ޕްރޯލެޕުން ހެންވޭރުގައި ހުޅުވި ފިހާރައިން ސްކޫލް ކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ސްކޫލް އަދި ކޮލެޖު ދަރިވަރުންނާއި ޓީޗަރުންނަށް ލެޕްޓޮޕާއި އެކްސަސަރީޒް އިން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އެގޮތުން ސްކޫލް ނުވަތަ ކޮލެޖު ދަރިވަރެއް ކަން ނުވަތަ ޓީޗަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ޕްރޯލެޕްގެ އެތެރެ: އެ ފިހާރައިން ގިނަ ބްރޭންޑުތަކުގެ ލެޕްޓޮޕާއި އެކްސަސަރީޒް ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ޕްރޯލެޕްގެ އެތެރެ: އެ ފިހާރައިން ގިނަ ބްރޭންޑުތަކުގެ ލެޕްޓޮޕާއި އެކްސަސަރީޒް ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޕްރޯލެޕުން ބުނި ގޮތުގައި މިއީ ކޮލެޖުތަކާ ސްކޫލްތަކުގެ ކިޔެެވުން ފެށުމާ ދިމާކޮށް ދަރިވަރުންނަށް ހެޔޮ އަގުގައި ލެޕްޓޮޕް ގަތުމުގެ ފުރުސަތު ހޯދައިދިނުމަށް ފަށާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ ހަމައެކަނި ޕްރޯލެޕްގެ ހެންވޭރު ފިހާރައިން ވިއްކާ ލެޕާއި އެކްސަސަރީޒް އިންނެވެ. މި ފިހާރަ ހުންނާނީ އަބަދަށްފެހި މަގު ހީނާމާގެ ޕާކިން ކައިރީގަ އެވެ.

ޕްރޯލެޕް އިން ވިއްކާ އެޗްޕީ ބްރޭންޑުގެ ލެޕްޓޮޕެއް: ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ ލެޕްޓޮޕް އެ ފިހާރައިން ލިބެން ހުންނާނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ޕްރޯލެޕް އިން ވިއްކާ އެޗްޕީ ބްރޭންޑުގެ ލެޕްޓޮޕެއް: ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ ލެޕްޓޮޕް އެ ފިހާރައިން ލިބެން ހުންނާނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 25ގެ ނިޔަލަށެވެ.

ޕްރޯލެޕަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލެޕްޓޮޕްގެ ވިޔަފާރި ކުރާ ފިހާރައެކެވެ. ޕްރޯލެޕްގެ ފިހާރަތަކުން އޭސާ، އަސުސް، ޑެލް، އެޗްޕީ ލެނޯވޯ ފަދަ ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ ލެޕްޓޮޕް ލިބެން ހުންނާނެ އެވެ.

މި ޕްރޮމޯޝަން އަދި ޕްރޯލެޕުން ވިއްކާ ލެޕްޓޮޕާއި އެކްސަސރީޒްއާ ބެހޭ އިތުރު މައުލޫމާތު 7961010 އަށް ގުޅައިގެން ލިބޭނެ އެވެ.