ޣައްޒާގައި ހަމަލާތައް ހުއްޓަލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރެއް ފެއިލް ކޮށްލުމަށް އެމެރިކާއިން ވީޓޯކުރަނީ. -- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2025 - 23:28
އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުތައް ބަލައިގަތުމަށް ނިންމާފައި ވާއިރު އެއީ ފައިދާއެއް ނުކުރާނެ މަސައްކަތެއްގެ ގޮތުގައި ވައިޓް ހައުސް ބުނެފި އެވެ.
"ސާފުކޮށް ބުނާ ނަމަ، ރައީސް ގަބޫލުކުރައްވަނީ އެކަމުން ފައިދާވާނީ ހަމާސްއަށް ކަމަށް. އެހެންވެ، އަޅުގަނޑުމެންގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް އިއުލާނުކުރުމަކީ ވާހަކަ ގިނަވެ އަދި އަމަލުން ކަމެއް ނުވެ ނަތީޖާ ނުނެރެވޭ ކަމަށް ވެދާނެ،" ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.
އެމެރިކާގެ އެކުވެރި އިނގިރޭސި ވިލާތުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިތުރުން އޮސްޓްރޭލިއާ އާއި ކެނެޑާއިން ވެސް ވަނީ ފަލަސްތީނު ބަލައިގެންފަ އެވެ.
މީގެ އިތުރުން ފްރާންސާއި ޕޯޗުގަލްއާ އެކު އިތުރު ދިހަ ވަރަކަށް ގައުމުން އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބެލެވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބުނެފައިވަނީ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް އިނާމު ދިނުން ކަމަށެވެ. އެކަމަކު ގައުމުތަކުން ބުނަނީ ހަމާސްގެ ބައިވެރިވުން އޮންނަ ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ތާއީދުނުކުރާ ކަމަށެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމާސް
23 September 2025
ހަމާސް ނޫނީ ހިޒުބިﷲ އަތުން އަތުން ހަތިޔާރު އަތުލަން މިދައްކާ ފޯރި ސޫދާނުގެ ހަމިއްޓޭއާ، ލީބިޔާގެ ހަފުތަރުއާއި މިމީސްމީހުންގެ އަތުން އަތުލަން ނުހުންނަނީ ކީއްވެބާ؟
ހުޅަނގުގެ ޑިމޮކްރަސީއާއި ޒަޔަނިޒަމް
23 September 2025
ފަލަސްތީނުގެ ދައުލަތެއް ދެނީ މޮހޮނަށް އޮޑިދޭހެން، ވެރިއަކަށް ހުންނަންޖެހެނީ އެމެރިކާއާ ހުޅަނގާއި ހުޅަނގުގެ ޕަޕެޓް ސައުދީފަދަ ގައުމުތަކުން ބޭނުންވާ ބަޔެއް ، ބަލަ ކަލޭމެން ގެންގުޅޭ މޮޅު ޑިމޮކްރަސީގައި އޮންނަ ގޮތުން ވެރިއަކު އިޚުތިޔާރު ކުރުމުގެ ފުރުސަތު އޮންނަނީ އެތާނގެ ރައްޔިތުންނަކަށް ނޫންތަ؟
ވެންގަބޯ
23 September 2025
ޓްރަމްޕް ކިހިނެތް ވެގެންތަ ތިޔައުޅެނީ ވަރަށް ސާފުކޮށް މިބުނަނީ ބިމަކީ ފަލަސްތީނުގެ ބިން ކަލޭ ތިއުޅެނީ ކޮންމެހެން ހަމާސްސައް ވެދާނެތީއެއް ނޫން ތިއުޅެނީީ ޔަހޫދީން އާބާދުކުރުމުގެ ޕްލޭންތައް ފޭލްވެދާނޭތީ ކަލޭގެ ބޭނުމަކީ ޔަހޫދީންނަށް ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ފޭރޭނޭ މަގުފަހިކުރުން ކަލޭގެ ހިތް ފުރޭނީ ފަލަސްތީނު އެއްކޮށް ނެތިކޮއް ލެވުނީމަ އެކަމެއް އެހެނެތް ނުވާނެއެވެ އިސްލާމް ދީނާއި ފަލަސްތީނުގެ ހައްގުގާ ބުނާނަން ޖަލަށްލިޔަސް އުލުބޭންދިޔަސް