ދުނިޔެ / ނިއު ޔޯކް

ޖިންސީ ފުރައްސާރައިގެ ތުހުމަތާ ހެދި ނިއު ޔޯކް ގަވަރުނަރު އިސްތިއުފާ ދެއްވައިފި

ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކުއޯމާ

11 އޯގަސްޓް 2021 - 14:18

1 comments

ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކުއޯމޯ، އޭނާގެ މައްޗަށް ދެ އަންހެނަކު ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން، ގަވަރުނަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ކުއޯމޯ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅޭ ގޮތުން ކުރި ތަހުގީގުން، އޭނާ އެކަން ކޮށްފައިވާ ކަން ތަހުގީގަށް ސާބިތުވުމުންނެވެ.

"މިހާރު މިކަމުގައި އަހަންނަށް ވެވޭނެ އެންމެ ބޮޑު އެހީތެރިކަމަކީ، އަހަރެން އެއް ފަރާތަށް ޖެހިލައި، ސަރުކާރު ހިންގަން ފުރުސަތު ދިނުން،" އިސްތިއުފާ ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުއޯމޯ ވިދާޅުވި އެވެ.

ކުއޯމޯގެ އިސްތިއުފާ އަށް އަމަލު ކުރަން ފަށާނީ 14 ދުވަސް ފަހުންނެވެ. އެއަށް ފަހު ގަވަރުނަރުގެ މަސްއޫލިއްޔަތުތައް ބަދަލުވެގެން ދާނީ، ލެފްޓިނެންޓް ގަވަރުނަރު ކެތީ ހޮޝޫލް އަށެވެ. ތަހުގީގު ރިޕޯޓް މިދިޔަ ހަފުތާގައި އާންމުކުރި އިރު، ކުއޯމޯ އެ ކުށް ކުރެއްވި ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ބުނެފައި އޮތުމާ ގުޅިގެން، އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވަނީ ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވެފަ އެވެ. ރައީސް ޖޯ ބައިޑެން ވެސް ވަނީ ކުއޯމޯ އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނިއު ޔޯކްގެ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ކުއޯމޯ، 63، އެކި އުމުރުގެ 11 އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ.

ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކުއޯމާ

މި ހުރިހާ ތުހުމަތުތަކަށް ކުއޯމޯ އިންކާރު ކުރައްވަ އެވެ. ނަމަވެސް، އޭނާގެ މައްޗަށް އެތައް ކައުންޓީއެއްގައި ޖިންސީ ފުރައްސާރައިގެ ތަހުގީގުތަކެއް މިހާރު ވަނީ ފަށައިފަ އެވެ.

ކުއޯމޯ އަކީ ނިއު ޔޯކް ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ ނުފޫޒު ގަދަ ބޭފުޅަކަށް ވިޔަސް، ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން، އަމިއްލަ ޕާޓީގެ އިސް ބޭފުޅުންގެ ފަރާތުން ވެސް ވަނީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީ އާއި ސެނެޓްގެ ލީޑަރު ޗަކް ޝޫމާ ހިމެނެ އެވެ.

ކުއޯމޯގެ މަގުބޫލުކަން އެންމެ ބޮޑުވެގެން ދިޔައީ، ނިއު ޔޯކްގައި ކޮވިޑް ފެތުރެން ފެށުމާ އެކު ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި ކޮންމެ ދުވަހަކު ރޭޑިއޯ އާއި ޓީވީތައް މެދުވެރިކޮށް، އާންމުންނަށް ކޮވިޑާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދެއްވުމުގެ ސަބަބުންނެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ކުއޯމޯ ވިދާޅުވީ އޭނާއަކީ އަބަދުވެސް ކުރިމަތިވާ ކަންކަމާ ކެރިގެން ކުރިމަތިލައި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހެއް ކަމަށްވާތީ، އެ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ބަޔަކު ކުޅޭ ކުޅިގަނޑެއްކަން އެނގޭތީ، އެކަމާ ދެކޮޅަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެން ކުދިންނާ އެކު އެކި މުނާސަބާތަކުގައި އެތައް ވާހަކަތަކެއް ދެކެވިފައި ހުންނާނެ ކަމަށާއި ނަމަވެސް، އެންމެ ފަހަރަކު ވެސް، އަންހެނެއްގެ ހުރުމަތް ކެނޑޭ ފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިވި ބައެއް މީހުންނާ ހަވާލާދީ ބީބީސީން ބުނީ، ކުއޯމޯގެ ފަރާތުން ކުރިމަތިވީ ހަމައެކަނި ފުރައްސާރައިގެ ވާހަކަތައް ނޫން ކަމަށާއި، ނުރުހުމުގައި ގަޔަށް އަތްލުމުގެ އަމަލުތައް ވެސް ކުއޯމޯގެ ފަރާތުން ކުރިމަތިވި ކަމަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްތިއުފާ

11 August 2021

މިކަން އެއީ ނަމޫނާ އަކަށް ބަލައިގެން މަޚްލޫފު އިސްތިއުފާ ދޭންވީއޭ މާރިއާ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454