ސްރީ ލަންކާ އަށް 2016 ވަނަ އަހަރު ދިމާވި ކަރަންޓުގެ މައްސަލާގައި މީހަކު އުއްބައްތި ދިއްލައިގެން ކިޔަވަނީ. --ފޮޓޯ:އީޕީއޭ
23 ޖުލައި 2018 - 15:11
ކޮލަމްބޯ (ޖުލައި 23) - ޖުލައި މަހު 25 އާއި 31 އާ ދެމެދު ލަންކާގެ ވެރިރަށް ކޮލަމްބޯގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑޭނެކަން ޕަވަ އެންޑް ރިނުއެބްލް އެނާޖީ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ކަރަންޓް ކަނޑަން ހަމަޖައްސާފައި ވަނީ ކޮލަމްބޯ 3، 4، 5، 7 އަދި 8 ހިމެނޭ އޭރިއާ އިންނެވެ. އެ ސަރަހައްދުތަކުން ހުކުރު ދުވަހު ހެނދުނު 9 އިން 3 އަށް ކަރަންޓް ކެނޑޭނެކަން ވަނީ އަންގައިފަ އެވެ. މިނިސްޓްރީން ބުނީ ޖުލައި 25-31 އާ ދެމެދު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ. ޕަވަ މިނިސްޓްރީން ބުނީ ކަރަންޓް ކަނޑަނީ 132 ކޭޑަބްލިއު ސިސްޓަމުގެ މަރާމާތެއް ކުރަން ކަމަށެވެ.
ލަންކާ އަށް 2016 ވަނަ އަހަރު ވަނީ ކަރަންޓުގެ ބޮޑު މައްސަލައެއް ދިމާވެ މުޅި ގައުމު ހުއްޓުމަކަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިހާނު
23 July 2018
އާދެ! ސުރީލަންކާ އަށް ބޭނުންވާ އެލެކުޓުރިކު ޕަވަރ ( ކަރަންޓު ) އަޅުގަނޑުމެންގެ ފަރާތުން ހިލޭ އެހީއެއްގެ ގޮތުގައި ދޭންވާނީ ނިންމައިފައި...މެރިން ކޭބަލް 762،0000 ވޯލްޓުގެ ހައިވޯލްޓު މެރިންކޭބަލް ވާނީ އެޅި ޓެސްޓުވެސް ކޮރެވިފައި... މިކަމަކީ ހިލޭ އެހީއެއްކަމަުން އެއްމެންގެ އެއްބާރުލުން ބޭނުން..