ޓްރަމްޕް: އޭނާ ވިދާޅުވީ އިޒްރޭލާއި އިރާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއްކަމަށް --- ފޮޓޯ: އޭއެފްޕީ
16 ޖޫން 2025 - 05:55
އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އޭބީސީ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ، އެ ހަމަނުޖުންތަކަށް އެމެރިކާ ވަނުމުގެ އިތުރުން އެ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އެ ގައުމާ އެކު ކުރިއަށް ގެންދާ ކަމަށެވެ. އިޒްރޭލުން އިރާނަށް ހަމަލާ ދެމެން ގެންދާތީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެއްބަސްވުމެއް ހަދަން ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް އިރާނުން މިހާރު ބޭނުން ވެދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އެހެންވީމާ އަހަރެމެން [އެމެރިކާ] މި ކަމުގައި [މި ހަމަނުޖެހުންތަކުގައި] ޝާމިލުވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކެމެރާއާ ނުލައި ދެއްވި އިންޓަވިއުގައި ޓްރަމްޕާ ހަވާލާދީ އޭބީސީން ބުންޏެވެ.އެކަމަކު އަދި މިހާތަނަށް އެ ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރީ އެއްވެސް ފިޔަވަޅެއް އެމެރިކާއިން އަޅާފައި ނުވާނެކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންކަމަށް އިރާން އެއްބަސް ކުރުވުމަށް ބާރު އެޅުމުގެ ގޮތުން އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތައް ފަދަ ހަރަކާތެއް ހިނގަން ޖެހެ އެވެ.
"މިކަމުގެ ސަބަބުން [ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ] އެއްބަސްވުމަކަށް ދާން އިރާނަށް މަޖުބޫރު ވެދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ނުވަވަނަ ބައްދަލުވުން މި ހަފުތާގައި ބާއްވަން ކުރިން އޮތީ ތާވަލު ކޮށްފަ އެވެ. އެކަމަކު އެ ބައްދަލުވުން ފަހުން ކެންސަލް ކުރީ އެވެ.
ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުގެ ދަށަށް އައުމަށް އިރާނަށް ފުރުސަތު ބަންދު ނުވާނެ ކަމަށެވެ.
އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށް ގެންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވަން ރަޝިއާގެ ރައީސް ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އޭނާ [ޕުޓިން] ހުންނެވީ ތައްޔާރަށް، އެކަމާ ގުޅޭގޮތުން އޭނާ އަޅުގަނޑަށް ގުޅުއްވި. އެކަމާ ބެހޭ ގޮތުން ދިގުކޮށް ވާހަކަ ދެއްކެވި،" ޓްރަމްޕް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
16 June 2025
ތިހާވަރަކަށް ދޯ ވަދެވޭނީ. ޢެމެރިކާ ބުނެގެން ކުރުވާ ކަމެއް ނޫންތަތީ
މަންމަނި
16 June 2025
އަޅެ މި ކަލޭގެ ހުރީ ހަމަހޭގައިއުތަ ނޫނީ ހަމަހޭގައި ނޫންތަ! ވަދެ ތިބެ ދައްކާ އިޔަހޫދީ ވާހަކަ ދޯ
ފަސްމާލި
16 June 2025
ވަދެފާނެއޭ ކިޔަަނެކަމެއް ނެތް. ވަދެފަ މިހާރުވެސް އޮތީ
ޢަޒްރާ
16 June 2025
ނިކަންވަދެބަލަ ޓްރަމްޕް ރޭމްޕަކަށް ހަދާލާނީ އޭރުން
ހަމަނުހަމަަަ
16 June 2025
އިޒްރޭލަައި އެމެރިކާ އެހެން ގައުމުތަކަށް ބުލީކޮށްގެން އުޅެން ރުހިގެން ނުވަތަ އެކަމާ ދެކޮޅަށް ތެދުވާން ނަގޫފިތިފަ ތިބި ގައުމުތަކުގެ ވެރިންގެ ނިކަމެތިކަމާ ދޭތެރޭ ސަހަރޯ ހީވޭ. އެމެރިކާއާއި އިޒްރޭލުގެ އަތުގައި ނިއުކްލިއަރ ހަތިޔާރާ ދެންވެސް ހުރި އެންމެ ނުރައްކާ ހަތިޔާރު ހުރުން މައްސަލައަކަަށް ނުވަންޏާ ކޮންމެ ގައުމަކަށްވެސް އެ ހައްގު އޮންނަންޖެހޭނެ. މިފަަދަ ހަތިޔާރުގެ ބޭނުން އެންމެ ގިނައިން ކުރަނީވެސް މި މީހުން. އެކަމަކު މި ބޭއިންސާފުވެސް ބަޔަކަށް އޯކޭ
ތިރިނާކޮޅު
16 June 2025
ކަލޯ ޓްރަމްޕާ ކަލޯ ހީކުރަނީ ކަލޯ ނަތަންޔާހޫގެ ޕަޕެޓަކަށް ވެގެން އުޅެންޖެހުނަސް އިރާން ކަލޯގެ ޕަޕެޓަކަށް ވާނެކަމައްތަ ނުވާނެ ތިކަމެއް އިރާނަކާ ކަލޯމެނަކާ ނުކުޅެވޭނެ..
އުދާސްތައް
16 June 2025
އިޒްރޭލް ފަނާވާތަން ބަލަން ކެތްނުދީ ދޯ؟ ދެން ލަލަލަ.
ކޮން
16 June 2025
ތީ އެންމެނަށް އެނގޭކަމެއްދޯ
މުލޭ
16 June 2025
އިރާނަށް ކަންކަން މަޖުބޫރު ކުރުމުގެ ކުރިން އިޒްރޭލަށް ކަންކަން މަޖުބޫރުކޮށްބަލަ. އެމީހުން ޢަމަލުކުރަންޖެހޭ އދ ގެ ކިތައް ގަރާރު އޮތްކަން އަންގައި އެއަށް ބޯ ލަންބުވާ ބަލަ. ދެފުށްކެހެރި. އއމީހުންނަކީ އެއްވެސް ގާނޫނަކަށް ގަވާއިދަކަށް ކިޔަމަންވާންޖެހޭ ބައެއް ނޫންތަ!. ކަލޭމެންގެ މުނާފިގުކަމުން ދުނިޔެ ފަނާވެ މިދަނީ. ދުނިޔޭގައި ހިނގާ ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ ކަލޭމެން.