އިރާންގެ އާންމުން ބޭނުންކުރާ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، އޭގެ ރައްދުގައި ދޭ ހަމަލާތައް އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށް އިރާނުން ބުނެފި އެވެ.
އިރާންގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނީ އެމެރިކާގެ މަސްލަހަތު އޮތް ކޮންމެ ތަނަކަށް ހަމަލާދޭނެ
އިރާންގެ ދައުލަތާ ގާތް މީޑިއާތަކުން ބުނިގޮތުގައި ގޮތުގައި، އައިއާރުޖީސީން މި އިންޒާރު ދިނީ ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ އިރާނުގެ އިންޖީނުގެތަކާއި ފާލަންތައް ގޮއްވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
"އެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ އުމްރާނީ ވަސީލަތްތަކަށް އަހަރެމެން ދޭ ހަމަލާތަކުގެ ސަބަބުން، ކުރިއަށް އޮތް އެތައް އަހަރަކަށް މި ސަރަހައްދުގެ ތެލާއި ގޭހުގެ ނަފާއިން އެމީހުން މަހްރޫމްވާނެ،" އައިއާރްޖީސީން ނެރުނު ބަޔާޏުގައި ބުނެފައި ވެ އެވެ.
އަދި އިރާންގެ މަދަނީ ތަންތަނަށް ހަމަލާދީފިނަމަ، އެމެރިކާއަށް ދޭ ރައްދު ހަމަލާ އެއްވެސް ޖެހިލުމެއް ނެތި ދޭނެ ކަމަށްވެސް އައިއާރްޖީސީން ބުނެފައި ވއެވެ.
އިރާންގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާއިން ރަތް ރޮނގު ހުރަސްކޮށްފިނަމަ، އިރާންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އަމާޒުފަތްގަނޑަށް އަރާނެ އެމެރިކާގެ މުހިންމު ވަސީލަތްތައް ދެނެގަތުމުގެ ގާބިލުކަން އެމެރިކާގެ ލީޑަރުންގެ ކިބައިގައި ނެތް ކަމަށެވެ.
"އެމެރިކާގެ އަސްކަރިއްޔާއިން އަހަރެމެންގެ ރަތް ރޮނގު ހުރަސްކޮށްފިނަމަ އަހަރެމެންގެ ރައްދު މި ސަރަހައްދުން ބޭރަށް، މުޅި ދުނިޔެއަށް ފުޅާވެގެންދާނެ،" އައިއާރުޖީސީގެ ބަޔާނުގައި ވެއެވެ.