ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ 46،466 އަކަ މީޓަރު ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ.
މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމްކުރުމާއި 19،679.7 އަކަ މީޓަރު ސަރަހައްދުގައި މަގުމަތީ ނިޝާން ހަރުކުރުން އެ މަޝްރޫއުގައި ހިމެނޭ ކަމަށެވެ.
އެމްޓީސީސީން ބުނިގޮތުގައި، ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، އެ މަޝްރޫއު އެއްކޮށް އަދި ނުނިމެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 76 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.