އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
18 ނޮވެމްބަރ 2025 - 23:16
ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އިންސާނީ ހައްގުގެ ރޮނގުން ބަލާއިރު އާދަޔާ ހިލާފް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު މިހެން ވިދާޅުވީ ސައޫދީ ރަސްކަމަށް ފާޑު ކިޔައި ކޮލަމްތައް ލިޔަމުން ދިޔަ ކޮލަމިސްޓް ޖަމާލް ޚާޝުގްޖީ 2018 ވަނަ އަހަރު ތުރުކީގައި މަރާލުމުގައި ސައޫދީގެ ވެރިންނަށް އަދި ހާއްސަކޮށް މުހައްމަދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ފަހު މުހައްމަދު ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހުގަ އެވެ.
"މިއަދު އޯވަލް އޮފީހަށް ވަޑައިގެން މި ހުންނެވީ ވަރަށް ވެސް ބޮޑަށް އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަޅުގަނޑުގެ ޒަމާންވީ އަދި ގާތް އެކުވެރިއެއް،" މުހައްމަދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.
"އެ މަނިކުފާނު ކުރައްވާ މަސައްކަތާ މެދު ފަހުރުވެރިކަން. އިންސާނީ ހައްގުތަކުގެ ރޮނގުން އަދި އެހެން ހުރިހާ ދާއިރާކުން ވެސް ކުރައްވާފައި ވަނީ އާދަޔާ ހިލާފް މަސައްކަތެއް."
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
މުހައްމަދު އެމެރިކާއަށް ވަޑައިގަތުމުން ވަނީ އެންމެ މަތީ ދަރަޖައިގެ މަރުހަބާއެއް ކިޔައިފަ އެވެ.
މުހައްމަދު ވައިޓް ހައުސް އަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ އެފް-35 ސްޓެލްތު ފައިޓަ ޖެޓްގެ އަސްކަރީ ފްލައިޕާސްޓަކާ އެކު މަރުހަބާ ކިޔައިފަ އެވެ. މީގެ އިތުރުން ބޮޑު ބަޑީގެ ސަލާމަކާއި އަހުގެ ޕެރޭޑެއް ވެސް ބޭއްވި އެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ޓްރަމްޕާއި މުހައްމަދު ބޮޑު ބައްދަލުވުން އޮންނަ ދުވަހު ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވައިޓް ހައުސްގައި ހުންނާނެ ކަމަށެވެ.
މި ދަތުރުގައި އެމެރިކާއިން ސައޫދީއަށް ރައްކާތެރި ކަމުގެ ޔަގީންކަން ހޯދުމަށް މުހައްމަދު މަސައްކަތްކުރައްވާނެ ކަމަށްވެ އެވެ. އެއީ މިދިޔަ މަހު އިޒްރޭލުން ގަތަރަށް ދިން ހަމަލާއަށް ފަހު ސައޫދީން މިހާރު ވަރަށް ބޮޑަށް ބޭނުންވާ ޔަގީންކަމެކެވެ.
ސައުދީން އެފް-35 މަރުކާގެ މަތިންދާބޯޓުގެ އިތުރުން އެންމެ ޒަމާނީ ވައިގެ އަދި މިސައިލް ދިފާއީ ނިޒާމުތައް އެމެރިކާއިން ގަންނަން ހުށަހަޅާނެ އެވެ. އަދި އޭއައި އަށް ބޭނުންވާ ހައި ޓެކް ޗިޕް އެމެރިކާއިން ލިބޭނެ ގޮތް ހޯދުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ކަންކަމާ ގުޅުވައި ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރުމަށް ޓްރަމްޕު ޑިމާންޑްކުރައްވާނެ ކަމަށް ބެލެވުނަސް އެކަމަށް ސައޫދީން މި ވަގުތު އެއްބަސްވުން ދުރު ކަމަށް، ދިރާސާކުރާ ބޭފުޅުން ވިދާޅުވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
ނިއު ޔޯކް ޓައިމްސް އަށް ލިޔުނު، ސައޫދީގެ ނޫސްވެރިއެއް ކަމަށްވާ ޚާޝުގްޖީ، ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަރާލި މައްސަލާގައި ސައޫދީ އާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވި އެވެ.
