ވޮޝިންޓަން (މާޗް 11) - ފޯބްސްގެ މުއްސަނދިންގެ ލިސްޓުން ސައުދީ ބިލިއަނަރުން މިފަހަރު އުނިކޮށްފި އެވެ.

ފޯބްސްގެ ލިސްޓުން އުނިކޮށްފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ސައުދީ ބިލިއަނަރުންތަކެއް ހައްޔަރުކުރުމާ ގުޅިގެންނެވެ. ބިލިއަނަރުން މިނިވަންކޮށްފައި ވަނީ ސައުދީ ސަރުކާރަށް ބިލިއަން ޑޮލަރުން ފައިސާ ދައްކައިގެންނެވެ. ހައްޔަރުކުރި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބުނު ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެ އެވެ.

ފޯބްސް އިން ބުނީ ސައުދީގެ 10 ބިލިއަނަރުން ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިލްކިއްޔާތުގައި 18 ބިލިއަން ޑޮލަރު ހުރި ޕްރިންސް އަލްވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.

ސައުދީ ބިލިއަނަރުން ފޯބްސް އިން އުނިކުރީ، އެ މަޖައްލާގެ މެދުއިރުމަތީގެ އަދަދުން ބުނިގޮތުގައި، ބައެއް ބިލިއަނަރުންގެ މުދާތައް ސަރުކާރުން ހިފަހައްޓާފައިވާތީ އެ މީހުންގެ މިލްކިއްޔާތުގެ މިހާރުގެ އަގު ސާފު ނުވާތީ އެވެ.

ޕްރިންސް ވަލީދު މިނިވަން ކުރުމުގެ ކުރިން ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ އޭނާގެ އެއްވެސް މުދަލެއް ސަރުކާރަށް ދޭން އެއްބަސްވެފައިނުވާނެ ކަމަށެވެ. ޕްރިންސް ވަލީދު 2013 ވަނަ އަހަރު ވަނީ އޭނާގެ މިލްކިއްޔާތުގެ އަގު ދަށްކޮށް ޝާއިއުކޮށްފައިވާތީ ފޯބްސްއާ ދެކޮޅަށް މައްސަލަ ޖައްސައިފަ އެވެ.

ފޯބްސް އިން މި އަހަރު ވަނީ 2،208 ބިލިއަނަރުން ލިސްޓްކޮށްފަ އެވެ.