އިޒްރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ އިމާރާތްތަކެއްގެ ކައިރީގައި ދެ އަންހެނަކާއި ކުޑަކުއްޖަކު އިށީނދެގެން: ބަނޑަށްޖެހި މަގުމަތިވެފައިވާ ދެ މިލިއަނެއްހާ މީހުން ތިބި ޣައްޒާ އެއްކޮށް ހިފަން އިޒްރޭލުން ވަނީ މިއަދު ފާސްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
08 އޯގަސްޓް 2025 - 10:41
އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ބަނޑަށްޖެހިފައިވާ ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް އެތަނުގައި ފަލަސްތީނުގެ މައި ދެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
ކުރިން ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މި ހުށަހެޅުން ފާސްކުރި "ޣައްޒާގެ ހަނގުރާމަ ނިންމުމަށް" ކަމަށް ބުނެ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މައިގަނޑު ފަސް ކަމެއް އިޒްރޭލުން ކުރާނެ އެވެ. އެއީ؛
● ހަމާސް ޖަމާއަތަކީ ހަތިޔާރު ނުގެންގުޅޭ ބަޔަކަށް ހެދުން
● ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު އެންމެން، މަރުވި މީހުންގެ ހަށިތައް ވެސް ހިމެނޭ ގޮތަށް، އަނބުރާ ހޯދުން
● ޣައްޒާ "ޑިމިލިޓަރައިޒް" ކުރުން
● މުޅި ޣައްޒާ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިއުން
● ހަމާސް އަދި ފަލަސްތީން އޮތޯރިޓީ (ޕީއޭ) ނުހިމެނޭ އާ މަދަނީ ވެރިކަމެއްގެ ދަށަށް ޣައްޒާ ގެންދިއުން
ބަޔާނުގައި ބުނެފައިވަނީ މިއީ ހަމާސް ނައްތާލުން ފުރިހަމަކުރުން ކަމަށާއި މިކަން ކުރިއަށް ދާއިރު އަސްކަރީ ހަރަކާތްތައް ނުހިނގާ ހިސާބުތަކުގައި އާންމުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
އިޒްރޭލުން މިގޮތަށް ނިންމާފައި މި ވަނީ ޣައްޒާގައި ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެތަނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި މަރުވަމުން ދިއުން ނިމުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް އެތެރެއިންނާއި ބޭރުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފިއްތުން އިތުރުވެފައި ވަނިކޮށެވެ.
ނަތަންޔާހޫ ބުނީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ޣައްޒާ ގެންދިޔަ ނަމަވެސް އެތަނުގައި "އިޒްރޭލުގެ ވެރިކަމެއް ހިންގުމުގެ ނިޔަތެއް ނެތް" ކަމަށެވެ. އޭނާ ބުނީ 1967 ވަނަ އަހަރު އިޒްރޭލުން ހިފައިގެން ތިބުމަށް ފަހު 2005 ވަނަ އަހަރު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ބާލައި ފަލަސްތީނަށް ދޫކޮށްލި ޣައްޒާ އަލުން ހިފައިގެން ތިބެން ވެސް ބޭނުން ނުވާ ކަމަށެވެ.
ނަތަންޔާހޫ ބުނީ އިޒްރޭލުގެ އަމާޒަކީ ޣައްޒާ އަކީ "ސެކިއުރިޓީ ޕެރިމީޓަރެއް" ކަމަށް ހަދައި އެ ސަރަހައްދު ހަރުދަނާ ގޮތެއްގައި ހިންގާނެ "އަރަބި ބާރުތަކަށް" ހަވާލުކޮށް "އިޒްރޭލަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ޣައްޒާގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން" ކަމަށެވެ.
"ހަމާސް އޮވެގެން މިކަން މިގޮތަށް ނުކުރެވޭނެ،" ކެބިނެޓުގެ ނިންމުމުގެ ކުރިން ނަތަންޔާހޫ ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ނަތަންޠާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި މައިގަނޑު ފަސް ކަންތައް ފުރިހަމަކުރުމަށް ކެބިނެޓްގެ ބޮޑު އަޣުލަބިއްތަޔަކުން ރުހުން ދިން ކަމަށެވެ.
