ދުނިޔެ / ސްރީ ލަންކާ

ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަގެ ހަށިގަނޑު ކޯޓުން ނެރެގެން ގެންދާ މަންޒަރާއި އޭނާއަށް ހަމަލާދޭން ބޭނުންކުރި ހަތިޔާރު.

20 ފެބުރުއަރީ 2025 - 07:58

2 comments

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ އިއްޔެ ބަޑިޖަހައި މަރާލައިފި އެވެ.

ގަނޭމުއްލާ ސަންޖީވާގެ ނަމުން މަޝްހޫރު ގޭންގް ލީޑަރު މަރާލީ ލޯޔަރެއް ގޮތަށް ހެދުން އަޅައިގެން ކޯޓަށް ވަން މީހަކު ފިސްތޯލައަކުން ހަމަލާދީގެންނެވެ.

ފުލުހުން ބުނީ ނުވަ މީހެއްގެ މަރުގެ ތުހުމަތު އޮތް ގަނޭމުއްލާ ސަންޖީވާ ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ހިންގަމުންދާ މައްސަލައެއްގެ އަޑުއެހުމަށް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ގަނެމުލާ ސަންޖީވާ އަށް ހަމަލާ ދީފައިވަނީ ލޯޔަރެއް ކަމަށް ހެދިގެން ވަން މީހެއް ކަމަށާއި ހަމަލާދޭން ބޭނުންކުރި ފިސްތޯލަ ވެސް ކޯޓު ރޫމް ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. ކޯޓު ތެރެއަށް އެ ވައްދާފައި ވަނީ ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި އެތަނުގެ ތެރޭ ފޮރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަޑި އެތެރެކޮށްދިނީ އަންހެނެއް ކަމަށާއި އެ އަންހެން މީހާ އަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާ ދިން މީހާ ކޯޓުން ނުކުމެ ފިލައިގެން ދިޔަ ނަމަވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ވޭނެއްގައި ދަނިކޮށް ސްޕެޝަން ޓާސްކް ފޯހުގެ ޓީމަކުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އުމުރުން 34 އަހަރުގެ، މުހައްމަދު އަޒްމަން ޝަރީފުއްދީން ކިޔާ މީހެއް ކަމަށެވެ.

"ގަނޭމުއްލާ ސަންޖީވާ" މަރާލުމުގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާއަކީ ދާދި ފަހުން ދެހިވާލާގެ ވަތަރައްޕަލާގައި ދެ މީހަކު މަރާލި ކަމަށް ވެސް ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.

ވާދަވެރި ގޭންގުތަކުން ލަންކާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަޑީގެ ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އާންމުވެ ނުރައްކާ ވެފަ އެވެ. މިއަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެކަނި ވެސް ބަޑިޖެހުމުގެ ފަސް ހާދިސާއެއް ހިނގާފައިވާއިރު، މި ހާދިސާތަކުގައި ފަސް މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ. މިފަދަ ހަމަލާތައް ގިނަވެ އާންމު ސަލާމަތަށް ނުރައްކާވަމުން ދާތީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ބަޔާނެއް ވެސް ވަނީ ނެރުއްވައިފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 33%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

21 February 2025

ހަމަލާދިންމީހާ ހައްޔަރުކޮށްފީމޭކިޔަސް ތީތެދެއްކަމެެއްނޭންގެ، ހައްޔަރު ކުރެވުނަސް އަދި ނުކުރެވުނަސް ބޭނުންވާކަންތައްތިއޮތީކޮށްނިންމާފަދޯ! ލަންކާފުލުހުންގެ ބޮޑުފެއިލްވުމެއް، މުޅިދުނިޔެއަށްވިބޭޒާރެއް، ސެކިއުރިޓީސުމެއްކަންހާމަވެގެންދިޔަ ހާދިސާއެއް

The name is already taken The name is available. Register?

ޗަނބޭލީބެލީ

20 February 2025

އަދިވެސް ވޯކު ކުރޭދޯ ފިލުމުތަކުގައި ދައްކާ ކަހަލަ މަންޒަރުތައް. މިބުނީ ފޮތެއްގެ ތެރޭގައި ބަޑިއެއް ފޮރުވުން ކަހަލަ، ކޯޓަށް ގެނެސް ހުއްޓާ ލޯޔަރު ހެދުމުގައި ކޯޓަށް ވަނުން ކަހަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454