ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބީއެމްއެލްގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެ އެވެ.

ބޭންކުން ބުނީ ހިދުމަތްތައް މެދުކެނޑުނީ އެ ބޭންކުން ކުރަމުން އަންނަ މުހިންމު ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް ހިދުމަތްތައް އަލުން ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މި ވަގުތު ބޭންކުގެ ހިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ބީއެމްއެލް އިން ވަނީ މައާފަށް އެދިފަ އެވެ.

ބޭންކުގެ ހިދުމަތްތައް މެދުކެނޑިފައިވާ އިރު މޯބައިލް ބޭންކިންގައި އެކައުންޓުތަކުގެ އަދަދު ސުމެއް ކަމަށް ދައްކަނީ ވެސް މި މައްސަލައިގެ ސަބަބުންނެވެ.