ވިޔަފާރި / ބީއެމްއެލް

ބީއެމްއެލްގެ ޗެއާމަނާ އެކު ފަސް ޑިރެކްޓަރަކު ވަކިކޮށްފި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑުގެ މެންބަރުން-- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކޮށްފި އެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައި ސަރުކާރު ތަމްސީލުކުރާ ޑައިރެކްޓަރުން އެއްފަހަރާ ވަކިކުރި ފުރަތަމަ ފަހަރެވެ.

ސަރުކާރު ހިއްސާވާ ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކި ކޮށްފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބީއެމްއެލް އަށް މިއަދު ވަނީ އަންގައިފަ އެވެ.

ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.

އެކަމާ ގުޅޭގޮތުން ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ބޯޑު މެންބަރުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރުގެ ދަށުން ކަމަށެވެ.

ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައި ވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ބޯޑު މެންބަރުން ވަކިކުރި ނަމަވެސް، ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.

ކުންފުނީގެ ބޯޑުގެ މެޖޯރިޓީ މެންބަރުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލް ކާޑު ބޭނުން ކުރެވޭ ލިމިޓު 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑު ކުރުމުގެ މަސައްކަތް ބޭންކާ ގުޅިގެން ސަރުކާރުން ކުރަމުން ދަނިކޮށެވެ.

ސަރުކާރުން ބޭނުންވި ނަމަވެސް ބީއެމްއެލްގެ އެފަދަ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ ބޯޑަށެވެ. ޗެއާމަނާ އެކު ފަސް ޑައިރެކްޓަރުން ވަކި ކުރުމުން ބޯޑުގައި މި ވަގުތު ތިއްބަވާނީ ފަސް މެންބަރުންނެވެ.

އެއީ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކާ އާއި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ އަބްދުﷲ ނަސީމާއި އަހުމަދު މުހައްމަދު އަދި އިބްރާހިމް މުހައްމަދެވެ. ކުންފުނީގެ ހިންގާ ގަވާއިދު އޮންނަ ގޮތުން ބޯޑުން ދެން އެއްވެސް ނިންމުމެއް ނިންމޭނީ އާ ޑިރެކްޓަރުން ބޯޑަށް އައްޔަނު ކުރުމަށް ފަހު އެވެ.

ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާ އެކު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.

44 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

27 January 2024

ބޭނުކު ދުވަސް ދިޔައީހެން ހީވަނީ.. އެ ބުނީ ޑޮލަރު ދޭވަރު މަދުވު ވެގެނޭ ކަނޑާލީ.. ހުރި އެއްޗެއްތާ ދެވޭނީ.. ސިޔާސީ ފައިދާއަށް ބޭންކު ބޭނުން ކުރާން ފެށުމަކީ ބޭންކުގެ ހަލާކު... ދެން ފެންނާނީ އަނެއްކާ ތަސްމީނުލަށް ދިން ކަހަލަ ލޯނެއް ދޭން އަންގާތަން...

The name is already taken The name is available. Register?

އަހަންމާދީ

27 January 2024

ސަރުކާރުގެބާރު މިފަދަ އިންސްޓިއުޝަންތަކުގައި ބޭނުންކުރަންވާ ރަގަޅު އުސޫލެއްވެސް ދުނިޔޭގައި އޮވޭ. އެއާއި ޚިލާފުވީމާ ދިވެހިބޭންކަކީ ބޮޑެތިކަސްޓަމަރުން އިތުބާރުނުކުރާތަނަކަށްބަދަލުވެ ބޭންކް ފަހަތަށްގޮސް ބޭންކްރަޕްޓްވުމަށް މަގުފަހިވާނެ.

The name is already taken The name is available. Register?

ގޯޅި

26 January 2024

2008ގައިބޭންކުއިދަޖައްސާލިގޮތަށް އެކަންކުރުމުގެފުރުސަތުނުދީ' ޑިރެކްޓަރުންކުރިހިތްވަރަށް' ސެލިއުޓުކުރަންޖެހޭ

The name is already taken The name is available. Register?

ޙެހިހަ

27 January 2024

2008 ގައި މުޅި ދުނިޔެއަށް ދިމާވި ގްލޯބަލް ފައިނޭޝަލް ކްރައިސިސް އަކީ ކޮންޗެއްކަން ގޯޅި އަށް އިނގޭތަ؟

The name is already taken The name is available. Register?

އިސްމާލް2.0

26 January 2024

ރަނގަޅު. ހުރިހާ ޗާޓަޑް އެކައުންޓަންޓުންތައް އަދި ޤާނޫނީ ވަކީލުންތައް ބޯޑުތަކުން ބޭރު ކުރަންވީ. އެމީހުންނަށް ހީވާ ކަހަލަ އެމީހުން އެކަންޏޭ ބޯޑުތަކުގައި ތިބެން ކުފޫ ހަމަވަނީ.

The name is already taken The name is available. Register?

