ރާއްޖޭގެ ރަށެއް. ހަލާލު ޓޫރިޒަމަށް ހަ ރަށެއް ވަނީ ކަނޑައަޅާފައި. -- ފޮޓޯ: މިހާރު
29 ޖޫން 2025 - 19:32
ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނުގައި ހަލާލު ޓޫރިޒަމަށް ހުޅުވާލީ، ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓަކަށެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އަށް ބިޑަށް ހުޅުވާލާނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިމުމުން ކަމަށެވެ. އެތަނަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓް އުޅެނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގަ އެވެ. އެންމެ ބޮޑު އަގެއް އިނީ ހދ. މަކުނުދޫ ފަރުގެ ބައަކަށެވެ. އެތަނުގެ އަގު 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެތަނަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.
- ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު: 392،000 ޑޮލަރު (6 މިލިއަން ރުފިޔާ)
- ހދ. މަކުނުދޫ ފަރު: 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
- ށ.ފުށިފަރު: 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
- ތ. މާގުޅި: 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
- ލ.ފޮނަގާދޫ: 588،000 (9.1 މިލިއަން ރުފިޔާ)
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.
އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ޓޫރިސްޓުންނަށާއި ސްޓާފުންނަށް ހާއްސަ ދެ މިސްކިތް ހުންނަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ހަލާލް ސެޓިފިކޭޝަން ވެސް ހޯދަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުމީ މުހައްމަދު
30 June 2025
ބަރާބަރު. ޓޫރިޒަމް ކުރިނާރާ ހުރި އަތޮޅު ތަކަށް ޓާގެޓްކޮށް އިގްތިސާދު ފުޅާކުރަންވީ. އޭރަށް އެ އަތޮޅު ތަކުގެ ރައްޔިތުންގެ ޖީބް ތިޔާގިވާނީ
އާދިލް ސަލީމް
30 June 2025
ޓޫރިޒަމް ފައްކާ ވެގެން މިދަނީ މުޅި ގައުމަށް.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މިގޮތުން ހަނިމާދުއާއި ގޭން އެއަރޕޯޓް ހިންގަން ފަށައިގަތުމަށްޓަކާ ޗައިނާ އެގްޒިމް ބޭންކު ފަދަ މާލީއިދާރާއަކުން ލޯނުހޯދައިގެން ދައުލަތް ޒިންމާވާގޮތަށް ލޯނުނަގައިގެން އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ކޮންވެންޝަނަލް ހޯލާއި އަދި ޑިޕާޗާރ ބިޒިނަސް ލައުންޖް ހިދުމަތާއިއެކު ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އައްޑޫ އެއަރޕޯޓްގައި ތަރައްޤީކޮށް މިކަންކުރަން ފެއްޓިދާނެ. މިއީ ނުކުރެވޭނެ ކަމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މަތީގައިދެންނެވި ގޮތަށް GAN International Airport ގައި 4 ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީ ކުރަން ނަގާ ލޯނަކީ ޗައިނާގެ އެންމެސެޑަރ އިޝާރާތް ކުރެއްވި ފަދަ "އާމްދަނީ ލިބޭނެ ކަމަކަށް" ކުރާ އިންވެސްޓް މަންޓަކަށްވާތީ މި ހުށަހެޅުން ހުށަހެޅުމާއި އެކު އިތުރު ލަސްތަކެއް ނުވެ ލޯނު ލިބޭނެ. އަދި ޗައިނާގެ ކުންފުނިތަކާއި ޙަވާލު ކޮށްފިނަމަ އެންމެ މަތީ ފެންވަރަށް 1 ހާސް ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާ 2028 ގެ ކުރިން ނިންމާ ސަރުކާރާއި ޙަވާލު ކުރާނެ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އެއްހާސް ކޮޓަރީގެ ހަތަރުތަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާއެޅުމަށް ނަގާ ލޯނަކީ ކ.