ތުރުކީގެ ރައީސް އުރުދުޣާން އާއި ފްރާންސްގެ ރައީސް މެކްރޮން. --ފޮޓޯ:ގެޓީ އިމޭޖަސް
29 އޮކްޓޯބަރ 2020 - 12:03
އަންކަރާ (އޮކްޓޯބަރު 29) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ކާޓޫން ކުރެހި ފްރާންސްގެ މަޖައްލާ ޝާލީ އެބްދޫއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތުރުކީން ބުނެފި އެވެ.
ކީރިތި ރަސޫލޫ އަށް ފުރައްސާރަކޮށް މީގެ ކުރިން އެތައް ފަހަރަކު ކާޓޫން ކުރަހާފައިވާ މަޖައްލާ އިން މި ފަހަރު ކުރެހި ތުރުކީގެ ރައީސްގެ ކާޓޫނުން ދައްކައިދެނީ ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ހެދުން އުރުދުޣާން ހިއްލާ މަންޒަރެވެ.
ތުރުކީގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ އުރުދުޣާންގެ ކާޓޫން ކުރެހި ނޫހުގެ މައްސަލައިގެ ތަހުގީގު ޕްރޮސެކިއުޓަރުން މިހާރު ފަށާފައިވާ ކަމަށެވެ.
ތުރުކީ އާއި ފްރާންސާ ދެމެދު ގުޅުން ގޯސްވެފައި ވަނީ ކީރިތި ރަސޫލާ އަށް ކާޓޫން ކުރެހުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވިދާޅުވުމާ ގުޅިގެންނެވެ. އުރުދުޣާން ވަނީ ފްރާންސްގައި އުފައްދާ ތަކެތި ބޮއިކޮޓް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ފްރާންސްގެ ރައީސްގެ ސިކުނޑީގެ ޓެސްޓެއް ހެދުމަށް އުރުދުޣާން ވަނީ އެދިވަޑައިގެންފަ އެވެ.
ފްރާންސްއާ ދެކޮޅަށް ބަންގްލަދޭޝް، ކުވޭތު، މެލޭޝިއާ، އިންޑޮނީޝިއާ، ޖޯޑަން އަދި ލީބިއާގައި ވަނީ މުޒާހަރާތަައް ބާއްވައިފަ އެވެ.
ރަސޫލާ އަށް ކާޓޫން ކުރެހުމުން ޝާލީ އެބްދޫ ނޫހުގެ އޮފީހަށް 2015 ގައި ހަމަލާދީ 12 މީހުން ވަނީ މަރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ބާއީ
29 October 2020
ޖަރުމަނު ފުރާންސު އަދި ވަރަށް ގިނަ ޔޫރަޕުގައުމުތަކުގާ އެންޓިސެމެޓިޒަމް (ޔާހޫދީންކުޑައިމީސްކުރުން) އެއީ އެމީހުންގެ ގާނުނުތަކުގާ ކުށެއް. މީ ކޮންބާވަތެއްގެ ގާނޫއްނެއްތޯ؟
ރަދީފްއޮފިޝިއަލް
29 October 2020
ތިކަހަލަ ގަމާރުންކުރާ ކަންތައްތަކުގަ ހިފާ ނުދަމާ އަހަރުމެން މުސްލިމުންދާންވީ ބާރަށް ކުރިއަށް.
ސަމަދު
29 October 2020
ކޭކޭބީކޭ. އެހެންު ރަދީފްއޮފިޝަލް.
ވަހީދު
29 October 2020
ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ފަރަންސޭސީ ދިދައަށް ގޮތެއް ހަދާފިއްޔާ އެމީހަކު ޖަލަށްލާ ކަމަށްވޭ.