މިދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުން، އައިއޭއެސް އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު ވަރަށް ބޮޑަށް ކުޑަކޮށްފައި.
14 ޖޫން 2025 - 09:08
ރާއްޖޭގެ ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު (އައިއޭއެސް) އަށް މިދިޔަ އަހަރު ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިއޭއެސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ.
އޭގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުންނެވެ. ޑޮމެސްޓިކް ދަތުރުތަކުން އައިއޭއެސް އަށް މިދިޔަ އަހަރު ލިބިފައިވާ 1.6 ބިލިއަން ރުފިޔާ އަކީ، ޖުމްލަ އާމްދަނީގެ 75 ޕަސެންޓު ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އައިއޭއެސް އަށް ލިބުނު އާމްދަނީން ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 171 މިލިއަން ރުފިޔާ އެވެ.
ނަމަވެސް، އެ ކުންފުނީގެ ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަން ހިސާބުތަކުން ދައްކަ އެވެ.
މިއީ ގެއްލުމުގައި އައިއޭއެސް ހިންގަމުންދާތާ ފަސް ވަނަ އަހަރެވެ. މިގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 71.4 މިލިއަން ރުފިޔާގެ ގެއްލުމެއް ވި އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފައިދާގައި ހިންގަމުން އައި ކުންފުންޏަށް ގެއްލުން ވާން ފަށާފައިވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
ނަމަވެސް މިދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އައިއޭއެސް އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު، އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވެފައިވާ ގެއްލުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، އަލުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް، އައިއޭއެސްއިން ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ.
މިގޮތުން، އެ ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ.
އަދި އެތެރޭގެ އުދުހުންތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވެ، މެއިންޓެނަންސްގެ ހަރަދުތައް އިތުރުވާތީ، އެ ބޯޓުތައް ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްސަލް ހަމީދު
15 June 2025
އިބޫ އަދި ޔާމީން ދިޔައީ ސިޔާސީ ބޭނުމަށް މި ކުންފުނި ބަގުރޫޓް ކޮށްފަ. ޕާޓީ ފަރާތުން ފައިސާ ނުދައްކާ ދިޔައީ. އެހެންވެ މިހާވަރަށް މި ހަލާކުވީ.
ނޫހް އިބްރާހިމް
15 June 2025
އައިލެންޑް އޭވިއޭޝަން ހަލާކުކޮށްލީ މިދިޔަ ވެރިކަމުގައި.
ކެޕްޓަން ފަޒް
14 June 2025
ދިވެހިރާއްޖޭގެ ޕައިލެޓުންނަކީ ވަރަށް އީޒީ ލައިފެއް އުޅޭބައެއް. މާގިނަ އަވާޒްއެއްވެސް ފްލައި ކުރާކަށް ނުޖެހޭ. އެކަމަކު އެމީހުންގެ މުސާރަ ކުރާ މަސައްކަތާ ނުބައްދަލު. ޕައިލެޓުންގެ މުސާރަ ކުޑަކޮށްގެން ޚަރަދު ކުޑަކުރަން ފެނޭ.
ޣެއުން
14 June 2025
ކުންފުނި ގެއްލުމުގައި ހިންގާ އިރުވެސް ކުންފުނީގެ ސްޓަފުންނަށް އެހާ މުސާރަބޮޑު. ޥެރިންގެ މުސާރަތައް ހުރީ މަލްޓިމިލިއަން ފައިދާނަގާ ކުްނފުނިތަޖުގެ ފެންވަރުގައި. ޙިންގުމުގެ ހަރަދުތައް އެހާބޮޑު. ޢަޅުގަނޑުމެން މިމަސައްކަތްކުރަނީ ސަރުކާރުގެ މިނިސްޓްރީއެއްގައި، މިދިޔަ އަހަރުވެސް ބޭރުގެ އެކި ފަންޑުތަކުން 150 މިލިއަން ޑޮލަށް ވުރެ ގިނަ ހިލޭ އެހީގެ މަށްރޫތައް ހިންގަންވަނީ ހޯދާފަ ސިވިލް ސާވްނޓުންގެ ބުރަ މަސައްކަތުން. ނަމަވެސް މުސާރަ 12545 ރ.
ބަބްސް
15 June 2025
ތިއީ ތިބޭފުޅާ ހިޔާރުކުރި ގޮތް. ޝަކުވަ ނުކޮށް ދުނިޔެ އުޅެން ދަސްކުރަން މުހިންމު.
ޖެނީފ
14 June 2025
ޕައިލެޓންނާއި ޓޮޕް މެނޭޖްމަންޓުގެ މުސާރަ އާދަޔާހިލާފަށް ބޮޑުކުރީމަވާނެއެތި ތިޔައީ!ޚާއްސަކޮށް ހުނައިންއާއި އޭނާގެ ޓީމުގެ މުސާރަ ބޮޑުކަމެއް ޢާންމުކޮށް ނޭނގުނީމަ ބޭނުންގޮތެއް ހަދާނީ ޚާއްސަކޮށް ފުލައިޓް އޮޕަރޭޝަންގައި އަސްކޮށްމިތިބީ ވ ޖޫނިއަރ ބައެއް
ލަތޫފާ
14 June 2025
ކޮބާ ޖެނީ؟ ޑީއެމްޑީ ކަމުން ކަނޑާލީމަ ބަދަލު މިލިއަން ހޯދައިގެން އަނެއްކާ އަނެއް ސަރުކާރުގެ ޑީއެމްޑީކަން ހޯދައިގެން ނަޝީދު ޕްރޮމޯޓް ކުރުމާއި މީހުންނަށް ފުރައްސާރަކޮށް ހޮޓްބާ ހޭޝްޓެގް ޓުވިޓާރގަ ހިންގަން އުޅެލަބަލަ!
