ވިޔަފާރި / ރިއަލް އެސްޓޭޓް ވިޔަފާރި

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނި "ބޭފޭންސީ" ރާއްޖެ އަށް

ބޭފެންސީއިން ހުޅުމާލޭގައި ހަދާ ބޭފެންސީ ރެޒިޑެންސްގެ މޮޑެލް.

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނި ބޭފެންސީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށް، ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތް ކުރަން ތައްޔާރުވެއްޖެ އެވެ.

އެއީ އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއުތަކެެއް ޗައިނާގައި ފުރިހަމަ ކޮށްފައިވާ އަދި އެ ގައުމުގެ ތަޖުރިބާކާރުން ގެންގުޅޭ މަޝްހޫރު ކުންފުންޏެކެވެ. ބޭފެންސީން ވަނީ ޗައިނާގައި 650,000 އަކަފޫޓުގެ ރާންޑާ ވިލާސް އާއި 150,000 އަކަފޫޓުގެ ރާންޑާ ޕާކާއި ދެ މިލިއަން އަކަފޫޓުގެ ރާންޑާ އިންޓަނޭޝަނަލްގެ މަސައްކަތްތައް ނިންމައިފަ އެވެ.

ބޭފެންސީން ރާއްޖޭގައި އިމާރާތް ކުރުމަށް ނިންމާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެއް ހިމެނޭ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސްއެކެވެ. އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު، އެ ކޮމްޕްލެކްސް އިމާރާތް ކުރާނީ ތިމާވެއްޓާ ރައްޓެހި, ސަސްޓެއިނަބަލް ޕްރެކްޓިސްތައް ހިމަނައިގެން ކަމަށް ބޭފޭންސީން ބުންޏެވެ.

"ބޭފޭންސީ ރެޒިޑެންސް"ގެ ނަމުގައި ހުޅުމާލޭގައި ހަދާ އިމާރާތުގައި ވަރަށް ގިނަ ފެސިލިޓީތައް ހުންނާނެ ކަމަށް ބޭފޭންސީން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި، އެ އެޕާޓްމަންޓު ކޮމްޕްލެކްސްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.

އެއީ ޕްރޮޖެކްޓުތައް ނިންމަން ޖެހޭ ތާރީހުތަކަށް ނިންމުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއު ވެސް އެ އުސޫލުން ތާރީހަށް ނިންމަން އިސްކަން ދޭނެ ކަމަށް ބޭފެންސީން ބުންޏެވެ.

އެ ކުންފުނިން އަބަދުވެސް އިސްކަންދެނީ މީހުން ހިތްހަމަޖެހޭ ފެންވަރަށް މަސައްކަތްތައް ނިންމާށެވެ. އެހެންވެ، ރާއްޖޭގައި ވެސް ބޭފެންސީ ކުރަން ބޭނުންވަނީ އެ ތަޖުރިބާ އެވެ. ދިވެހިންނަށް ވެސް ދައްކާލަން ބޭފެންސީން ބޭނުންވަނީ ލަގްޒަރީ ދިރިއުޅުމަކަށްޓަކައި ހިތްގައިމު ޑިޒައިނަކަށް ފަރުމާ ކޮށްފައިވާ އެޕާޓްމަންޓު ކޮމްޕްލެކްސްއެކެވެ.

18 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 54%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަދީޖާ123

07 September 2024

ބޭފެންސީ ގެ ފީޗާރ ތަކައް ބަލާފަ އަގު ތައް ރަނގަޅު .

The name is already taken The name is available. Register?

މިހާލު

04 September 2024

ޖުޕިޓާރ އިން ބަޔަކު އަޔަސް ދިވެހި ބަޔަކު ކާރިވެއްޖެތަ އެމީހުން ހަލާކުކޮއްލާފަ ލާރިގަނޑު ކާލާނެ

The name is already taken The name is available. Register?

ތެދުވާހަކަ

04 September 2024

އަބަދުވެސް އަޅަނީ ލަގްޒަރީ އިމާރާތް. ތިއިން ތަނެއްގެ އަގު އަރާނެ 5 ވަރަކަށް މިލިއަނަށް. އެފައިސާ ދެއްކޭނީ ދެތިން މުއްސަނދިންނަށް. ދުވަހަކުވެސް ބަޖެޓް ފްލެޓެއް ރާއްޖޭގައި އަޅާނެ ބަޔަކު ނާދޭ. ސަރުކާރުން ވެއްޖެއެއްނު 1 މިލިއަން ރުފިޔާއަށް ފްލެޓް ވިއްކާ ގޮތަށް ފްލެޓް އިމާރާތްކުރާ ބޭރުގެ އިންވެސްޓަރުންނަށް ހުޅުމާލޭން ހިލޭ ބިން ދޭން. ގައިމު ކުލީގެ އަގުވެސް ކުޑަވާނެ އެކަހަލަ 1000 އެއްހާ އެޕާރޓްމަންޓް އަޅާލަނިކޮށް.

The name is already taken The name is available. Register?

