ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއާ ނަސްލީގޮތުން ދިމާކުރި ޕެރަގުއޭގެ މަޖިލިސް މެންބަރާ ދެކޮޅަށް ފްރާންސާއި ޕެރަގުއޭގެ ސަރުކާރުން ނުކުމެއްޖެ އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި ފްރާންސާއި ޕެރަގުއޭގެ މެޗުގެ ފަހުން. އެ ގައުމުގެ މަޖިލިސް މެންބަރު ސެލެސްޓް އަމަރީޔާ ވަނީ ނަސްލީތަފާތު ކުރުމުގެ ޕޯސްޓްތަކެއް ކޮށް އެމްބާޕޭއާ ދިމާކޮށްލާފަ އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި، އުމުރުން 61 އަހަރުގެ އަމަރީޔާ ވަނީ އެމްބާޕޭ އަކީ ފަރަންސޭސިއަކަށް ވާން އުޅޭ "ކެމަރޫންގެ އަޅެއްގެ" ގޮތުގައި ސިފަކޮށްފަ އެވެ.
"އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު (ޕެރަގުއޭގެ) ގައުމީ ޓީމާ މެދު ހިތްހަމަނުޖެހޭ ހަމައެކަނި ސަބަބަކީ މެޗު ނިމުމުން އެމްބާޕޭގެ މޫނުމަތީގައި ރަނގަޅު އެތިފަހަރެއް ނުޖެހުމުން،" ފުޓްބޯޅައަށް ލޯބިކުރާ މީހެއް ނޫން ކަމަށް ބުނެ އޭނާ ލިޔެފައިވެ އެވެ.
މެޗު ނިމުމުން ޕެރަގުއޭގެ ކުޅުންތެރިން އެމްބާޕޭގެ މޫނުމަތީގައި ޖަހަންޖެހޭނެ ކަމަށް އަމަރީޔާ ބުނެފައިވެ އެވެ.
އެ މެޗުން ފްރާންސް މޮޅުވީ އެމްބާޕޭ ވައްދާލި ޕެނަލްޓީންނެވެ. އެ ޕެނަލްޓީއަށް ފަހު އެމްބާޕޭ އުފާފާޅު ކުރި ގޮތުން އަމަރީޔާ ހުރީ ރަތަށް ގޮސްފަ އެވެ.
ވެސް ޕެރަގުއޭގެ ކީޕަރު އޮރްލާންޑޯ ގިލް ކުރިމަތީގައި އެމްބާޕޭ އުފާފާޅުކުރި ފޮޓޯއަކަށް ރައްދުދެމުން، އަމަރިޔާ ވަނީ ވަލު ޖަނަވާރެއްގެ ގޮތުގައި އެމްބާޕޭ ސިފަކޮށްފަ އެވެ.
"އެ ވަހުޝީ މީހާއަށް ދުވަހަކު ވެސް ލިޔަން ކިޔާކަށް ނޭނގެ. މައިމީހާގެ ކިރުގެ ބަދަލުގައި އޭނާ ބުއީ ކާށި ފެން. އަދި އޭނާ އަޑުއެހި އެންމެ ތައުލީމީ އެއްޗަކީ ޗިމްޕަންޒީ. [އެފްރިކާގެ ބައްރުގެ ޖަންގަލިތަކުގައި އުޅޭ ރޭން ކިޔާ ޖަނަވާރެއް]."
ހަރުކަށި ބަސްތަކުން އެމްބާޕޭއަށް ދިން ހަމަލާތަކާ ބެހޭގޮތުން އެމްބާޕޭ ބުނީ އަމަރީޔާއަކީ އޭނާގެ ނަން ފާހަގަކުރަން ވެސް ލަދުވެތިވާވަރުގެ މީހެއް ކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރޮސެކިއުޓާ އޮފީހަށް ހުށަހަޅާފަ އެވެ. އަދި ޕެރަގުއޭގެ ފޮރިން މިނިސްޓްރީން ވަނީ އެ އަމަރީޔާ ވާހަކަތަކާ އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާކަން ހާމަކޮށްފަ އެވެ.
މި ހުރިހާ ވާހަކަތަކަކަށް ރައްދުދެމުން އެމްބާޕޭ ބުނީ ސެނެޓް މެންބަރު އަމަރީޔާއަކީ މަގާމަށް އެކަށީގެންވާ މީހެއް ނޫން ކަމަށެވެ.
އޭނާ ބުނީ އަމަރީޔާގެ ވާހަކަތަކުން، ވޯލްޑް ކަޕްގައި ވޯލްޑް ކަޕްގައި ޕެރަގުއޭގެ ޓީމުން ތާރީހީ ކުރިއެރުމުގެމަތިން ހަނދާން ނެތިއްޖެ ކަމަށެވެ.
ފްރާމްސްގް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ އެމްބާޕޭއަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ.
"މި ހަމަލާތަކަކީ ޖިނާއީ އަދި ކުށްވެރިކުރަންޖެހޭ އަމަލުތަކެއް. އެހެން ތަންތަނެކޭ އެއްފަދައިން މި ގައުމުގައި ވެސް އެމީހުންނަށް ދައުވާ ކުރަން ޖެހޭނެ. ފެޑެރޭޝަނުން މިހާރު ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ އޮފީހަށް މި މައްސަލަ ހުށަހަޅާފައި،" ފްރާންސް ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ޕެރަގުއޭގެ ފޮރިން މިނިސްޓްރީން ވަނީ ސެނެޓަރު އަމަރީޔާގެ ވާހަކަތައް ބަލައިނުގަންނާނެ ކަމަށާއި ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
"ސަރުކާރުން އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރަން. އެއީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ސުލްހަވެރިކަމާއި އިންސާނީ ކަރާމާތަށް އިހުތިރާމްކުރުމުގެ އުސޫލުތަކާ މުޅިން ހިލާފު ވާހަކަތަކެއް،" އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.