އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކަތައް ޓްރަމްޕް ވަނީ ދައްކަވާފައި --- ފޮޓޯ: އޭއެފްޕީ
23 ޖޫން 2025 - 14:33
އިރާނުގެ ވެރިކަން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި އޭނާ އިއްޔެ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރުމަކީ "ގޯސް ކަމެއް ނޫން" ކަމަށެވެ.
އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އިއްޔެ އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާ ދިންކަން އިއުލާން ކުރުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިރާނަށް ހަމަލާ ދިނީ އިޒްރޭލާއި ގުޅިގެން ކަމަށެވެ.
މި މަހު 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދިނުމުން ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން މަސްރަހު ވަނީ ގޯސްވެފަ އެވެ. މަސްރަހު އިތުރަށް ހޫނުވެފައިވާ ވަގުތެއްގައި އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.
ޓްރަމްޕް އެ ވާހަކަ ދެއްކެވީ އޭގެ ފަހުންނެވެ. އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް ބުނީ އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލުމަކީ ވެސް އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ މަގުސަދެއް ކަމަށެވެ.
މިއަދު އިޒްރޭލުން ބުނީ "މަގުސަދު ހާސިލު ވަންދެން" އިރާނަށް ހަމަލާ ދެމުން ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންް
23 June 2025
އެހެންތަ. މިހާރު މިފޫގަޅާލީ އީޜާނުގެ ވެރިކަން ބަދަލުކުރުމުގެ ކުރިން ޓްރަމްޕުގެ ވެރިކަން ނިންމަން. ވަރަށް އަވަހަށް ކަލޭ ވެރިކަމުން ބާލާނަށް. އޭގެފަހުން ދުވަހަކުވެސް ވެރިކަމަށް ނާދެވޭ ވަރުކުރާނޫ.
ހޭލާ
23 June 2025
މިހާ ކިބުރުވެރި ބޮޑާ ބަޔަކު ފެންނާނެބާ؟ މީނައާ ނަތަންޔާހޫ ޤަބޫލުކުރާގޮތުގައި އެމީހުން ބޭނުންވާ ހުރިހާ ކަމެއް މިދުނިޔޭގައި ވާންޖެހޭނެ. އަދި އިރު ވެސް އެމީހުން ބޭނުންވާ ކޮޅަކުން އަރުވަން އުޅެފާނެ ތޯއްޗެ.
މިސްޓަރ ރެޑް ފޭސް
23 June 2025
ޢެމެރިކާގެ ވެރިކަމުގަ މިހާރު ހުރި ސޭކު ތާކުން ތާކު ނުޖެހޭ ރައިސް ބަދަލު ކުރުމަކީ ގޯސް ކަމެއް ނޫން ކަމަށް ފެނޭ. އަދި ބަދަލުގަ މުސްލިމް ލީޑަރަކު އެމަޤާމަށް ހަމަ ޖައްސަން ފެނޭ.
ޖާސޫސަކީއެއީ
23 June 2025
އިރާގުގެ ތެލުގެ މައްޗަށް ވެރިވެގަތްފަދައިން އިރާނުގެމައްޗަށް ގަދަނުވެވިގެން ތިޔަ މަރުފަލިޖަހަނީ. ރައީސީގެ ހެލިކޮޕްޓަރު ވައްޓާލީވެސް އެހެންވެ. މިހާރުއެހުރީ ގުޅުންބަދަހިކުރަން ވައުދުވެގެންއައި ރައީސެއް.
ބސބސބ
23 June 2025
ތިފެންނަނީ ހަގީގީ ޑިމޮކުރަސީ
މާލު
23 June 2025
ޙުޅަނގުން ކިޔާ ޑިމޮކްރަސީއަކީ މީ، އެހެންވެ އަހަރެނ އަބަދުވެސް ބުނަނީ ޑިމޮކްރަސީ އަކުން ހެވެއް(މޮޅެއް) ނުލިބޭނެޔޭ، އެއްވެސް އިންތިހާބެއްގަ ވޯޓްލާނެ ކަމެއްނެތް، ޑިމޮކްރަސީއަށް ނޫނެކޭ ބުނަންވީ