ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ބޭޒާރުވާ ކަހަލަ އާ ވާހަކަތަކެއް: ނަސްލީ ތަފާތުކުރުމުގެ ބޮޑެއް

އެމެރިކާގެ ރައީސް ޓްރަމްޕް: އޭނާގެ ކުރީގެ ވަކީލު ސިފަކުރަނީ އެއީ ނަސްލީ އިމްތިޔާޒު ގެންގުޅުއްވާ ބޭފުޅެއް ކަމަށް

08 ސެޕްޓެމްބަރ 2020 - 09:37

happy icon 80%

ނަސްލީ ތަފާތުކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "ބޮޑެއް" ކަމަށް، އޭނާގެ ކުރީގެ ވަކީލް މައިކަލް ކޯހެންގެ ފޮތުގައި ލިއުމުން އާ ބޭޒާރުވުންތަކަކާ ކުރިމަތިވެވަޑައިގެންފި އެވެ.

ބަރަހަނާ ފިލްމީ ތަރިއަކާ އެކު ޓްރަމްޕް ބޭއްވެވި ކަމަށް ބެލެވޭ ގުޅުންތައް ސިއްރުކުރަން، އެ އަންހެންމީހާއަށް ފައިސާ ދިންކަން ސާބިތުވެ، ޖަލަށް ލި، ކޯހެންގެ ފޮތުގައި ހުރި ވާހަކަތަކުން، އިންތިހާބުގެ ކުރިން ޓްރަމްޕަށް އަނެއްކާވެސް ބޮޑު ހިތްހަމަނުޖެހުންގަނޑަކާ ކުރިމަތިވާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު އެ ފޮތުގައި ހުރި ވާހަކަތަކަކީ ދޮގެއް ކަމަށް، ވައިޓް ހައުސްއިން ބުނެ އެވެ. އަދި ކޮންގްރެސް އަށް ދޮގު މައުލޫމާތު ދިންކަން ސާބިތުވެފައިވާ މީހަކު ދައްކާ ވާހަކަ ގަބޫލުނުކުރެވޭނެ ކަމަށް ވެސް، ވައިޓް ހައުސް އިން ބުންޏެވެ.

ކޯހެންއަކީ ކުރިންސުރެ ޓްރަމްޕްގެ އެންމެ ކައިރި ވަކީލެވެ. އަދި ޓްރަމްޕްގެ ގިނަ ސިއްރުތަކެއް ވެސް އެނގޭ، ޓްރަމްޕަށްޓަކައި ގާނޫނާ ހިލާފު އެތައް ކަމެއް ވެސް އޭނާ ކޮށްފައި އޮންނާނެ ކަމަށް، އެމެރިކާގެ މީޑިއާތަކުން ތުހުމަތުކުރެ އެވެ.

"ޑިސްލޯޔަލް: އަ މެމޮއާ" ލިއުނީ، ބަރަހަނާ ފިލްމީ ތަރިއަށް ފައިސާ ދީ، ޓްރަމްޕާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން އެއްބަސްކުރުވުމަކީ ޓްރަމްޕްގެ އިންތިހާބާ ގުޅޭ ގޮތުން ކުރި ގާނޫނާ ހިލާފު ހޭދައެއްކަން ސާބިތުވެ، ޖަލުގައި ހޭދަކުރި ދުވަސްތަކުގަ އެވެ.

"ކޯހެން އަކީ ކުށްވެރިއެއް، އަގުވެއްޓިފައި ހުރި މީހެއް، ކޮންގްރެސްއަށް އޭނާ ހެދީ ދޮގު،" ވައިޓް ހައުސްގެ ތަރުޖަމާން ކޭލޭ މެކަނީ ވިދާޅުވި އެވެ.

"އޭނާއަށް އެއްވެސް އިތުބާރެއް ނުކުރެވޭނެ. މިއީ ދޮގު ވިއްކަންވެގެން ކޮށްގެން އުޅޭ ކަމެއް."

ފޮތުގައި ކޯހެން ލިއުނު ގޮތުގައި އޭނާގެ މައްޗަށް ސާބިތުވި ހުރިހާ ކުށެއް ޓްރަމްޕްގެ މައްޗަށް ވެސް ސާބިތުވާން ޖެހޭނެ އެވެ. ޓްރަމްޕް ސިފަކުރަމުން އެއީ "ދޮގުވެރިއެއް، މަކަރުވެރިއެއް، ބުލީކުރާ މީހެއް، ނަސްލީ ތަފާތުކުރާ މީހެއް، އަނިޔާވެރިއެއް" ފަދަ ބަސްތައް ބޭނުންކުރި އެވެ.