ހޭޖެހޭ ކުރުސީ

26 January 2024

ތިޔަ ބޯޑު ބަދަލު ކުރަންވެފަ އޮތްތާ ކިތަންމެ ދުވަހެއް. ބޭންކަށް ރަނގަޅު ކަންކަންވެސް ބްލޮކް ކޮށްގެން އެތިބެނީ.

The name is already taken The name is available. Register?

އަލްއުސްތާޒް

26 January 2024

ކޮންމެހެން ނުޖެހޭނެ ބާވާކަށް އޭޖީއެމް އެއް. ސަރުކާރު ކޮންޓްރޯލް މެޖޯރިޓީ. ހަމަ އަންނާނީ ސަރުކާރުން ލާބެއެއް. ބީއެމް އެލް އިން ގަވަނޭންސް ތި އުސޫލު ބަދަލުކުރަންޖެހޭ. ބޭކާރު ހަރަދެއް އަދި ބޭކާރު ވަގުތުތަކެއް

The name is already taken The name is available. Register?

ރިސްކީ

26 January 2024

ޑޮލަރު އިންކަމް ބޭންކުގައި ބަހައްޓައިގެން އެމްއެމްއޭގެ ރޫލިންގް ތެރެއިން ޑިސްޓްރިބިއުޓް ކުރެވޭނެ ގޮތެއް ހެދީމަ ނިމުނީ! ތިއީ މާބޮޑު ކަމެއްނޫން - ރިސްކް ރިޕޯޓް ހަދާފަ ނެރުނީމަ ރައްޔިތުންނަށް ވާނުވާ އެނގޭނެ ?

The name is already taken The name is available. Register?

ޑިސްއޮނަރަބަލް މުހައްމަދުބެ

26 January 2024

މޮޔައެއްއަތަށް މިއޮތީ ކަނޑިއެއްދެވިފާ. މި 5 އަހަރު ތިބޭނީ އެހޫރާހޫރާ. ލައްވާލިމީހެއްގައިގާ ލައްވާލީ. ނުލިއްޔާ ނުލީ.

The name is already taken The name is available. Register?

ރޯޒަސް

26 January 2024

އެކަމަކު މިކަން ކުރަން އުސޫލުތަކެއްވެސް އޮވޭދޯ؟ ހަމަ ހުރެފަ ކަނޑާލާނީކީނޫން. މީކީ މާދަމާ ސަރުކާރުން ނަމެއް ބުނީމައި ގޮސް ބޯޑުގައި އިށީންދެވޭގޮތަށް އޮންނަކަމެއް ނޫން. އިޖުރާއުތަކެއް އޮވޭ. މިހާރު މިއޮތީ ބޭންކުގައި ތަޅުއެޅުވިފަ. އެއްވެސް ނިންމުމެއް ނުނިންމޭނެން. ލޯނެއްގެ ދިނުމުގެ ނިންމުންވެސް ނުނިންމޭނެ. މިސަރުކާރު މީހުން ހަމަ މިސްޓޭކަކަށް ފަހު މިސްޓޭކްހަދަނީ. ހަމަ ބޯގަޅީ. ކަން ކުރަން ނޭނގެނީ. ބޭކާރު ޚަރަދުތައް ހެސްކިޔާފަ.

The name is already taken The name is available. Register?

ޖުހާނަތު

26 January 2024

ކުރީގައިވެސް ސަރުކާރުތައް ބަދަލުވީމާ، ކުރީ ސަރުކާރުން ބޯޑުތަކަށް ލާފައި ތިބި މީހުން ކަނޑާލީ. އެއީވެސް ސިޔާސީ މަގާމުތަކެއް. ސިޔާސީ މަގާމުތަކަށް ލާންވާނީ އެއިރެއްގައި އޮންނަ ސަރުކާރާ ދެކޮޅު ނޫން މީހުން.

The name is already taken The name is available. Register?

ރޯޒަސް

27 January 2024

ސަރުކާރަން ބޭނުން ބައެއް ލެވޭނެ އަދި އަބަދުވެސް ލާނެ. އެކަމު އެކަން ކުރަނީ އުސޫލްތަކެއްގެ ދަށުން އިޖުރާއުތަކެއް ފުރިހަމަ ކޮށްގެން. އެހެން ހަދަން ޖެހެނީ ބޭންކު ހިންގުމުގެކަންކަމަށް ބުރޫއެރިޔަ ނުދޭން. މިއަދު ބޭންކުގެ ބޯޑެއް ނުބޭއްވޭނެ. އެއޮތީތަޅުއެޅުވިފަ. ތިއޮތީ ހަމަ ރަނގަޅަށް މުއިއްޒުވެފަ

The name is already taken The name is available. Register?

ކޮސް

26 January 2024

ބޭންކަށް މިވަގުތު ކުރެވެންނެތް ކަންކަން ކުރަން މުއިއްޒު އެންގިއަސް ނުކުރެވޭނެތާ! ވަކިކުރީ އެހެންވީމަ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454