އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު -- ފޮޓޯ: މިހާރު
05 ޖުލައި 2025 - 20:30
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ލިބެމުން އަންނަ ކަމަށާއި މިހާރު ފެންމަތިވެގެން އުޅޭ ދުބާއީގެ ޖެޓެކްސްގެ ޕްރޮޕޯސަލްއަކީ ވެސް އެފަދަ ޑޮކިއުމަންޓެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖެޓެކްސްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފުއާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޕްރޮޕޯސަލް ލިބުމުން މަޝްވަރާ ކުރަންޖެހޭ ހާލަތުގައި އެކަން ކުރިޔަސް ގޮތެއް ނިންމަނީ މުޅި ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.
"އަޅުގަނޑުމެން ނޫޅެން އެކަން ކުރާކަށް،" ޖެޓެކްސްގެ ޕްރޮޕޯސަލާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެމްޑީ ވިދާޅުވި އެވެ.
ޖެޓެކްސް އިން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން:
- 25 އަހަރުގެ ތެރޭޭގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ.
- ވިއައިޕީ ޓާމިނަލްގެ ހިދުމަތްތައް ވިއްކައިގެން ދެ އަހަރުގެ ތެރޭގައި ޖެޓެކްސް އަށް ފައިދާއެއް ނެރެވޭނެ ކަމަށް ލަފާކުރޭ.
ޖެޓެކްސް އިން ލަފާކުރާ ގޮތުން ނަމަ ފަސް ވަނަ އަހަރުން ފެށިގެން 3.3 މިލިއަން ޑޮލަރު (51 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ. އަދި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ގެ ފައިދާއެއް ނެރެވޭނެ.
މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހުށަހެޅި ކަމަށް ބުނާ އެ ޕްރޮޕޯސަލްގައިވާ ގޮތުން، ޖެޓެކްސް އިން އެމްއޭސީއެލް އަށް ގްރަންޑް ހޭންޑްލިން ހިދުމަތުގެ 55 ޕަސެންޓް ފައިދާ ހޯދައިދޭނެ އެވެ. އަދި އަހަރަކު މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ދޭނެ އެވެ.
ޖެޓެކްސް އިން ހިދުމަތްދޭ ބޯޓުތަކަށް ހާއްސަކޮށް ރޭމްޕް ޕާކިން އޭރިއާގެ ގޮތުގައި 10،000 އަކަފޫޓުގެ ޖާގައެއް ބޭނުންވާކަން ފާހަގަކޮށްފައިވާއިރު 25 އަހަރު ވަންދެން އޮންނާނީ ކޮންސެޝަނަލް އެގްރީމެންޓެއް ކަމުގައިވެސް ފާހަގަކޮށްފައި ވެ އެވެ.
އޭގެ ބަދަލުގައި ޖެޓެކްސް އިން އެންމެ ޒަމާނީ ފެންވަރުގެ ވީއައިޕީ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. ޖެޓެކްސްއިން ދޭނީ ކޮންސިއާޖް ސާވިސަސް އާއި ގްރައުންޑް ހޭންޑްލިންގެ އިތުރުން ވީއައިޕީ ފަސިންޖަރުންނަށް ދޭ ޖެހޭ ހުރިހާ ހިދުމަތެއް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާގޮތްމީ
06 July 2025
އެއްޗެއްގެ ވިޔަފާރިންބފައިދާއެއް ދެވޭނީ އެހިންގާ ބަޔަކަށް ފައިދާއެއް ނަގާފަ. އެހެންވީމާ ބަޔަކަށް ދިނުމަށްވުރެ ކުޑަ ނަފާއެއް ލާފަ އެތަނުގެ ވެރިންނަށް ފައިދާ ލިބޭނެ. ޢެހެން ނޫނަސް ބަޔަކަށް ތިތަން ކުއްޔަށްދިނީމާ ގެންނާނީ ކުޑަ މުސާރައެއްދީގެން އިންޑިޔާ މީހުން. ހިނި ހަރަކަށްވުރެ މީހުންގިނަ ތަނެއް ޢިންޑިޔާއަކީ. ޢެތަން މިތާ އެމީހުން. ކުރިން އެތަން ވިއްކާލީމާ މުޅި ތަން ހިފާލީ އިންޑިޔާ މީހުން. ތަނުހެ ހުރިހާ ވިޔަފާރިތައްވެސް ދަމާގަތީ. ހޯލްސޭލްވެސް ކުރީ.
