މެދުއިރުމަތީގެ މަޝްހޫރު އިންފްލުއެންސަރު ހާލިދު ރާއްޖޭގައި ހަތަރު ދުވަސް ހޭދަކުރާނެ -- ފޮޓޯ: އެމްއެމްޕީއާރްސީ
23 މާޗް 2025 - 21:22
އެމްއެމްޕީއާރުސީން ޔޫއޭއީގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ އަށް އެކްސްކްލޫސިވް ފެމިލިއަލައިޒޭޝަން (އެފްއޭއެމް) ދަތުރެއް ރާއްޖެ އަށް ކުރުމުގެ ފުރުސަތު ދީފި އެވެ.
އޭނާ އިއްޔެ ރާއްޖެ އައިސްފައިވާއިރު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މަޑުކުރާނެ އެވެ.
މިއީ މެދުއިރުމަތީގެ ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ތަފާތު ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މެދުއިރުމައްޗާއި ޖީސީސީ ސަރަހައްދުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްގެން އެންމެ ފަހު ބުކިންތަކަށް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި އޭނާގެ ސޯޝަލް މީޑިއާގައި ވެސް ވަނީ އިޝްތިހާރުކޮށްފަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 21 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓު، ޚާލިދު އަލް އަމެރީ ފާހަގަވެފައިވަނީ ސަގާފީ ތަފާތުތައް ނައްތާލައި، އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމަށް ބާރު އަޅާ އިންފްލުއެއްސަރެއްގެ ގޮތުގަ އެވެ.
މެދުއިރުމަތީގެ މާކެޓުގެ ތެރޭގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ އިރު، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމަށް އެއީ އަކީ ވަރަށް އެކަށީގެންވާ ބައިވެރިއެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. ގަލްފް ބިޒްނަސް "100 މޯސްޓް ޕަވާފުލް އަރަބްސް" ލިސްޓުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ލިސްޓުގައި ހިމެނޭ ޚާލިދު އަންނަނީ އޭނާގެ ހިތްގައިމު އަދި މަޖާ ކޮންޓެންޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެއްބައިވަންތަ ކުރަމުން ކަން ވެސް އެމްއެމްޕީއާރުސީން ފާހަގަކުރި އެވެ.
އެމްއެމްޕީއާރުސީން އަންނަނީ އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގެ މަޝްހޫރު މީހުން ބޭނުންކޮށްގެން ވެސް ރާއްޖެ އިޝްތިހާރު ކުރަމުންނެވެ. ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ވެސް ދާދި ފަހުން ރާއްޖެ ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދުބ
25 March 2025
ވަރަށް ތާހިރު ތަރިކައިގެ ވާހަކަ ދައްކާން
ބަކުރުބޭ
24 March 2025
އިންފުލުއެންޒާ ހުމުގެ ރޯގާއެއްތަ ؟
ޏާއްކޮ
24 March 2025
ހެޔޮ ނަޔަސް، ޔޫޓިއުބްގަ ދެން އުޅޭ މުސްލިމް ކްރިއޭޓަރުން ޣައްޒާ މަތިން ހަނދާން ނުނެތޭ. އެކަމު މި ދުބާއީ މުއްސަނދިން ޗުއްޕުވެސް ބުނެ ނުލާ. އަހަރުންނަށް ހެޔޮ އިންފުލުއެންޒާ އަށް ވިޔަސް
ވޯލް
24 March 2025
މިއީ މިހާރުގެ ޖެނެރޭޝަނާ މުޖުތަމައު މަޝްހޫރުކުރާ މީހުން. މިމީހުންގެ ކޮންޓެންޓްގެ ޖެނުއިން ކަމެއް ނުހުންނާނެ މުޅިންވެސް ހުންނާނީ ކޮމާޝަން ބޭސް އެއްޗެހި.
އަބްޑޫޅް +
24 March 2025
އިންފުލުންޒަރު ސޯ ދޯ؟
ޒާލީ
24 March 2025
ހުތުރެއް ތީ މުޅި އުންމަތަށް ވެސް
ތުއްޔޮންބެ
24 March 2025
ތިއީބޮޑަށް އަމިއްލައަށް މަޖާވެގެން އުޅޭމީހެއް.
ލަލާލަލާ
24 March 2025
އަހަންނަކަށް އެއްގޮތަކަށް ވެސް މީނާ މަޖަލެއް ނޫން. މީނާގެ އެކްސް ސަލާމާވެސް ދެން ވަރަށް ފާޑަކަށް އުޅޭ މީހެއް. މީނާގެ ހަމައެކަނި ދެން މީހުންނަށް އަޅައިގަންނަ ތަނަކީ އެކްސެންޓް. އެވެސް ދެން ފަރަންޖީއެއްގެ ދަރިއެއް ވީމާ އެކްސެންޓް އިންނާނެތާ.
އިހްސާސް
24 March 2025
މިޤައުމުން ރަށްވެއްސަކަށް ވާންވީނު.
ރަނގަޅު
24 March 2025
އެމްއެމްޕީއާރްސީގައި މިވަގުތު އިސްކޮށްތިބީ އަޅުގަނޑު އެއްވެސް ވަރަކަށް ގަޔާވާ ނުވަތަ ތާއީދުކުރާ ބައެއްނޫން. ސަބަބަކީ ސަރުކާރަށް ސަނާ ކިޔުމާއި ސަރުކާރުން ކިޔާހާ ލަވައަކަށް އާބަސްބުނެ ނެށުން. އެކަމަކު ހަޤީގަތަށް ވާހަކަ ދައްކަންޏާ ދަންނަވަންޖެހޭނީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިއިން ދުވަހަކު އެމްއެމްއާރްޕީސީ އިން މަސައްކަތް ނުކުރާ ވަރަށް މަސައްކަތްކުރާތަން މިއަދު އެބަފެނެޔޭ.
އެބެފިލި
23 March 2025
އަމެރީ ކިހިނެއް ކިޔަނީ އަރަބި ބަހުގަަ އެބެފިލި ނީންނައިރު؟
ބަހާއި ބަހުރުވަ
24 March 2025
ޢަރަބި ބަހުގައިވެސް އެކި ބަހުރުވަތައް އޮވޭ ނަމަވެސް އެއީވެސް ހަމަ ޢަރަބި ބަސް.