ކުޑަބޭބެ

16 September 2024

ހިޔާ ފްލެޓް އަދި ވިނަރެސް ރެންޓް ހާދަ ކުޑައޭދޯ!

The name is already taken The name is available. Register?

ރާވެރިބެ

04 September 2024

ބޭރުގެ ބޮޑެތި ރިއަލް އެސްޓޭޓް ޑެވެލޮޕަރސް އައިސް މުއްސަނދިންނަށް އަގު ބޮޑުކޮށް ވިއްކަން ކޮންޑޯ އަޅަން ބިންދޭންވީ ރަސްމާލެ އިން. ރަސްމާލޭ ބީޗް ފްރަންޓުގަ ސަޅި ކޮންޑޯތަކާ ވިލާތަކާ ސިންގަޕޫރުގެ އައޮން ފެންވަރުގެ މޯލް ވެސް ހަމަ އަޅަންވީ. ހުޅުމާލެ މިހާރު އެހާ ފުރިފަ އޮތް އިރު އެތަން ދިވެހި މަހުޖަނުންނަށް ކަމަކުނުދާނެ. އަމިއްލަ ޔޮޓޫގަޔާ ސީޕްލޭންގަ ވެސް ރަސްމާލެ އަށް އެބޭފުޅުންނަށް ދެވޭނެ. އާއްމު ރައްޔިތުންގެ ބޯހިޔާވެހި ކަމަށްހުޅުމާލެ ބިންކޮޅު ބާއްވާ.

The name is already taken The name is available. Register?

ރާވެރިބެ

04 September 2024

ދުނިޔޭގެ އެންމެ ޒަމާނީ ފެންވަރުގެ އިމާރާތްތަށް އެޅުމުގެ ތަޖުރިބާއާ ހުނަރު ހުރި ބައިވަރު ކުންފުނި ރާއްޖޭގަ އެބަތިބި! ސިންގަޕޫރުން ޑެވެލޮޕަރ އެއް އައިމަ ގައުމަށް ވާނީ ފައިދާތޯ ނުވަތަ ޑޮލަރުކޮޅު ދާނީ ބޭރަށްތޯ ބަލާނެ މީހަކު ނެތްބާ؟ މިހާރު ބޭނުންވަނީ މެދު ފަންތީގެ ކޮލިޓީ އެޕާރޓްމެންޓް އަޅަން. މުއްސަނދިންނަށް އަގުބޮޑކޮށް ވިއްކަން ކޮންޑޯ ވިޔަފާރި ކުރަން ބޭރު މީހުންނަށް ހުއްދަ ދިނުން ވަރަށް ކަޑަ!

The name is already taken The name is available. Register?

ޤައުމީ މަސްލަޙަތު

04 September 2024

ތި އަޅަނީ ދިވެހިންނަށް ބާއޭ ނޫނީ އަލަށް 'ރެޒިޑެންސީ' ނަގާ 'އިންވެސްޓަރުންނަށް' ބާއޭ ހިތަށް އަރާ! އަހަރުމެން ނިކަމެއްޗަކަސް ހުށިޔާރުވާތި.

The name is already taken The name is available. Register?

ހަދީޖާ123

07 September 2024

މީ ހަމަ ދިވެހިންނަށް އަޅާ ތަނެއް. ބޭރު މީހުން އައް ވެސަ ދިގު މުއްދަތައް ކުއްޔައް ދޫ ކުރޭ.

The name is already taken The name is available. Register?

ރައްޔިތުމީހާމީ

04 September 2024

ސޯޝިއަލް ހައުސިންގ އާދައިގެ މީހާއަށްވެސް ގަނެވޭނެ ގޮތަށް އަޅާބަލަ. ހިޔާ މަޝްރޫޢު ބަޔަކަށް ފީކަޅާވިޔަސް އެތަނަކީ އެތައް ބަޔެއްގެ ބޯހިޔާވަހިކަމަކަށް ވެއްޖެ. އެތައް ބަޔެއްގެ ދިރިއުޅުން އެތަނުގައި ބިނާކޮށް އާރާސްތު އެކުރަނީ. އެފަދަ މަޝްރޫޢުތައް އަތޮޅު ތެރޭގައިވިޔަސް މާލެ ސަރަޙާއްދުގައިވިޔަސް ހިންގައި، ކުދި އާދަބާދީ އެއްފަސްކުރުވަދީބަލަ. ދައުލަތުގެ ޚަރަދުތައް އެތައް ގުނައެއް ކުޑަވެ، މިރާއްޖެ ދަރަނިން އަރައިގަންނަން މާގިނަ ދުވަހެއް ނުނަގާނެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

04 September 2024

މިކަހަލަ ތާކުންތާކުނުޖެހޭ ޚިޔާލު އެބަޖެހޭ ދޫކޮއްލަން! ލަގަޒަރީ އެޕާރޓްމެންޓް ތައް ގަނެވޭނީ އެގަނެވޭ ފެނަވަރު ހުރިއްޔާ! މަހަކު ޢާމްދަނީ އަށް 8000ރުފިޔާ ލިބޭ މީހުންނަށް އެތަންތަން ނުގަނެވޭނެ! އެކަމަކު އެތަން ނުލިބިގެން މުޒާހިރާ ކުރަންފަށާނެ! އެކަކުންޏެއްގެ ހަރު ކޮންނަން ވާނީ ކަކުނީގެ ފެންވަރުން!

