ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ނޯބެލްގެ ސުލްހައިގެ އިނާމު ޓްރަމްޕަކަށް ނޫން، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަށް

އެމެރިކާގެ ރައީސް ޑޮލްޑް ޓްރަމްޕް. ފޮޓޯ:އޭއެފްޕީ

މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމުގެ އިންތިޒާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވި ނަމަވެސް އެ އިނާމު ވެނުޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މެޝާޑޯއަށް ދީފި އެވެެ.

ނޯވޭގެ ނޯބެލް ކޮމިޓީގެ ޗެއާ ޖޯގެން ވެޓްނީ ފްރިޑްނީސް ވިދާޅުވީ މެޗާޑޯއަށް ނޯބެލް އިނާމު ދޭން ނިންމީ ވެނެޒުއޭލާގެ ރައްޔިތުންނަށް ޑިމޮކްޓިކް ހައްގުތައް ހޯދައިދޭން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އެ އިނާމު އޭނާއަށް ދޭން ނިންމީ ޚުދުމުޚުތާރު ވެރިކަމަކުން އިންސާފުވެރި ޑިމޮކްރަސީއަކަށް ވެނެޒުއޭލާ ބަދަލުކުރަން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށް ވެސް ފްރިޑްނީސް ވިދާޅުވި އެވެ.

ނޯބެލް އިނާމު ދޭނެ ބޭފުޅަކު ކަނޑައަޅާ ޖޫރީން ބުނީ މެޗާޑޯ ފިއްލަވައިގެން ދިރިއުޅުއްވީ ވަރަށް ދަތިހާލެއްގައި ކަމަށެވެ.

"އާދައިގެ ވަރަކަށް ޑިމޮކްރެޓިކް، ފާގަތި ގައުމަކުން ޚުދުމުޚުތާރު ގައުމަކަށް ވެނެޒުއޭލާ ވަނީ ބަދަލުވެފައި. އެގައުމު މިހާރު އޮތީ އިންސާނީ އަދި އިގުތިސާދީ ކާރިސާއެއްގައި،" ފްރިޑްނީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ ދައުލަތުގެ އަނިޔާވެރިކަން އަމާޒުކޮށްފައި ވަނީ އެގައުމުގެ ރައްޔިތުންނަށެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް އަށް މިލިޔަން މީހުން މިހާރު އެގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާވި އެވެ.

"މި މަފްހޫމްގައި ބަލާއިރު މެޗާޑޯ އަކީ ކުރިން ވަަރަށް ބޮޑަށް ބައިބައިވެފައި އޮތް، ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތައް އެކުވެރިކުރުވާ ޝަހުސިއްޔަތެއް،" ފްރިޑްނީސް ވިދާޅުވި އެވެ.

ނޯބެލް އިނާމު ލިބިވަޑައިގެންނެވުމުން، މެޗާޑޯ ހުންނެވީ ހައިރާން ވެވަޑައިގެންފަ އެވެ.

"އަޅުގަނޑު މި ހުރީ ޝޮކެއްގައި،" މެޗާޑޯގެ ޕެސްޓީމުން އޭއެފްޕީއަށް ފޮނުވި ވީޑިއޯއެއްގައި އޭނާ ވިދާޅުވި އެވެ.

ނޯބެލް އިނާމުދޭ ކޮމިޓީން ސިފަކުރި ގޮތުގައި މެޗާޑޯ އަކީ ލެޓިން އެމެރިކާއިން ފަހުގެ ތާރީހެއްގައި ފެނުނު މަަދަނީ ހިތްވަރުގެ އެންމެ އާދަޔާ ހިލާފު ނަމޫނާ އެވެ.

"އޭނާގެ ފުރާނައަށް ނުރައްކާ އޮތް ނަމަވެސް ގައުމުގައި ދެމި ހުންނެވީ ގައުމުގައި. އެއީ އެތައް މިލިޔަން ބަޔަކަށް އެެކަމުން ހިތްވަރު ލިބުނު ކަމެއް،"

ވެނެޒުއޭލާގައި 2024 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން މެޗާޑޯ ހުންނެވީ އެގައުމުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގަ އެވެ. ނަމަވެސް ވެނެޒުއޭލާ ސަރުކާރުން އެކަމަށް ހުރަސް އަޅައި، އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ނުދިނީ އެވެ.

