"ބޮޑު ކުނބުސް" ތައްޔާރުކުރުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުން.
10 ޖޫން 2025 - 11:39
ކޮންމެ ރަށެއްގައި ވެސް އީދަށް ހާއްސަ ސަގާފަތްތަކާއި އާދަކާދަތަކެއް ހުރެ އެވެ. މި ސަގާފަތްތަކާއި އާދަކާދަތަކަކީ އެ ރަށެއްގެ ތާރީހުގެ ބޮޑު ބައެކެވެ. އަދި މިއީ ކޮންމެ ރަށެއްގައި ވެސް އެކަކު އަނެކެއްގެ މެދުގައި ޒަމާނުއްސުރެ އޮންނަ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށްދީ އީދުގެ ރޫހު ދިރުވައިދޭ ކަންތައްތަކެވެ. ތ. ކިނބިދޫއިން ކޮންމެ އަޟްހާ އީދަކަށް ތައްޔާރު ކުރާ "ބޮޑު ކުނބުސް" އަކީ އެފަދަ ހާއްސަ ސަގާފަތެކެވެ.
"ބޮޑު ކުނބުސް" ތައްޔާރުކުރުމުގައި.
"ބޮޑު ކުނބުސް" އަކީ އަޟްހާ އީދުގެ ތިން ދުވަސް ކުރިން ރަށުގެ އެންމެންހެން ނުކުމެ ތައްޔާރުކުރާ ބޮޑު މެޓާގަނޑެކެވެ. މި މެޓާގަނޑު ތައްޔާރުކުރުމަށް ތަކެތި ހޯދުމުން ފެށިގެން, ތައްޔާރުކޮށް ނިންމަނީ ވެސް ރަށުގެ ކުދި ބޮޑު އެންމެން އެކުވެގެންނެވެ. ކިނބިދޫގެ "ބޮޑު ކުނބުސް" އަކީ ކިހިނެތް ކޮންއިރަކު ފެށުނު ސަގާފަތެއްކަން ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ވެސް ކިޔައިދޭން ދައްޗެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ދުރު ހަނދާނުގައި ވެސް ހުންނަނީ އަޟްހާ އީދަށް ރަށުގެ އެންމެން އެކުވެ "ބޮޑު ކުނބުސް" ތައްޔާރުކުރާ ކަމެވެ. މިއީ އެރަށުގެ ތާރީހުގެ ވެސް ބޮޑު ބައެކެވެ.
"ބޮޑު ކުނބުސް" ތައްޔާރު ކުރުމުގައި ފުށާއި ދިޔާހަކުރާއި ހަކުރު އަދި ގަބުޅި ފަދަ އެކި ބާވަތްތައް ބޭނުން ކުރެ އެވެ. މި މެޓާގަނޑު ތައްޔާރު ކުރަނީ ރަށުގެ ރައްޔިތުން ހާއްސަކޮށްފައިވާ ވަކި ސަރަހައްދަކަށް ނުކުމެ ތިބެ އެވެ. އެ ތަނުގައި "ބޮޑު ކުނބުސް" ކެއްކުމުގައި އެއްބަޔަކު އުޅޭއިރު, އެ ކެއްކުމުގެ އިރުޝާދުތައް ދިނުމުގައި ރަށުގެ ދުވަސްވީ މީހުން ބައިވެރިވެ އެވެ. އަދި މި ތައްޔާރުކުރާ ގޮތް ބަލައި ދަސްކުރުމުގައި ރަށުގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެ އެވެ.
ރަށުގެ ގިނަ ބައެއްގެ ޝާމިލުވުމާ އެކު ތައްޔާރުކުރާ "ބޮޑު ކުނބުސް" ކެއްކުމަށް ފަހު ދަރު ޖައްސާ ފިހެ ނިންމުމަށްފަހު އަދި ބަންދުކޮށް ރަށުގެ ކޮންމެ ގެއަކަށް ވެސް ވާ ވަރަށް އެ ފޮތިފޮތިކޮށް ބަހަ އެވެ. މިއަހަރު ކިނބިދޫގެ "ބޮޑު ކުނބުސް" ތައްޔާރުކުރީ އުރީދޫގެ އެހީއާ އެކު އެވެ.
އުރީދޫ އަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ދިރުވުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދޭ ކުންފުންޏެވެ. އެގޮތުން އެކި ރަށްރަށުގައި މިއަހަރު ކުރިއަށް ދިޔަ އީދު ކުޅިވަރުތަކާއި އީދު ސައި ފަދަ ހަރަކާތްތަކަށް އުރީދޫން ވަނީ އެހީވެފަ އެވެ. އޭގެ އިތުރުން އުރީދޫ އަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އީދު ހަދިޔާ ބެހުމުގެ ސަގާފަތް ދިރުވުމުގައި ބައިވެރިވެ, އީދު ހަދިޔާ ބަހާ ކުންފުންޏެކެވެ. އުރީދޫން ރާއްޖޭގެ ސަގާފަތް ދިރުވުމުގެ މަސައްކަތްތަކުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް މުހައްމަދު
11 June 2025
"ކުނބުސް" މީ ނަމަކީ، ދެން މެޓާގަނޑެކޭ ލިޔަންޖެހުނީ ކީއްވެބާ؟ އަސްލު އޮޅުވާ ނުލައްވާ! މަޢުލޫމާތު ރަނގަޅަށް ސާފުކުރައްވާފަ، އެ މަޢުލޫމާތު ސައްހަތޯ ކައުންސިލުން ސާފުކުރެއްވިނަމަ... ނުބައި މައުލޫމާތެއް ވަކިރަށަކަށް ނިސްބަތްކުރުމަކީ ރަނގަޅު ނިޔަތެއްގަ ކުރެއްވި ނަމަވެސް ވަރަށް ދެރަކަމެއް. އަދިވެސް ރަނގަޅުކޮށްލަން ފެނޭ. "ޝުކުރިއްޔާ!" ކުރެއްވި މަސައްކަތަށް.
މުންޖިދު.
10 June 2025
މި ރަށަކީ ކުރީގައި ވަރަށް ގިނައިން ރަހަ މީރު ކުބުސް ލިބޭ ތިޔާގި ރަށެއް! މިހާރު މުޅިން އެކަން ހުއްޓިއްޖެ! ކައުންސިލުން ވެސް އެކަމާއި އުޅޭނަމަ ދޯ