އޮނަރަބްލް އަފީފު ދީދީ
14 June 2025
ސަރުކާރުން ދެރަށް ދޭތެރޭ އެއަރ ސުޓްރައިޕެއް އަޅާފައި ޝެޑިއުލް ދަތުރު ކުރާން ބުނާއިރަށް ލައްބައޭ ލިޔާފައި އެކަން ކުރާފަދަ ކަނޑު ކޮހުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި ބޯޓްގައި ތިބޭނަމަ ތިނޫން ދުވަހެއް މޯލްޑިވިއަން އަކަށް ނުފެންނާނެ. ތިތަނުގެ ވެރިންގެ ގޮތުގައިތިބި އެއަރމޯލްޑިވްސް ޓިކެޓް ކައުންޓަރުތަކާއި ޗެކިންގ ކައުންޓަރ އަދި ބެގޭޖް ޓެކް ހަރުކުރުމާއި ބޯޑިންގ ޕާސް ބުރިކުރަން ތިބިމީހުން ތިތަނުން ދުރުކޮށްގެންނޫނީ ތިތަން ރަނގަޅު ނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
14 June 2025
ހިންގުމުގެ ޙަރަދު ކުޑަކުރުމަށާއި އޮޕަރޭޝަނަލް ކޮސްޓް ދަށްކޮށްގެން ގެއްލުން މައްޗަށް އެރިޔަނުދީ ހިފެހެއްޓުމަށްޓަކާ ކުރަންޖެހޭ އެންމެ ފުރަތަމަކަމަކީ މިހާރުގެ ޝެޑިއުލް ދަތުރުތަކަށް ބަދަލުގެނެސް ދެކޮޅަށް ފުލްލޯޑް ނުލިބޭ ޑޮމެސްޓިކް ހުރިހާ މަންޒިލްތަކަށް މާލެއިން ޑިރެކްޓް ދަތުރު އެޅުން ހުއްޓާލުން. އޭގެބަދަލުގައި އެފަދަ އެއަރޕޯޓްތަކަށް ދަތުރުކުރުމަށް އުތުރުން ހަނިމާދޫ އަދި ދެކުނުން ގޭން އެއަރޕޯޓްގައި ޓްރާންސިޓް ވެފައި ދަތުރު ކުރެވޭގޮތަށް ބަދަލުކޮށްލުން.
އޮނަރަބްލް އަފީފު ދީދީ
14 June 2025
މިކަން ތަޖުރިބާކުރުމަށްޓަކާ އަންނައަހަރުގެ ސުކޫލް ޗުއްޓީއާއިދިމާކޮށް މިގޮތަށް ދަތުރުތަކެއްބާއްވާނެކަން 3 މަސްކުރިން އިއުލާންކޮށް ޕްރޮމޯޝަން ޖައްސާ ޓިކެޓްވިއްކާ ކާމިޔާބުކަމެއްތޯ ބެލުން ރަނގަޅު. މިކަން ކާމިޔާބުވެއްޖެނަމަ ތިމަރަފުށި، ކައްދޫ، ކާޑެއްދޫ، ކޫއްޑޫ، މާވާރުލު، ފަރެސްމާތޮޑާ އަދި ފުވައްމުލަކު އެއަރޕޯޓުން ކަނެކްޓިވިޓީ ދީގެން މިސަރަޙައްދުގެ ރައްޔިތުނަށް GAN International Airport މެދުވެރިވެގެން މޯލްޑިވިއަންގައި ދަތުރުކުރެވޭނެގޮތް ހަމަޖެއްސިދާނެ.
އޮނަރަބްލް އަފީފު ދީދީ
14 June 2025
މިދެންނެވިގޮތަށް އެތެރޭގެ ޑޮމެސްޓިކް ދަތުރު ޝެޑިއުލްތަކަށް ބަދަލުގެނައުމުން މާލޭ އެއާޕޯޓް ޓްރެފިކް މައްސަލަތަކަށް ވެސް ލުއިލިބިގެންދާނެ. އަދި މިބަދަލުގެ ސަބަބުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކާއި މާލެ، ހަނިމާދޫ ގޭން ކަނެކްޓިވިޓީ ގުޅާލުމަށް ފުރުސަތުލިބި ވީލްބޭސްޑް ކުދިކުދި ބޯޓްތައް އިތުރުނުކޮށް މިހާރު ހުރި ބޯޓްތައް އޮޕަރޭޓްކޮށްގެން އެތެރޭގެ ޓިކެޓް ބޮޑުތަނުން އަގުހެޔޮކޮށްފައިވެސް ކުންފުންޏަށް ގެއްލުންނުވާގޮތަށް މިކަން ކުރެވިދާނެ އިގޭތޯ.