އެ ހިސާބުން މެޗާޑޯ ތާއީދުކުރެއްވީ މާ މަޝްހޫރު ނޫން ޑިޕްލޮމޭޓެއް ކަމަށްވާ އެޑްމުންޑޯ ގޮންޒާލެޒް އަށެވެ.

މެޗާޑޯއަށް ނޯބެލް އިނާމު ދޭން ނިންމި ނިންމުމަކީ ސަޕްރައިޒެކެވެ. އެއީ އެ އިނާމު ލިބިވަޑައިގެންފާނެ ބޭފުޅުންގެ ލިސްޓްގައި އޭނާގެ ނަން ކުރިން އަޑު ނީވޭތީ އެވެ.

ޓްރަމްޕް ކުރެއްވި އުއްމީދު

އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވީއްސުރެ ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނަމަވެސް އެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް މިއަދު އިއުލާނުކުރުމާ ހަމައަށް ވެސް، އެ އިނާމާ ބެހޭ މާހިރުން ވިދާޅުވަމުން ގެންދެވީ ޓްރަމްޕަށް އެ ފުރުސަތު ނެތް ކަމަށެވެ. އޭނާގެ ސިޔާސަތުތައް ހުރީ އެ އިނާމު ލިބޭ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް މާހިރުން ގެންދެވީ ވިދާޅުވަމުންނެވެ. އޭގެ އެއް ކަމަކީ ޓްރަމްޕް ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ސިޔާސަތެވެ.

ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެ އެވެ. އެކަމަކު މި ޝަރަފްވެރި އިނާމު ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރެއްވި މަސައްކަތް، ނޯވޭގެ ނޯބެލް ކޮމިޓީން ބަލައިނުގަތް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.

މީގެ އިތުރުން މިސްރާއި އިތިއޮޕިއާގައި "ސުލްހަ ދެމެހެއްޓުމާއި" އިޒްރޭލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމުގެ ކްރެޑިޓް ވެސް ދޭންޖެހޭނީ ޓްރަމްޕަށް ކަމަށް އޭނާ ގަބޫލުކުރައްވައި އެ ވާހަކަ ދައްކަވަ އެވެ.

ޓްރަމްޕު ރިޔާސީ ކެމްޕެއިނުގައި އޭނާ އަކީ ސުލްހައި ގާއިމުކުރާ މީހެއް ކަމަށާއި ޔުކްރެއިން އާއި ޣައްޒާގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ އަކީ މަޝްވަރާކުރުމުގެ ހުނަރު ހުރި ބޭފުޅެކެވެ. -- އޭއެފްޕީ

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 13%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމީން

12 October 2025

އަލްޙަމްދުލިއްލާހި! ﷲ އަކްބަރ! އިޒްރޭރުގެ ޝައިޠާނާއާއި އެމެރިކާގެ ޝައިޠާނާގެ ކިބައިން މުޅި ދުނިޔެ ސަލާމަތްކުރައްވާށި. އާމީން

The name is already taken The name is available. Register?

މޫސާ ބަދުރުއްދީން

12 October 2025

ބޮޑު މޮޔައެއް. މި ރާއްޖޭގައިވެސް މިފަދަ މަޤާމުތަކުގައި މިކަހަލަ ކޮޔައިން އެބައުޅޭ.އުޅުނު.

The name is already taken The name is available. Register?

އަޒާޒީ

11 October 2025

ދުނިޔެއަކީ އަދުލުވެރި ތަނެއްނަމަ ތިޔަ ޓްރަމްޕް ބަހައްޓާނީ ކުޑަ ގޮޅީގަައި.

The name is already taken The name is available. Register?

