ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފަރަތަމަ ހަތް ދުވަހު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނަ ގަޑި އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުރި އަށް އޮތް ރޯދަ މަހު، އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ އެވެ. އަދި ކެފޭ، ހޮޓާ ރެސްޓޯރެންޓުތައް މެންދަމު 3:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިހާރު ފިހާރަތައް ރޭގަނޑު 10:00 ގައި ބަންދު ކުރާ އިރު ކެފޭ އަދި ރެސްޓޯރަންޓުތައް ބަންދު ކުރަނީ 12:00 ގަ އެވެ.