ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެއްޗާ އެކު ފެނުނު ހަތިޔާރު. -- ފޮޓޯ: ލަންކާ ނޭވީ
21 ނޮވެމްބަރ 2025 - 19:28
ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެއްޗާ އެކު ދަތުރުކުރި މަސްބޯޓެއް އަނެއްކާވެސް އަތުލައިގެންފި އެވެ.
ސްރީ ލަންކާގެ ނޭވީން ބުނި ގޮތުގައި ކަނޑުމަތިން ހިފެހެއްޓުމަށް ފަހު އިއްޔެ ލަންކާ ބަނދަރަށް ގެންދިޔަ ބޯޓުގައި 115 ކިލޯގެ ހެރޮއިން އާއި 261 ކިލޯގެ ކްރިސްޓަލް މެތު ހުއްޓެވެ. މި ތަކެތި ހުރީ ފަސް ބަސްތާގައި ކަމަށާއި ވަކިވަކި 200 ޕެކެޓް އޭގެ ތެރޭގައި ހުރި ކަމަށް ސިފައިން ބުންޏެވެ. މި ތަކެތި ހުރި ބޯޓުގައި ތިބި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެންނަކީ ވެސް ލަންކާ މީހުންނެވެ.
ސިފައިން ބުނީ މި ބޯޓުން ފިސްތޯލައަކާއި ރިވޯލްވާއަކާއި އޭގައި ބޭނުންކުރާ ދެ މެގަޒިން ވެސް ފެނުނު ކަމަށެވެ. އަދި މުއާސަލާތުކުރުމަށް ބޭނުންކުރި ސެޓެލައިޓް ފޯނު ވެސް ވަނީ ފެނިފަ އެވެ.
ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެތި ބޯޓުން ބާލަނީ. -- ފޮޓޯ: ލަންކާ ނޭވީ
ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ރާވައިގެން ޖަރީމާތައް ހިންގާ އުނަކުރުވޭ ސަންތާ ނަމަކަށް ކިޔާ މީހެއްގެ ތަކެއްޗެވެ.
ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެއްޗާއި މީހުން އަދި ހަތިޔާރު. -- ފޮޓޯ: ލަންކާ ނޭވީ
މަސްތުވާތަކެތި އަތުލައިގަތީ މަސްބޯޓެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަނޑުގެ ސިފައިންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ބުނެފައިވެ އެވެ.
ކަނޑުމަގުން ލަންކާއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެެއްގެ މަސްތުވާތަކެތި އެ ގައުމުން ވަނީ މި ފަހުން އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
فافروق
22 November 2025
އަޅުގަނޑު ހިތަށް އަރަނީ މި ރާއްޖެއަށް،ބތި ބޯޓުތަކުގެ ކާރިއަށް ގޮސް ދިވެހިން ޑުރަގު އެތެރެ ކުރާ ކަމަށް ވާނަމަ މިހާރު ހަތިޔާރު އެތެރެ ނުކޮށް ހުރެދާނެ ބާއެވެ.؟؟؟؟ ދިވެހި ރާއްޖޭގެ ސިފައިންގެ ދައުރު ފުޅާކޮށް ޑްރަގުގެ ތަޙުގީގުތަކުގައި ބައިވެރި ވުން ވަރަށް މުހިއްމު ކަމުގައި ދެކެމެވެ.
މަސްކް99
22 November 2025
ދަނޑު ބިންތައް ދޫކުރީމާ ބޮޑެތި ބިންތައް ހިފައިގެންތިބެ ކުރަނީ ކޮންކަމެއްތޯ ބަލަން އެބަޖެހޭ.. ގައިމު ބަންގާޅީން އެބަކިޔާ ރާ ކައްކައިގެން އެ ބަންގާޅީންނަށާ މީސްމީހުނަށް ސަޕްލައި ކުރާ ވާހަކަވެސް. ފުލުހުންނާއި ކައުންސިލް އިދާރާއިން ޖެހޭނެ ދޭތެރެ ދޭތެރެއިން ކުލީބިންތަކާއި ދަނޑުބިންތަކަށް ވަދެ ހުރީ ކޯޗެއްތޯ ކުރަނީ ކީއްތޯ ބަލަން....ބެލެންވާނެ..މިޒަމާނު ތިޔަ ތަކެތި އުފައްދާ މީހުންވެސް ލައްކަ ހުޝިޔާރުވާނެ...
ގުދުގުދުލީބެއްޔާގެ ތެދުބަސް
21 November 2025
އަނޫރާ އައިސް ލައްކާ ހަމައަކަަށް އަޅުވާލާތަން މިއޮށްފެންނަނީ. އެތައް ގޭންގުމެންބަރުންނެއް ޖަލަށް ގަޅާލައިފި. އެކަމަކު މިގައުމުގާ ގޭންގުތައް ކުލަބުތަކަށް ބަދަލުކުރީމާ ގޭންގުތައް ހުސްވެއްޖެ. މީ ދެގައުމުގެ އަދުގެ ތަފާތަކީ.
ކްލަބް
21 November 2025
ބައެއް މީހުނައް ހީވަނީ ގޭންގް ބަދަލުވީ ކްލަބަކައް ހެން. އަސްލު ކްލަބައް ބަދަލުކުރީ ޔާމީނާއި އެމްޑީޕީ ވެރިކަމުގަ
ބަލަކް
21 November 2025
އަސްލު ކްލަބައް ބަދަލުކުރީ މި ސަރުކާރު
ހައްގު ތެދު
21 November 2025
ގޭންގް ތަކުގެ ބާނީ އަކީ އެމްޑީޕީ ހަގީގަތުގަ ވެސް
ފިޝްބޯ
22 November 2025
ލަންކާގެ ރައީސްގެ ނަމަކީ އަނުރަ. އަނޫރާ އެއް ނޫން. ދިވެހިން ހިތު ހުރި ގޮތަކަށް ނަން ކިޔަން ނިކަން މޮޅުވާނެ.
ވޭންޑޭމް
21 November 2025
މީ ރާއްޖޭގެ ޑުރޯނުން މައުލޫމަަތު އެއްކޮށްގެން ލައްކާސިފައިން އަތުލި އެއްޗެހިތަކެއްތޯ؟