31 މެއި

May 31, 2017 4
ހައްޖު ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަނީ

ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

30 މެއި

May 30, 2017 10
ހައްޖު ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އަންގައިފި

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާތީ، ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފި އެވެ.

28 މެއި

May 28, 2017 12
އެންމެ ގިނައީ ނާޖާއިޒް ފައިދާގެ މައްސަލަތައް: އޭސީސީ

މި އަހަރުގެ ފުރަތަަމަ ތިން މަސް ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ގިނައިން ބެލީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

22 މެއި

May 22, 2017 7
"ހައްޖުގެ ކަންކަން ކުރިއަށްގެންދާނީ ތަހުގީގަށް ފަހު"

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން ކުންފުނިތަކަށް ހުއްދަ ދޫކުރި ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަން ފެށުމުން ހައްޖާ ގުޅޭ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ އެ ތަހުގީގު ނިމުމުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

21 މެއި

May 21, 2017 32
ހައްޖު ގްރޫޕްތަކަށް ފައިސާ ނުދައްކަން އޭސީސީން އެދެފި

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ، ހައްޖު ގްރޫޕްތަކަށް ފައިސާ...

May 21, 2017 11
ހައްްޖަށް ގެންދިއުމުގެ ހުއްދަ މަޑުޖައްސާލަން އަންގައިފި

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީ، މި އަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން...

19 މެއި

May 19, 2017 25
ހައްޖަށް މީހުން ގެންދަން ކަނޑައެޅި ގޮތް އޭސީސީ އަށް

މި އަހަރު ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިއްޔެ ހުށަހަޅައިފި އެވެ.

10 މެއި

May 10, 2017 43
މައްސަލަތައް ބެލުމުގައި ވަކި ފަރާތަކަށް ނުޖެހެން:ލުތުފީ

ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވަކި ފަރާތަކަށް ޖެހިފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

May 10, 2017 83
ރާއްޖެ ތަރައްގީވާން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ޖިހާދު

ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިކަމާ އެކު ކުރިއަރާ އަދި ވިޔަފާރީގެ މުއާމަލާތްތައް ފުޅާވެގެން ދާއިރު، ކޮރަޕްޝަންގެ ހިޔަނި އެއްވެސް ކަމަކަށް އެޅުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން...

08 މެއި

May 08, 2017 1
އޭސީސީގެ މަހާސިންތާގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މިމަހު 10-11 އަށް ބާއްވާ މަހާސިންތާގެ އެކި އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.

30 އެޕްރީލް

April 30, 2017 51
ބޮޑު ހިޔާނާތުގެ ހޯދުންތައް ޕީޖީއާ ހިއްސާ ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގުގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާ ހިއްސާ ކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

April 30, 2017 22
މުއްދަތު ފާއިތުވެފައިވާތީ ފާރިސްގެ މައްސަލަ ފޮނުވާލައިފި

ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ނުދައްކާ ކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވި މައްސަލައިގައި ދައުވާ...

April 30, 2017 49
މަސް ނިމިއްޖެ، ބޮޑު ހިޔާނާތުގެ ރިޕޯޓެއް ނުނެރުނު!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓު މި މަހު ނެރޭނެ ކަމަަށް ބުނި ނަމަވެސް މަސް ނިމުނުއިރު ވެސް އެންޓި...

27 އެޕްރީލް

April 27, 2017 45
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!

ޕިރާޑަށް މި ރާއްޖެ އަށް އާދެވުނީ މި ދުވަސްވަރު ނަމަ، ދިވެހިންނާއި ދިވެހިންގެ ސިފަތަކާއި އާދަތައް އޭނާ ސިފަކުރާނީ ކިހިނެއް ބާވަ އެވެ؟ ދިވެހިންނަކީ ތެދުވެރި، އަމާނާތްތެރި ބައެއްގެ ބަދަލުގައި މަކަރު ހެދުމާއި ރިޝްވަތާއި ޚިޔާނާތުން ފުރިފައިވާ ބައެއްގެ ގޮތުގައި ނޫން ހެއްޔެވެ؟ އަދުލު އިންސާފުގެ ބަދަލުގައި އަނިޔާވެރިކަމާއި...

26 އެޕްރީލް

April 26, 2017 74
މެމްބަރުގެ "ފައިސާ ގޯނި" މައްސަލަ ނުބަލަން ނިންމައިފި

"ފައިސާ ގޯނި" ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ތަހުގީގު ނުކުރަން ފުލުހުން ނިންމައިފި އެވެ.

21 އެޕްރީލް

April 21, 2017 14
ފާރިސްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން، ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

20 އެޕްރީލް

April 20, 2017 44
އޭސީސީގެ ތަހުގީގު ޓީމަށް ނުފޫޒެއް ނުފޯރުވޭނެ: ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން، އެ ކޮމިޝަނުގެ ތަހުގީގު ޓީމުގެ އެއްވެސް މީހަކަށް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ...

April 20, 2017 22
ނުހައްގު މުއްސަނދިކަމަށް ފިޔަވަޅު އެޅެން ޖެހޭ: ޒިޔަތު

ނުހައްގު މުއްސަނދިކަން ނުވަތަ އިލިސިޓް އެންރިޗްމަންޓަކީ ރާއްޖޭގައި ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ މީހުންނަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރުވެރިކަން އެންޓިކޮރަޕްޝަން...

12 އެޕްރީލް

April 12, 2017 22
ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހަދަން ޖެހިފައި

ދައުލަތުގެ މަގާމުތައް ނުވަތަ ވަޒީފާތައް އަދާކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލު ވެގެންދަނީ "މިލިއަނަރަކަ"ށެވެ. މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތް އެތައް ބަޔަކު ބޮޑެތި ވިޔަފާރިތައް ފަށައި، މުއްސަނދިންނަށް ބަދަލުވެގެން އެދަނީ އެވެ. އެއީ ކިހިނެއް، ކޮން ތަނަކުން ލިބުނު އެއްޗެއް ކަމާ މެދު ހިތާހިތާ ސުވާލުކޮށްލަ...

05 އެޕްރީލް

April 05, 2017 110
25 ބުރީގެ އިމާރާތުގެ އަގާ މެދު ރައީސްގެ ރައްދެއް

އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތް، އިދިކޮޅު ފަރާތްތަކުން ބުނާ ކަހަލަ ކުޑަ އަގެއްގައި ކުރެވޭ ނަމަ، ހަދިޔާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2017 37
"ހިޔާނާތުގެ ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2017 26
ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީން ހޯމް މިނިސްޓްރީ އަށް

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯމް މިނިސްޓްރީ އަށް ވަދެއްޖެ އެވެ.

14 މާޗް

March 14, 2017 9
ފާރިސް ހާޒިރުކުރީ ވޯޓާ ގުޅިގެން ބިރުދައްކަން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ...

March 14, 2017 31
މިއީ މަސީހުގެ ވޯޓު ކާމިޔާބުވުމުގެ އަލާމާތެއް: ފާރިސް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ވާނެ...

13 މާޗް

March 13, 2017 20
ހަމަހަމަ ފުރުސަތު ޕީއެސްއެމުން ނުދޭތީ އޭސީސީ އަށް

އަންނަ މަހުގެ 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، ކެމްޕެއިން ކުރުމުގެ ފުރުސަތު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނުދޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން...

March 13, 2017 64
ފާރިސް މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް، އޭނާ އެ...

09 މާޗް

March 09, 2017 41
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރެނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.