ޣައްޒާގެ އާންމުން ބުނަމުން އަންނަނީ އިޒްރޭލުން ޣައްޒާގައި ހާސިލްކުރަން އުޅެނީ ސްޓްރެޓީޖިކް ނުވަތަ ޓެކްޓިކަލް ކަންތައްތަކެއް ނޫން ކަމަށާއި މިއީ ޣައްޒާގެ ރައްޔިތުންގެ މައްޗަށް ވެރިވެގަނެ އިތުރަށް ނިކަމެތިކުރުމުގެ ޕްލޭނެއް ކަމަށެވެ.
ޣައްޒާ ހިފުމުގެ ޕްލޭނަށް އިޒްރޭލު އަސްކަރިއްޔާ ތެރޭގައި ދެކޮޅުވެރިކަން އެބަ އޮތް ކަމަށާއި ސިފައިންގެ ވެރިޔާ ވަނީ މި ނޫން ގޮތަކަށް ވެސް ހަނގުރާމަ ނިމުމަކަށް ގެނެސް މަގްސަދު ހާސިލްކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކާފައި ކަމަށް އިޒްރޭލު މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
09 August 2025
އަރަބި ނަސްލެއްނޫން. އެމީހުންނަކީ މުސްލިމުން. މުސްލިމުންނާ ދެކޮޅަށްވިއްޔާ ދުނިޔެ އެއްގަލަކަށް އަރާނެ.
ދޮން
09 August 2025
ބައްޑަށް ޖައްސާ އަރަބި ނަސްލެއް ފަނާ ކޮށްލާއިރު ބަލަން ތިބި އެއްބިމުން ގުޅިފައިވާ އަރަބިވެރިން ވަނީ ހަރާންކޯރުވެފައި މިނުބައި ޖާހިލް ވެރިން ނެތި ކުރައްވާ އިސްލާމީ ދިދަ ވިހުރުވާލެވޭ ޚާލިދު ބުނި ވަލީދު ފަދަ ހިތްވަރު ހުރި ވެރިން ފާޅުކުރައްވާ މަސްޖިދުލް އަޤްޞާ އާއި ފަލަސްތީނު ރަައްޔިތުން ސަލާމަތް ކުރައްފާންދޭވެ، ޔާﷲ
ހަސަންބޭ..
08 August 2025
ޣައްޒާގެ ރައްޔިތުންނަނީ އެކަނިވެރި ބައެއް.. އެހެންވިޔަސް އިޒްރޭލަށް ހަމަޖެހިލައިގެން ތިބިޔަ ނުދޭނެކަމަށް އުންމީދުކުރަން.
ކެރޭށޭ
08 August 2025
ސައުދީ އެރެބިޔާ އިއުލާން ކުރަންވީއޭ އެގައުމުގެ ތެޔޮ ވިއްކުން ތިން ކަރަންސީ އަކަށް ބަދަލު ކުރި ކަމަށް ރަޝިޔާ ޗައިނާ އަދި އެމެރިކާ ކަރަންސީ ކަމަށް އެއިރުން އެންމެ ގިނައިން ތެޔޮ ގަންނާނީ ޗައިނާއިން އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ބަޔަކަށް ދޭނީ އެގޮތުން ހުށައެޅުމުގައި ޝަރުތަކަށް ވާން ޖެހޭނީ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ގައުމު ތަކަށް ހަތިޔާރު ވިއްކައިގެން ނުވާނޭ ކަމަށް އަދި ގައުމު ތަކުގެ ދާޚިލީ ކަންކަމަށް ބޭނިގަގެނެގެންނުވާނޭ ކަމަށް
އަފްރާސިޔާބު
09 August 2025
ޔަހޫދީންނަކީ މަކަރުވެރި ބައެއް. އެކަން އެބައެނގޭތާ ޔޫސުފުގެފާނުގެ ލެޔޭ ކިޔައިގެން ފޭކް ލޭ ހެދުންކޮޅުގައި ޖައްސައިގެން ބައްޕަކައިރިއަށް އައުމުންވެސް. އެއީ އަރަބީންނެއް ނުންތަ؟
ޙުސީނު
08 August 2025
ރަައްޖޭއިންވެސް ފެންނަނީ މިމަންޒަރު. އިންސާފުން ކަންކުރާނަމަ، ކިތައްމެ ފުރާނައެއް ސަލާމަތްވާނެ. ރާއްޖެތެރޭ މީހުންނަކީ ވަކި ބައެއްގެ އަޅުންތަކަކަށް ހަދައި އެމީހުން ކުރާ ބުރަ މަސއްކަތުން ލިބޭ ހުރިހާ ލާރިކޮޅެއް ދިވެހި ޔަހޫދީން ނަށް.