ކޯހެން ބުނި ގޮތުގައި ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ ހަމަނުޖެހުންތައް ހިންގަން ހިޔާލު އުފެދޭ ފަދަ ވިސްނުމެކެވެ.

"އާންމުކޮށް ވެސް ޓްރަމްޕަކީ ކަޅު ނަސްލުގެ މީހުންނާ މެދު ވަރަށް ދަށް ފެންވަރެއްގައި ވިސްނާ ބޭފުޅެކެވެ،" ކޯހެން ލިއުނެވެ.

ޓްރަމްޕްގެ ކުރީގެ ވަކީލް ކޯހެން: އޭނާގެ ފޮތުގައި ހުރި ވާހަކަތަކުން ޓްރަމްޕަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ

މިޔުޒިކުގެ ފަންނުގެ ތަރިން ފެށިގެން ކަޅު ނަސްލުގެ ސިޔާސީ ލީޑަރުންނާ މެދު ވެސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެގޮތަށް ކަމަށް، ކުރިން ޓްރަމްޕް އެންމެ އިތުބާރުކުރެއްވި އެކުވެރިޔާގެ ފޮތުގައި ބުންޏެވެ. ޓްރަމްޕް މަލާމާތްކުރެއްވި ލީޑަރުންގެ ތެރޭގައި ކަޅު ނަސްލުގެ މީހުންގެ ހަގުގައި މުޅި އުމުރު ހޭދަކުރެއްވި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވެސް ހިމެނޭ ކަމަށް، ފޮތުގައި ލިއުނެވެ.

"ކަޅު ނަސްލުގެ މީހަކު ވެރިކަން ކުރާ އެކަމަކު އެއީ ގުއި ވަޅުގަނޑަކަށް ނުވާ ގައުމެއް އަހަންނަށް ދައްކަބަލާށެވެ. އެއީ މުޅިން ވެސް [ބަސް ކަނޑާލާފައި] ފާހާނާތަކެކެވެ،" ޓްރަމްޕް ވިދާޅުވި ކަމަށް ކޯހެން ލިއުނެވެ.

ވެރިކަމަށް ވަޑައިގެން 2018 ގައި ޓްރަމްޕް ވަނީ، އެެފްރިކާގެ ގައުމުތައް ސިފަކުރަން އެފަދަ ބަސްތަކެއް ބޭނުންކުރައްވައިފަ އެވެ. އެކަމަކު އޭރު އޭނާ ވިދާޅުވީ "އަޅުގަނޑަކީ ނަސްލީ ތަފާތުުކުރުން ގެންގުޅޭ މީހެއް ނޫން" ކަމަށެވެ.

"އަހަރެން ވާނީ ނަސްލީ އިމްތިޔާޒުގެ ކުލަ އެންމެ ކުޑަ މީހާއަށް،" ޓްރަމްޕް އޭރު ވިދާޅުވި އެވެ.

ކޯހެން ލިއުނު ގޮތުގައި އެމެރިކާގެ ހަމައެކަނި ކަޅު ނަސްލުގެ ރައީސް ބަރަކް އޮބާމާއާ މެދު ޓްރަމްޕްގެ ހިތްޕުޅުގައި އޮންނަނީ ވަރަށް ބޮޑު ރުޅިވެރިކަމަކާއި ދެކޮޅުވެރިކަމެކެވެ. އޭގެ މިސާލެއްގެ ގޮތުން ކޯހެން ލިއުނީ، ޓްރަމްޕްގެ "ދި އެޕްރެންޓިސް" ޝޯއެއްގައި، އޮބާމާ ގޮތަށް މީހަކު ބޭނުންކޮށް، އޭނާއަށް ރުޅިބާލާ އެންމެ ފަހުން ޝޯއިން ބޭރުކުރި ހާދިސާ އެވެ. އެކަމަކު 2012ގެ އިންތިހާބާ ދިމާކޮށް ހެދި އެ ޝޯ ޓީވީއަކުން ނުދައްކަ އެވެ.

ކޯހެން ލިއުނު ގޮތުގައި ރަޝިޔާގެ ރައީސް ޕުޓިންއާ ޓްރަމްޕް އެހާ ގަޔާވަނީ، އަމިއްލަ ކުންފުންޏެއް ހިންގާ ފަދައިން މުޅި ގައުމު ބޭނުންކުރައްވާ ގޮތަށް ބޮޑު ގައުމެއްގެ ވެރިކަން ކުރައްވާތީ އެވެ.

ކޯހެންގެ މައްޗަށް އިއްވި ތިން އަހަރުގެ ހުކުމްގެ ތެރެއިން ބާކީ އޮތް ބައި އޭނާ ފުރިހަމަކުރަމުން މިހާރު އަންނަނީ ނިއު ޔޯކްގައި ހުންނަ އޭނާގެ ގޭގަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!