އުއްތަމަ އުސްތާޛް
06 July 2025
25 އަހަރުގެ ތެރޭޭގައި 25 މިލިއަން ޑޮލަރު. އިތުރު ވާހަކަ އެއް ދަންނަވާކަށް ނެތް.
ހަމްދާ
06 July 2025
އެމްޑީޕީ ސަރުކާރުން އެއިރުވެސް އުޅުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާކަށް ނޫނުވެ. އެހެންނަމަވެސް މިހާރު މިއޮތް ސަރުކާރުގެ އިސްވެރިން އެމީހުންގެ އަމިއްލަ ސިޔާސީ މަންފާއަކަށް އެއިރު އެއާޕޯޓް ވިއްކާލަނީ ކަމަށްބުނެ މަގުމައްޗައް ނުކުތޫއެވެ.
ބޮޑުބެގެ ބެއްޔާ
05 July 2025
ސުރުހީ އެކޮޅުކޮޅުން ކީމަ އަސްލު މާނަ އެނގޭނެ.
އަވަދިވެދާނެ
05 July 2025
25 އަހަރުން 25 މިލިއަންޑޮލަރޭ. އަހަރަކު އެއްމެ މިލައަނެއްތަ. ހެހެހެ.. ޖެޓްމޫސުމުގަ ދުވާލަކަށް މިލިއަނުން ވަންނަތަނެއް ހަމަ ވިއްކާލަނީ...ވިއްކާލަނީ... ނަންވާނީ ކުރީސަރުކާރު. ރައްޔިތުންގެ ޓާމިނަލްހޯދަން ރައްޔިތުން ނުނުކުންނަނީސް ތިކަންހުއްޓާލާ.
ޑރ ވާންޗޯ
05 July 2025
ރައިއްޔަތުންނަށްޓަކާ ނުކައި ނުބޮއެ ހުންނަންވެސްރެޑީގަ އައިސަރުކާރުގެ ތެރެއިން މިހިރަނިކުންނަ އަޑުފަށްގަނޑެއްތާދޯ؟. ހަނިމާދޫ އެއަރޕޯޓް، މާލޭގެ އެއަރޕޯޓްގެ ބޮޑުބައެއް!. ކިހިނެއްވާންބާ މިއުޅެނީ.
ސަސި
05 July 2025
ތިހެން ވީއްޔާ މިހާރު އޮންނާނީ އެއްބަސްވުން ހަދާ ފައިދާ ބަހާނެގޮތްވެސް ނިންމާފަ
ލުބްލާ2025
05 July 2025
ތި ޖެޓެކްސް ނެތަސް އެމްއޭސީއެލުން ތިތަން އަމިއްލަ އަށް ހިންގައިގެން މާ ބޮޑު ފައިދާއެއް ނެރެވޭނެ
ކަހެރުވައް
05 July 2025
އެއްވެސް ބަޔަކަށް އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭ. ޕްރޮޕޯސަލް ހުށަހަޅާފަ ތިވާ އެންމެންނަކީވެސް ޗައްކަރު ޖަހަން އުޅޭބައެއް. އެވެރިންނަށް ނިކަން ރަނގަޅަށް އެނގޭ ދިވެހިން އަތްދަށު ލެވިއްޖެއްޔާ ބޮޑު ފައިދާގަނޑެއް ލިބޭނެކަން.. ޖީއެމްއާރުގެ އަތުން އެއާޕޯޓް ހޯދަންވެސް ބަދަލުގެ ގޮތުގަ 250 މިލިއަން ޑޮލަރު ދައްކަންޖެހުނު ހަނދާން އަދި ނުނެތޭ.