ތުހުމަތުތަކާ ގުޅިގެން މުހައްމަދު އޭރު ވިދާޅުވީ ޚާޝުގްޖީ މަރާލައި ހަށިގަނޑު ކުދިކޮށް ކޮށައި ނައްތާލުމުގެ ޖަރީމާ ހިންގީ ސަރުކާރުގެ އޮފިޝަލުންތަކެއް ކަމަށް ވާއިރު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، މައްސަލަ އަށް ދޭ ސަމާލުކަން ސައޫދީން ކުޑަ ނުކުރާނެ ކަމަށާއި ފުރިހަމަ އިންސާފެއް މި މަރާ ގުޅިގެން ހޯދަން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.
ޚާޝުގްޖީ މަރާލި މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ބުނެފައިވަނީ މިކަމުގެ އަޑީގައި ހުރީ މުހައްމަދު ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ސައޫދީ އެމްބަސީ ތެރޭގައި ހާޝުގްޖީ މަރާލި ކަމާއި އެކަން ކުރި ގޮތް ތުރުކީން ހޯދި އެވެ. ސައޫދީން ބުނަމުން އަންނަނީ މިއީ މުހައްމަދު އަދި ސަރުކާރުގެ ވެސް އެންގުމަކަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި މީހުންނަށް ޝަރީއަތް ހިންގައި ހުކުމް ތަންފީޒުކުރަމުން އަންނަ ކަމަށް އޭރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙ. ޙުސައިން
19 November 2025
ޖަމާލް ހަޝޯގީ އަށް ވީގޮތް އެއީ އެއްވެސް ވަރަކަށް އިންސާނީ ހައްގުތަކާ ގުޅުންހުރި ކަމަކަށްނުވީތާ؟ ހުޅަނގުން ފަޚުރުވެރިކަމާއެކު ގެންގުޅޭ ހައްގުތަށް މިނެ މާނަކުރުން މި އޮންނަނީ އެ މީހުންރުހޭ ގޮތަކަށް ބަދަލުކޮށްލައިފަ. ހިތާމައަކީ މިފަދަ މީހުންގެ އުޅުން އަޅުގަނޑުމެންވެސް ކޮޕީކުރާން ބޭނުންވާތީ.
ރަދީފްއޮފިޝަލް /
19 November 2025
އަރަބިން ހައްދަން މިކަހަލަ ސްޓޭޓްމެންޓް ދިނީމަ އެމީހުން އުފާވާނެ.ދެން އެމެރިކާއިން ބުނާ ކޮންމެ ކަމެއް ކުރާނެ.
އައިސަން
19 November 2025
ޓުރަންޕު ބުނާ އެއްޗެހި ތަރުޖަމާ ކުރަންވާނީ ދިމާ އިދިކޮޅަށް އިނގޭ!!
ާޖުމާ
19 November 2025
މީހުންގެ އަނގަ ހާރުވަންތަ ތިޔައުޅެނީ ބެއްޔާ
ހަޟޯގީ
19 November 2025
ތުރުކީގަ ހުންނަ ސައުދީ އެންބަސީން ކުރިކަންތަކުން ތީތެދެއްކަން އެނގޭ
އަސަރު68
19 November 2025
ސުރުޚީ ކިޔާލައިފިން. މާކަ ގޯހެއްނޫން. ހަގީގަތަކީ މިވެރީންގެ ވާހަކަތަކުގާ މަމެން މުސްލިމުންޖެހި ކަންކަމުގާ ވާނުވާގައި ތާށިވެފާވުން. އެމީހުންގެ މަޅީން ސަލާމަތްވާނޭ ގޮތެއްވެސް ހޯދަން ނޭނގިފާވުން. ހަމަ އޭއްޗެކޭ މީއްޗެކޭ ބުނާއިރަށް އެތިބެނީ ހެވިދިލިފަ.
އިންވެސްޓަރު
19 November 2025
އިންވެސްޓުކޮށްދެންޏާ ތިހެންވެސްވާނެ
ބޯ ގޯސް
19 November 2025
ހައްހައްހައް،،، ފައިސާ ފައިސާ ފައިސާ،، އެ ލިބެންޏާ އެހެން ހުރިހާ ޖަރީމާތައްވެސް އޯކޭވާނެ،، މީވާ ދުނިޔެއެއް
ސަސި
19 November 2025
މިވަގުތު ދުނިޔޭގެ އިންސާނީ ހައްގުތަކުގައި އާދަޔާހިލާފް 3 މީހުންނަކީ ޓްރަންޕް، ނަތަންޔާހު، ސައިދޫ ވަލީ އަހްދު. މިކަން ސާބިތު ވަނީ އެވެރިންގެ އަމަލުތަކުން