The name is already taken The name is available. Register?

އަމައްޔާ

04 September 2024

ހިޔާ ފްލެޓް ތައް ވަރަށް ފީކަޅާ . ހިޔާ ފްލެޓް ލިބުނު މީހުންނަށް މިތަނުން ފްލެޓް ލިބޭނެ ގޮތް މިސަރުކާރުން ހަމަޖައްސާ ދިނުން ރަނގަޅު.

The name is already taken The name is available. Register?

ރައްޔިތުމީހާމީ

04 September 2024

ފީކަޅާ ކަމުންތައް އެތައް ބަޔެއްގެ ބޯހިޔާވަހިކަމަށް އެތަން އެވީ. އެތައް ބަޔަކު އެދިރިއުޅެނީ އެތަނުގައި. ރަނގަޅު. ވެދާނެ އެންމެ ރަނގަޅަށް ނޫންކަމަށް އެހުރީ. ދެން ހަދާތަނެއް އެއަށްވުރެ ރަނގަޅުވާނެ. ޔަޤީން. އެކަމަކު އެވަރުގެ މަޝްރޫޢުއަކުން ރައްޔިތުންނަށް ގެނެސްދިން ލުއިފަސޭހަކަން ވިސްނަބަލަ. އެކަހަލަ ޕްރޮޖެކްޓްތައް ގިނަ ކުރަންވީ. އާބާދީ އެއްފަސް ކުރަންވީ. މި ގައުމު ދަރަނިން ސަލާމަތްވާން އޮތީ އެދުވަހަކުން.

The name is already taken The name is available. Register?

ދޮންރަހާ

04 September 2024

ހިޔާ ފުލެޓަތަކަކީ ކުރީ ސަރުކާރުން ތަޅާލަފައިވާ ގާ ފުންޏެއް ވަޒީރު ވިދާޅުވީ ތަޅާލަން ޖެހޭ ތަނެއްކަމަށް ވީއިރު ތަޅާލި ގާފުންޏެއްގައި ދިރިއުޅޭ ބައެއްގެ އަތުން ނަގާ ކުލި ހައްގެއް ނުވާނެ

The name is already taken The name is available. Register?

ޔުނީފޯމު ބަދަލުކުރުވި ރާއްޖެ

04 September 2024

ހިޔާފުލެޓްއަކީ ކުޑައާއިލާއަކަށް ބަރާބަރު ތަނެއް...ބެލްކަނި ތަންކޮޅެ ބޮޑުނަމަ ވަރަށް ފުރިހަމަވާނެ....ހިޔާފްލެޓް ސަޅިކޮށްހަދައިގެން ދިރިއުޅޭ ކިތައްމެ އާއިލާއެއް އެއޮތީ އުފަލުގެ ކޮޅެނެތް...އެތަނަށް ނުކަތާވަރުގެ ބޮޑެތި އާއިލާތައް ދިރިއުޅެންޏާ ދަތިވާނެ ކުޑަ ފީއަކަށް ކުޑައާއިލާއަކަށް ސްޕާރތަނެއް ހިޔާއަކީ...

The name is already taken The name is available. Register?

ބާއްވާށޭ

04 September 2024

ސިންގަޕޯރ ކުންފުންނަކަށް ދީގެން ރަސްފަންނުގައި ހަދަން ރައީސް ޔާމީން ނިންމި 200 ކޮޓަރީގެ ހޮޓަލާއި އަދި ލަގްޒަރީ އެޕާރޓްމެންޓްސް ތައް މާތޮޑާ އަސްލަމް މެން މާލެ އާއި މެދު އޮންނަ ހަސަދަ ވެރިކަން ބޮޑުކަމުން އެކަން ބާތިލް ކުރިނަމަވެސް އެކަން އަނެއްކާ އެބަޖެހޭ ކުރަން އެގޮތުން އަދި މާލޭގެ ހުޅަނގުން 200 މީޓަރު ބޭރަށް ހިއްކާ އެތަނުގައި ހަދަންވީ 15000 ކޮޓަރި ހިމެނޭ ހޮޓާތައް އެއިރުން ދައުލަތަށް މަހަކު 1 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނެއޭ ރާއްޖެތެރެ

The name is already taken The name is available. Register?

ފޮޓޯއަށްބަލާފަ

04 September 2024

މަށަކަށްނުވިސްނޭ މިރާއްޖޭގައިކޮންމެ މިސްކިތެއްގެ ކުރިމަތީގައި ފުޓުބޯޅަ ދަނޑަކާ ސްކޫލެއް މިއަޅާގޮތެއް. އެތަންތާ ތިބެފަ ބަންގިގޮވީމަ މިސްކިތަށް ވަދެވޭގޮތަކަށްނޫން ކަންތައްހުންނަނީކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454