މަހަށްދޭދޭބަލަ
08 August 2025
ޢައްޒާ އެއް ނޫން ޓްރަމްޕަށް ހިފޭނީ އެއްޗެއް ހަނދާން ކުރެވޭނީ ޓްރަމްޕަށް ޓްރަމްޕް މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށްދޭބަލަ...
ދަނޑުން
08 August 2025
ޞަލާހުއްދީން އައްޔޫބީއެއް ބޭނުންވޭ މިހާރު
ކޮރަލް
08 August 2025
މުސްލިމް ގައުމަކުން ފާޅުގަ ދެކޮޅަށް ވާހަކަ ދައްކާ އަޑެއް ނީވެ އެވެ . މުޒާހަރާ ކޮށް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އަޑު މިއިވެނީ މުސްލިމް ނޫން ގައުމު ތަކުންނެވެ .
އަފްރާސިޔާބު
09 August 2025
މުސްލިމު ގައުމެއް އެބައޮތްތަ؟ އަހަރެެމެން މިކިޔާ ތުރުކީ ވިލާތް އޮތް ގައުމަކީ. އެމީހުންވެސް އެތިބީ އިސްރާއީލަށް ޢަމަލުން ތާއީދުކޮށްގެން ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެމުން.
އީމަން
08 August 2025
1097 ކުން ފަށައިގެން ޒަޔޮނިސްޓުން ބޭނުވަނީ ފަލަސްތީން، ލުބުނާނު، ސައުދީ، އިރާޢް، ޢުއޭތް، ސީރިޔާ އަދި މިސްރު އިރުމަތީ ހުރިހާ ބިމެއް. މިކަމެއް ހާސިލް ކުރަން ހުރިހާ ޙަތުލްއާމް އަކާ 23 މަސް-ދުވަހުގެ ބަނޑަށް ޖެސުމާ، މިހުރީ ޖަރީމައެއް ޒަޔޮނިސްޓް އިޒްރާއިލް ސިފައިން ލައްވާ ކުރުވަނީ. އަދި ހަމާސް ބާރު ދަށުގަ ޣައްޒަ އޮނަނީ އިޒްރާއިލްގެ ބޮޑުވަޒީރު ޒިޔޮނިސްޓް ބެންޖަމިން ނަތަންޔާހޫ ހަމާސްއަށް ފައިސާދީ ފަންޑު ކުރާތީ !
ގައްދާރުންނޭ
08 August 2025
ގަތަރު އަމިއްލަ އަށް ބުނާނެ ތިމަންމެން އިސްވެ އޮވެ ސުލްހަ ގާއިމްކުރަނީއޭ އިޒްރޭލާއި އެކު ގަތަރު ސަރުކާރު އެއީ ކަނޑުކޮހުންގެ ސަރުދާރުން ހިންގާ ސަރުކާރެކޭ ގަތަރު ގައި ގައި ނެތޭ އަރަބި ދުނިޔޭގައި މަސްލަހަތު ހުރި އެއްވެސް ކަމެއް ކުރުމުގެ ގާބިލް ކަމެއް ތަމެން ގެ ގޮތެއް ނެތީމައޭ އެމެރިކާ ބޮޑޭ އަށް ގަތަރުގެ ބަޖެޓުން 100 ބިލިއަން ޑޮލަރު ނަގާ ފްލައިޓެއް ގަނެދޭނީ ޓްރަމްޕަށް ކޮބާ ފަލަސްތީނު ރައްޔިތުންނަށް ގެދޮރު ހޯދާދޭން ތަމެން އެފައިސާ ނުދިނީ ކިއެއްވެތޭ
ރަނގަޅު ގޮތަކޫ
08 August 2025
ހަތަރު ސަތޭކަ މިލިއަށް ޑޮލަރުގެ ޖެޓެއް އެމެރިކާގެ ބޮޓޭޓޯއަށް ގަތަރުން ދިނީ .