އަބްޑޫޅް +

11 October 2025

މާތް މީހަކު ހުއްޓާ ތިޔަ އިނާމު މި ދިނީ ލަޓޯފަޓޯ އަކަށް.

The name is already taken The name is available. Register?

raajje

11 October 2025

ޓުރަންޕަކީ ދުނިޔޭގެ އެއްވެސްހަމަނުޖެހުމެއް ސުލްހަކުރިމީހެއްނޫން ސުލްހަކުރަންއެނގޭމީހެއްވެސްނޫން، އެޔަށްވުރެންބޮޑާ ކިބުރުވެރި މޮޔައެއް، މީނާކުރާކަމަކީ އަޑީގައިހުރެ ތަންތަނުގައި ހަމަނުޖެހުމާ ހަނގުރާމަ އުފެއްދުން، ދެން ދުވަސްކޮޅެއްފަހުން އެކަންހުއްޓުވާ ތިމަންނަސުލްހަކުރީޔޭ ކިޔައިގެން ފޮނިކެނޑުން، މިސާލަކަށް ފަލަސްތީނުގެ މައްސަލައަށްބަލަމާ، އިޒުރޭލަށްއެހީދީ ގަތުލުއާންމުތައްހިންގުމުގެ މުގުލުގާހުރި ޓުރަންޕު، ސުލްހަކުރީޔޭކިޔައިގެންވެސް މިއުޅެނީ ޓުރަންޕު

The name is already taken The name is available. Register?

ޙެއްޓިހަބީ

11 October 2025

ޓްރަމްޕަށް މި އިނާމު ދެންޏާ ދޭން ޖެހެނީ ނަތަންޔާހޫ އޭ އެކިޔާ ކުޑަކުދިން ޤަތުލުކުރާ މީހާއަށް ދީފަ. ޓްރަމްޕް ހަތިޔާރު ދީފަ ފަލަސްތީން ފުނޑަން ބުނީމަ އެކަން ކުރަނީ. އެހެންވީމަ އޭނަ މަޑުޖައްސަން ބުނީމަ މަޑުޖައްސާނެއެއްނުން. ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ ކީއްވެ ނުހުއްޓުވެނީ އޭނަ މާ ތަފާތު މޮޅު މީހެއްނަމަ؟ ޕުޓިންއާ ނުކުޅެވޭނެކަން ޓްރަމްޕަށްވެސް އެނގޭ. ނަތަންޔާހޫ އޮންނާނެ ޓްރަމްޕު ގުދަށް އޮންނާށޭ ބުންޏަސް.

The name is already taken The name is available. Register?

ކަޒޫ

11 October 2025

ޓްރަމްޕަށް ލިބޭނީ މަށަށް ލިބިގެނެންނު. ލިސްޓުގެ ދެވަނައިގަ އޮތީ މަގޭ ނަން ވިއްޔަ.

The name is already taken The name is available. Register?

މަނާލ

10 October 2025

الحمدلله އުފާވެރި ޚަބަރެއް. ޓްރަމްޕް އެއްވެސް ގތަކުން ހައްޤު ނުވޭ. އޭނާ އަކީ ދުނިޔެ އަށް ސުލްހަ ގެންނަން މަސައްކަތް ކުރާ މީހެއް ނޫން. އޭނަ ބޭނުން ގޮތަކަށް ކަންތައް ކުރަން ޖެހެނީ. ދެ ފަހަރު އެކައްޗެއް ނުކިޔާ. އެހާ އަވަހަށް ޚިޔާލު ބަދަލުވޭ.

The name is already taken The name is available. Register?

ޓްރަންޕު

12 October 2025

އެ ލިބުނު މީހާއަކީ ޕްރޯ އިޒްރޭލު ޕްރޯ ޓަްރަންޕު މީހެއް. މާކަ ރަނގަޅު މީހެއްނޫން. އިޒްރޭލުންވެސް ޓްރަންޕުވެސް ވެނެޒުއޭލާގެ ރައީސަކަށްގެންނަން ބޭނުންވާ ޕަޕެޓެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454