އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ޓްރަމްޕު ގެންދަނީ ނަތަންޔާހޫ ކޮރަޕްޝަންގެ ދައުވާއިން ސަލަމާތްކުރަން. -- ފޮޓޯ: އޭއެފްޕީ
13 ނޮވެމްބަރ 2025 - 05:48
ކޮރަޕްޝަނުގެ ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވާ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މާފު ދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށް އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ބުނެފި އެވެ.
ނަތަންޔާހޫ ބުނަމުންދަނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާތަކުގައި ބުނާ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭ ދައުވާތަކެއް ކަމަށެވެ.
މިދިޔަ މަހު އިޒްރޭލަށް ޓްރަމްޕު ކުރި ޒިޔާރަތުގައި، ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ ނަތަންޔާހޫއަށް މާފު ދިނުމަށް ހަރްޒޮގްގެ ކިބައިން އެދިފަ އެވެ.
ހަރްޒޮގްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނަތަންޔާހޫއަށް މާފު ދިނުމަށް އެދިފައިވާ ސިޓީ ލިބުނީ އިއްޔެ ހެނދުނު ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިއީ ސުލްހަޔަށް ކުރާ މަސައްކަތުގައި ވަރަށް ތާރީހީ ވަގުތަކަށް ވެދާނެ ކަމަށާއި މިއީ ސުލްހަޔަށް މަސައްކަތްކުރާތާ 3،000 އަހަރު ތެރޭ އެކަން ހާސިލްވާނެ ވަގުތަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސިޓީގައިވެ އެވެ.
އިޒްރޭލުގެ ޖުޑީޝަރީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު ނަތަންޔާހޫއާ ދެކޮޅަށް "މިހާރު ކޮށްގެން މި އުޅެނީ" ސިޔާސީ ދައުވާތަކެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައި ޓްރަމްޕު ލިޔުއްވާފައިވާ ކަމަށް ހަރްޒޮގްގެ އޮފީހުން ބުންޏެވެ.
ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި، ސިޔާސީ މަންފާއަކަށް ބިލިއަނަރުންގެ އަތުން 260،000 ޑޮލަރުގެ އަގުހުރި ލަގްޒަރީ ސާމާނު ހޯދާފައިވެ އެވެ.
މީގެ އިތުރުން އިޒްރޭލުގެ މީޑިއާއިން ޕޮޒިޓިވް ކަވަރޭޖް ހޯދުމަށް މީޑިއާތަކުގެ ވެރިންނާ މަޝްވަރާކުރި ކަމުގެ ތުހުމަތު ވެސް ނަތަންޔާހޫގެ މައްޗަށް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިއްލި
13 November 2025
ނުބައި ނުލަފާ އެމެރިކާއާ، ޖާހިލުކަން އިންތިހާ އަށް ގޮސްފާވާ އިޒްރޭލުން މިހާރު ކުރަމުންދާ ހަމަ އެއްވެސް ކަމަކީ ބަލައިގަންނަން އުނދަގޫ ކަންކަން. ބަޔަކު ނުބައިވެގެން ކުރާނޭ ހުރިހާކަމެއް ފާޅުގާ ކުރަމުން ދަނީ އެންމެންކުރިމަތީ. އެކަމަކު މުޅިދުނިޔެ މިވަނީ އެކަންކަ ނުފެނި ނިދާފަ.
ވނލ
13 November 2025
އެމެރިކާގެ ޖަލުތަކުގައި މީހުން މަރާފައި ތިބި މީހުންނަށް މައާފު ދޭންވީނުން.
ދދދދ
13 November 2025
ދަރިންނަށް ދަސްކޮށްދީ މީ ޑެމޮކުރަސީކަން.
ޗުކީނާ
13 November 2025
ޖުޑިޝަރީއަށް އަތް ނުބާނާށޭ. އެކަލޭގެ ބުންޏެއްނު ތިމަން މެންނަކީ މިނިވަން މުސްތަގިއްލު ގައުމެކޭ، އެހެންވީމާ ތިމަންނާމެންނޭ ނިންމާނީ ތިމަންނާމެން ގައުމުގެ ކަންކަން؟ މިފަހަރު ކީކޭބާ ބުނާނީ އެމެރިކާގެ ސިޓީއާ މެދު؟
ނުރަބޯ
13 November 2025
މިހިރީ އެމެރިކާ ޔަހޫދީންގެ އަތްދަށުވެފައިވާ މިންވަރު.