ. މިރޮސްލާވް އެންކާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

10 ޖުލައި

July 10, 2018 7
ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި މައްސަލަތަކަށް ހައްލެއް އައިސްފައިވޭތޯ ބަލަން އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

29 ޖޫން

June 29, 2018 7
ކުރީގެ ދެފަނޑިޔާރުންގެ މައްސަލާގައި އދ.ކަންބޮޑުވެއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

27 ޖޫން

June 27, 2018 1
ޔޫއޭއީގެ މައްސަލަ ގަތަރުން އދ.ގެ އެންމެ މަތީ ކޯޓަށް

ޔުނައިޓެޑް ނޭޝަންސް (ޖޫން 27) - ގަތަރާ މެދު އިންސާނިއްޔަތާ ޚިލާފު ގޮތަކަށް އަމަލު ކުރާ ކަމަށް ބުނެ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް އދ.ގެ އެންމެ މަތީ ކޯޓުގައި ދޯހާ އިން މައްސަލަ ޖައްސައިފި އެވެ.

19 ޖޫން

June 19, 2018 6
އދ.ގެ މައި މަރުކަޒުގަ ދިވެއްސަކު ހުނަރު ދައްކާލައިފި

އދ. ގެ މައި މަރުކަޒުގައި ދިވެހި ކުރެހުންތެރިއަކު އޭނާގެ ހުނަރު ދައްކާލައިފި އެވެ.

16 ޖޫން

June 16, 2018 53
އދ. ގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން ރާއްޖެ އިން ވާދަކުރި އިންތިޚާބުގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫހަކުން އިއްޔެ ބުނެފި އެވެ.

14 ޖޫން

June 14, 2018 8
އދ. އިން އަނެއްކާ ވެސް އިޒްރޭލު ކުށްވެރި ކޮށްފި

އިޒްރޭލުގެ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ ބިންތަކުގައި މިދިޔަ ދެތިން މަހުގެ ތެރޭގައި ހިންގި އުދުވާނީ އަމަލުތައް ކުށްވެރިކޮށް، އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ބޮޑު އަޣުލަބިއްޔަތަކުން އިއްޔެ ފާސްކޮށްފި އެވެ.

12 ޖޫން

June 12, 2018
ހޫތީންނާ ވާހަކަ ދައްކަން 48 ގަޑިއިރު

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި، ހޫތީ ހަނގުރާމަވެރިން ހަމަލާތައް ހުއްޓައިލާތޯ އެމީހުންނާ މަޝްވަރާ ކުރުމަށް، ގުޅިފައިވާ ލަޝްކަރުން 48 ގަޑިއިރުގެ މުހުލަތެއް އދ. އަށް ދީފި އެވެ.

10 ޖޫން

June 10, 2018 21
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ރާއްޖެއިިން ކުރިމަތިލާން 2008 ގައި އޭރުގެ ސަރުކާރުން ނިންމި ނިންމުމަކީ ވަކި މީހަކު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. އަހުމަދު ޝަހީދަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްދު ދެއްވައިފި އެވެ.

09 ޖޫން

June 09, 2018 55
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި މެމްބަރުން އިންތިޚާބު ކުރަން އިއްޔެ ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިވުން ވެގެން ދިޔައީ ދިވެހި ސަރުކާރަށް އެތައް ފާޑު ކިޔުމެއް އަމާޒުވި ކަމަކަށެވެ. އދ. ގެ އެންމެ ބާރު ގަދަ އަދި ފަޚުރުވެރި ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ހޯދަން 10 އަހަރު ވަންދެން ރާއްޖެ އިން ކުރި މަސައްކަތް ނާކާމިޔާބުވީ އިދިކޮޅު ފަރާތްތަކުގެ ނަޒަރުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނެވެ.

08 ޖޫން

June 08, 2018 68
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން

އދ. ގެ އާންމު މަޖިލީހުގައި މިރޭ ނެގި ވޯޓުން ނާކާމިޔާބުވެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ނުލިބުނު ކަމުގައި ވިޔަސް، މުހިއްމު މައްސަލަތަކުގައި އަޑުއުފުލައި، ވަކާލާތު ކުރާ ގައުމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ރާއްޖޭން މި ރޭ ބުނެފި އެވެ.

June 08, 2018 170
ރާއްޖެ ބަލިކޮށް ސަލާމަތީ މަޖިލީހަށް އިންޑޮނީޝިޔާ

އދ.ގެ އާންމު މަޖިލީހުގައި ދެންމެ ނެގި ސިއްރު ވޯޓުގައި ރާއްޖޭގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް...

June 08, 2018 15
ގޮނޑި ކާމިޔާބު ކުރާނީ ރާއްޖެތަ؟ އިންޑޮނީޝިޔާތަ؟

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުކަމުގެ މަގާމަށް ފަސް ގައުމެއް އިންތިޚާބު ކުރުން...

06 ޖޫން

June 06, 2018 26
ރާއްޖެ ވާދަކުރާ ސަލާމަތީ މަޖިލީހުގެ ވޯޓު ހުކުރު ދުވަހު

ރާއްޖެ ވާދަކުރާ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.

02 ޖޫން

June 02, 2018 10
އެމެރިކާގެ ގަރާރަށް ލިބުނީ އެމެރިކާގެ ވޯޓު އެކަނި

ޔުނައިޓެޑް ނޭޝަންސް (ޖޫން 2) - ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ އުދުވާނުގެ ސަބަބުން ބައިނަލްއަގުވާމީ ހިމާޔަތް ދިނުމަށް ސަލާމަތީ މަޖިލީހަށް ކުވޭތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯކޮށްފައި ވަނިކޮށް، އިޒްރޭލުގެ ދިފާއުގައި އެމެރިކާ އިން ހުށަހެޅި ގަރާރަށް ވެސް އެއްވެސް ތާއީދެއް ނުލިބި އަމިއްލަ ގައުމުގެ ވޯޓާ އެކު...

24 މެއި

May 24, 2018 11
ރާއްޖޭގެ އަގު ވައްޓާލަނީ މި ސަރުކާރުން: ޖަމީލް

ބައިނަލްއަގުވާ މުޖުތަމައުގެ ކުރިމަތީގައި ރާއްޖޭގެ އަގު ކޮންމެ ދުވަހަކު ވައްޓާލައި ދިވެހިންނަށް ގެއްލުން ދެމުން ދަނީ މި ސަރުކާރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.