ވިޔަފާރި / އުރީދޫ

އެމްފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމަށް ވަގުފު ފަންޑަށް ފައިސާ ޖަމާކުރެވޭ ހިދުމަތް ތައާރަފުކޮށްފި

އިއްޔެ ހިންމަފުށީގައި ކުރިއަށް ދިޔަ އެ ހިދުމަތް ތައާރަފްކުރުމުގެ ހަރަކާތުގެ ތެރެއިން އުރީދުގެ ސީއީއޯ ހާލިދް އަލް އަމާރީ އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ---ފޮޓޯ: އުރީދޫ

22 ސެޕްޓެމްބަރ 2022 - 15:41

މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑަށް އުރީދޫގެ "އެމްފައިސާ" މެދުވެރިކޮށްް، ފައިސާ ޖަމާކުރެވޭނެ ހިދުމަތް އިއްޔެ ތައާރަފުކޮށްފި އެވެ.

އެއީ އުރީދޫ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދޭން ފެށި ހިދުމަތެކެވެ.

ކ. ހިންމަފުށީ އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

"ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްގީ ކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަގުފް ފަންޑަށް އަޅުގަނޑުމެންގެ މޯބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަގުފް ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސީއީއޯ ހާލިދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، ވަގުފް ފަންޑު އުފެއްދީ ރާއްޖޭގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ މީހުން ގިނަވުމުން ކަމށެވެ

އެ ފަންޑަށް ފައިސާ ޖަމާކުރާނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް މިނިސްޓްރީން ކުރާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަދައްކަވަނީ ---ފޮޓޯ: އުރީދޫ

"އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުސަތު ހޯދައި ދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަން ގަބޫލުކުރަން. އަދި މި ކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަން ފާހަގަކުރަން" ޑރ. ޒާހިރު ވިދާޅުވި އެވެ.

އެ ހިދުމަތާއެކު މިސްކިތްތަކަށް ކިއުއާރް ކޯޑެއް ހާއްސަ ކުރާނެ ކަމަށާއި ވަގުފު ފަންޑަށް ފައިސާ ފޮނުވުމަށްޓަކައި އުރީދޫ އެޕުން އެ ކޯޑު ސްކޭން ކުރުމުން އެމްފައިސާ މެދުވެރިކޮށް ފަންޑަށް އެހީވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކިއުއާރް ކޯޑު ހާއްސަކުރީ ހިންމަފުށީގެ އިނާރާ މިސްކިތަށެވެ. އުރީދޫން ބުނީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އެހެން މިސްކިތްތަކަށް ވެސް އެ ކޯޑު ހާއްސަ ކުރާނެ ކަމަށެވެ.

އުރީދޫން އަންނަނީ އެމްފައިސާ މެދުވެރިކޮށް ވަރަށް ގިނަ ބަޔަކަށް އެހީވަމުންނެވެ. އޭގެ ތެރޭގައި، ކެންސަ ސޮސައިޓީ އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗާއި މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަގުފު ފަންޑު އުފެއްދީ މިސްކިތްތައް އިމާރާތް ކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެން ގޮތްގޮތުން ވެސް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ޖަމާކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454