މާލޭގައި އަޅާ ފުލެޓްތަކަށް ނަގާފަދަ ދަރަނި ލޯނަކަށްނުވާނެ. ހޮޓާތަރައްޤީކުރަން ފެއްޓުމާއިއެކު "އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް" ބިމުގެކުލި ފިޔަވާ އިތުރުކުއްޔެއް ނުނަގާގޮތަށް 50 އަހަރަށް ހޮޓާ ގަންނާނެ އެތައްބަޔަކު ތިބޭނެ. އަދި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައުލަތަށް ދައްކާފައި އެއަރޕޯޓަށް %30 ޙިއްސާދޭނަމަ 99 އަހަރަށް ދިނުމަކީވެސް ރަނގަޅުގޮތެއް.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މަތީގައިދެންނެވިފަދަ ފަތުރުވެރިކަމުގެ ވިޔަފާރިއެއްފެއްޓުމަށް ބޭނުންވާ ހުރިހާކަމެއް އެތަނެއްގައި މިހާރުވެސްހުރި އަދި އެމީހުން އެކަމަކަށް އެދިއެދިތިބިތާ 60 އަހަރުވެފައިވާ އައްޑޫމީހުން އެކަމަކަށް ކެތްމަދުވެފައި ތިބި ވިޔަފާރިއެއް ފައްޓަން ބޭރުގެ އިންވެސްޓަރުންނާއި ކ.އަތޮޅު މާލޭގައި މިހާރުވެސް ރިސޯޓްހިންގާ މަހުޖަނުން މިތަނަށްގެންނަން މާލޭސަރުކާރުން ބޭނުންވަނީ "އަހަރުމެން އަހަރުމެންގެ ވަޒަނުގައި އިތުރަށް ނިކަމެތިކޮށްލުމުގެ ބޭނުމުގައި" ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އައްޑުއަކީ މިތަނުގައި ހޯމް ސްޓޭ، ގެސްޓް ހައުސް، ސިޓީ ހޮޓާ އަދި ފަސް ތަރީގެ ރިސޯޓް ވެސް ތަރައްޤީ ކުރެވޭނެ މާލީ ތަނަވަސްކަން ހުރި އެތައް ބަޔަކު ރަށްވެހިންގެ ގޮތުގައި ތިބި އެމީހުންގެ އާއިލާވެސް އެތަނުގައި ދިރިއުޅޭ އެމީހުންގެ ވަތަން. ލޭބަރުން ފެށިގެން ސެމީ ޕްރޮފެޝަނަލް އަދި އެންމެ މަތީ ފެންވަރުގެ ޕްރޮފެޝަނަލް ގިންތީގެ ހުރިހާ ދާއިރާއަކަށް ފުދިގެން ބާކީވާ ވަރަށްވެސް އައްޑޫގައި އިންސާނީ ވަސީލަތް އެބަހުރި. އަދި އައްޑު އަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ސިޓީ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
ތިރީގައިހާމަކުރި ފަދަގޮތަކަށް 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލަކާއިއެކު ކާގޯ އަދި ޕެސެންޖަރ ޓްރާންސިޓް ހަބެއްގެ ގޮތަށް ގޭން އެއަރޕޯޓް ތަރައްޤީކުރީމާ GAN International Airport އަކީ ސައުތުއޭޝިޔާގެ ޗަންގީއެއަރޕޯޓް ފަދަ ކާގޯއާއި ޕެސެންޖަރ ޓްރާންސިޓް ހަބެއްގެގޮތުގައި ވެގެންދާނެ. އަދި ހިސާބުޖަހާ ހިސާބު ބަލަހައްޓާބަޔަކަށް މިއެއަރޕޯޓްކީ ފަތުރުވެރިކަމުން މިހާރު ދައުލަތަށްލިބޭ އާމްދަނީއަށްވުރެން 3 ގުނަ އިތުރަށް އާމްދަނީލިބޭ ވިޔަފާރިއެއްކަން އިގޭނެ.
މޮހޮނު ސަރ
30 June 2025
އެހެންވީމާ މީގެ ކުރިން ރާއްޖޭގައި މިއޮތީ ޙަރާމް ޓޫރިޒަމް ދޯ!!
ހަންކެޑެ
30 June 2025
ބަލަ އައްޑޫ ހަންކެޑެ ޕުރޮޖެކްޓު އަދި ނުނިމޭތަ. އަހަރެންގެ ހަނދާން ބަލިނޫންނަމަ މީގެ ދޮޅުއަހަރެއްހައި ކުރިން ވަރަށް ކުލަގަދަ ރަސްމިޔާތަކާއިއެކު އެމަސައްކަތް ފެށި. މިހާރު ބާއްވަންޖެހޭނީ އެތަން ހުޅުވުމުގެ ރަސްމިޔާތު.