ދުފުމަކީ ދިވެހިންގެ ކަށީގައި ހިފައި، ދެވި ހިފާފައިވާ އާދައެކެވެ. ސިއްހަތަށް ގެއްލުން ހުރި، އަނގައިގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ މި އާދަޔާ ދުރުވުމަކީ ދިވެހިންނަށް ކުރިމަތިވެފައިވި އެންމެ ބޮޑު އެއް ދައްޗަކީ ދުފުމުގެ ބާވަތްތައް ހިމެނޭ ސިއްހަތަށް ފައިދާ ހުރި އިތުރު ގޮތެއް ނެތުމެވެ. ސިނގިރޭޓު ފަދައިން ފަސޭހައިން ދެވިހިފައި އެޑިކްޓުވާ މި ކަމުގައި ބޭނުން ކުރާނެ "ނިކޮޓިން ޕެޗެއް" ނެތުމެވެ.

އެތައް ބަޔަކަށް ދުފުމާ ދުރުނުވެވި މާޔޫސްވެފައި ވަނިކޮށް ދުފުމުގެ މުޅިން އާ ގޮތެއް ހޯދައި ދިނީ ދުފި ދަޅެވެ.

ދުފުމުގައި އެންމެ ނުރައްކާތެރި ބަލިތަކަށް މަގު ފަހިވާ ފޯކާއި ހުންޏާ ނުލައި، އަނގައަށް މީރު ކާފޫރުތޮޅި، ފޮނި ތޮށި އަދި ކަރަންފުލާ އެކު ތައްޔާރުކޮށްފައި ވަނީ ތަފާތު މީރު ރަހައެއް އެކުލެވޭނެ ހެންނެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ ދިވެހި ގިނަ އުފެއްދުންތެރިންތަކެއް އުފެދިގެން ދިޔައިރު، ދުފި ދަޅަކީ ވެސް މިއީ އެ ދުވަސްވަރު ދެމަފިރިއެއްގެ މަސައްކަތެކެވެ. އަމާޒަކަށްވީ ދުފުމަކީ ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަކަށްވުމުން މި ކަމުން ދުރު ކުރުމަށް "ސަބްސްޓިޓިއުއެޓެއް" ތައްޔާރު ކުރުމެވެ. މިއަދު މި ދުފި ދަޅު ދެ އަހަރު ފާހަގަކުރާއިރު، މިއީ ރާއްޖޭގެ ސިއްހީ މާހިރުން ބަލައިގެންފައިވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑިމާންޑު އޮންނަ ޕްރޮޑަކްޓެކެވެ.

ދެ ދިވެއްސެއްގެ ހިޔާލަކުން ތައްޔާރުކުރި މި ދުފި ދަޅަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. މިހާރު ވެސް ޑިސްޓްރިބިއުޓުކޮށް މީގެ ހުރިހާ ކަމެއްގައި ޝާމިލުވެ ތިބީ ދިވެހިންނެވެ. ދުފި ދަޅަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މި ދަޅު ނެރުނު "މެކްސްވާނާ" ކުންފުނިން ކަންތައްތަކެއް ވަނީ ރާވައިފަ އެވެ. މީގެ ތެރޭގައި، ޖަމްޕް އެމްވީ އިން އޯޑަރުކުރާ ކޮންމެ 250 ގްރާމްގެ ދުފި ދަޅަކަށް 36 ގްރާމުގެ ހިލޭ ދުފިދަޅެއް ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށް އެބަދެ އެވެ. މި ޕްރޮމޯޝަން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން މި ދަޅުގެ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. ދުފި ފޭސްބުކް ޕޭޖަށް ލައިކްކޮށް، ޝެއާކޮށް، ތިން މީހަކު ޓެގުކުރާ މީހުންގެ ތެރޭގައި ގުރެއް ނަގައި އެއް ވަނަ ދާ މީހަކަށް ހައި ކޮލިޓީ އެކްއީޑީ އިލެކްޓްރިކް ބުރުހަކާއި، 250 ގްރާމުގެ ދުފި ދަޅެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ހިންގާނެ އެވެ.