ތުރުކީގެ ރައީސް އުރުދުޣާން އިއްޔެ އަންކާރާގައި. --ފޮޓޯ:އޭއެފްޕީ
އިސްތަންބޫލް (އޮކްޓޯބަރު 27) - ކީރިތި ރަސޫލާ އަށް ކާޓޫނު ކުރެހުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށް ފްރާންސް އިން ބުނުމާ ގުޅިގެން އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފި އެވެ.
ރަސޫލާ އަށް ކާޓޫން ކުރެހުން ދިފާއުކޮށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވާހަކަ ދައްކަވާފައިވާތީ އުރުދުޣާން ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. ތުރުކީގެ ލީޑަރު ވިދާޅުވީ މެކްރޮންގެ ސިކުނޑީގެ ޓެސްޓެއް ހަދަން ޖެހޭ ކަމަށެވެ.
"ފްރާންސްގައި އުފައްދާ އެއްވެސް އުފެއްދުމެއް އަރަބި އެއްވެސް ގައުމަކުން ގަނެގެން ނުވާނެ،" ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.
ގަލްފުގެ ބައެއް ގައުމުތައް ކަމަށްވާ ގަތަރާއި ކުވޭތުގެ ސުޕަމާކެޓްތަކުން މިހާރު ވެސް ވަނީ ފްރާންސްގެ ބައެއް އުފެއްދުންތައް ނަގަން ފަށައިފަ އެވެ.
މުސްލިމުންނާ މެދު ފްރާންސްގެ ރައީސް ގެންގުޅުއްވާ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް ޔޫރަޕުގެ ލީޑަރުންނަށް އުރުދުޣާން ވަނީ ގޮވާލައްވައިފަ އެވެ.
އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކުމާ ގުޅިގެން ފްރާންސް އިން ވަނީ ތުރުކީގައި ހުންނަ ސަފީރު އަނބުރާ ގެންނާނެ ކަމަށް ބުނެފަ އެވެ.
ފްރާންސްއާ ދެކޮޅަށް ބަންގްލަދޭޝްގައި ވެސް މިއަދު ވަނީ 40،000 މީހުން ނުކުމެ މުޒާހަރާކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަލިފް ހާ
28 October 2020
ރޯމާދުވާލު މަގުމަތީގަ މީހަކު ކަތިލިވާހަކަ ނޫސްތަކުން ނުފެނޭ!
ޙިނި
28 October 2020
އިންސާނުންގެ ބޯ ބުރިކުރުން މީ އިސްތިއުމާރީ ފުރާންސް މީހުން ދުނިޔެއައް ތައާރަފް ކުރިކަމެއް، މިހާރުވެސް ފުރާންސުގެ ގުދަނެގަ އެބަހުރި އަލްޖީރިޔާ އަދި އެފްރިކާ އެހެންގައުމުތަކުގެ މީހުންގެ 18000 ބޯ ތައްކާކޮއްފަ.
ހައްޤުގެ ބަސް
28 October 2020
ތިކަހަ އެތަށް މީހަކު އިސްލާމް ދީނާ ދެކޮޅަށް ނުކުމު ހަލާކުވެ ހިގައްޖެ އެވެ. އެކަމަކު ﷲ ގެ ރަސޫލާ ގެންނެވި. ﷲ ގެ ދީނަށް އެދީނުގެ ޒާތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. އަދި ވެސް ހަލާކުވެ ދާނީ ތި ސޮރުން ނެވެ.
ވިސްނާފައި
28 October 2020
ފްރާންސް އަކީ "ހޮރުގާ އޮތް ސިންގާ" އެކެވެ.ދުނިޔެއަށް މިހާރު ބޭނުން ބައެއް ނޫނެވެ.
ނިޝާތު
27 October 2020
އުރުތުޣާން އަށް ދިގު އުމުރުފުޅެއް ދެއްވާށި.
ވާނުވާ
27 October 2020
އާމީން
ކަކުނިބޯ
27 October 2020
ސަފީރު ގެނައަކަސް އުރުދުއާންއަށް ކަހިރުވަކެކޭވެސް ހީނުވާނެ އެއަށްވުރެ ފުދުންތެރި ވަކީލު ކުރާރައިސް އެއްއެއީ.
ކިޔު5
27 October 2020
އެބައިމީހުން ނުރުހުނަސް ﷲ ގެ ނޫރު އެކަލާނގެ ފުރިހަމަކުރައްވާނެއެވެ. ލޮބުވެތި ނަބިއްޔާއާއި އެކަލޭގެފާނުގެ އާލު ބައިތުންނަށް ޞަލާވާތާއި ސަލާމް ހުރި!
ހުސައި.
27 October 2020
ރާއްޖޭން ވެސް ބޮއިކޮޓްކުރަންވީ
ޝޭމްއޮންއަސް
28 October 2020
ކަރެކްޝަން، ރާއްޖެވެސް ބޮއިކޮޓްކުރަންވީ ހަހަހަ. ދުނިޔޭގެ މީޑިއާތަކުގައި ސުރުޚީޖަހަމުންދާ ވެރިން މިޤައުމުގަ އެބަތިބި އެކަމު މިފަދަ އަނިޔާވެރިކަމާ ދެކޮޅަށް ދުވަހަކުވެސް އެއްޗެއް ބުނީތީ އަޑެއްނާހަން. ޔާމިނު އަދި މައުމޫން ހުރިނަމަވެސް ވާނީ މިވަރު. ވަހީދު ޑަސަންޓް މެޓަރ ލޮލް
Office 365
28 October 2020
އަމިއްލަޔަށް އަގަޔާ އަތާ ދިމާނުވެގެން އުޅޭ ބަޔަކަށް ކޮން ބޯއިކަޓެއް ކުރެވޭނީ.
ޝިޔާމް
27 October 2020
އިސްލާމީ ޤައުމުތަކުގައި ތިބި ވެރިންނަށް ހުރި ނަމޫނާ ބޭފުޅެއް އުރުދުއާންއަކީ.
Mohamed Saeed
27 October 2020
މިއަދު މުސްލިމުންގެ ތެރެއިން ، ކީރިތި ރަސޫލާ ސ.އ.ވ. ގެ އަބުރުފުޅު ރައްކާތެރި ކުރުމަށް ތުރޔުކީގެ ރައީސް އިސްނެންގެވި ނެންގެވުމަށް ތާރީފު ހުރި .