ޕިއޮންޔޮން (މެއި 6) - ކޮރެއަން ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ތެރޭން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނޫން ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ނިއުކްލިއާ ހަތިޔާރު ނައްތާލަން ނޯތު ކޮރެއާ އިން އެއްބަސްވީ ދަތި ކުރުމުގެ ފިޔަވަޅުތަކާއި އެހެން ޕްރެޝަރުތަކުގެ ސަބަބުން ކަމަށް އެމެރިކާ އިން ބުނުމަކީ އާއްމުންނަށް ވަރަށް ބޮޑަށް އޮޅުވާލުން ކަމަށެވެ.
"އިންސާނީ ހައްގުތަކުގެ މައްސަލަތައް ނަގާ ސައުތު ކޮރެއާގައި ވަކި ކަހަލަ ރިސޯސްތައް އެމެރިކާ އިން ގާއިމް ކުރުމަކީ ނޯތު ކޮރެއާ ރުޅި އެރުވުން. މިއީ ވަރަށް މަސައްކަތުން ހޯދި މަޝްވަރާގެ ފުރުސަތަށް ނުރައްކާވުން ފިޔަވައި އިތުރު ކަމަކަށް ނުވާނެ،" ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އަންނަ މަހު ބައްދަލު ކުރުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާ އިން މާޒީގައި ހެދި ގޯސްތައް ތަކުރާރު ނުކުރުމަށްޓަކައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ.
އެމެރިކާގެ 29،000 ސިފައިން ސައުތު ކޮރެއާގައި ތިބެ އެވެ.