07 އޯގަސްޓް 2025 - 06:43
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް، އެސްޑީއެފަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 783.8 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފަކީ ދައުލަތުގެ ދަރަނި އަދާކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި، 3.5 ބިލިއަން ރުފިޔާ ވަނީ ދަރަނި ދެއްކުމަށް ހޭދަކޮށްފަ އެވެ.
ދަރަނި ދެއްކުމަށް އެހާ ބޮޑު ހޭދައެއް ކުރުމަށްފަހު ވެސް، ދައުލަތުގެ އާމްދަނީ އިތުރުވެ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން، ބަޖެޓު އަރަނީގައި ދަމަހައްޓަމުން އައި އައުން ވަނީ ހަތް ވަނަ މަހަށް ދަންމާލައިފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 ޕަސަންޓުން ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފަ އެވެ. މިގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި އޭގެ ކުރިން، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލިދު ޔޫނުސް
07 August 2025
ދުރު ރާސްތާ އިޤްތިޞާދީ ދެމެހެއްޓެނިވި ސިޔާސަތަށް އިސްކަންދެވޭތަން ފެނުނީތީ އުފާވެއްޖައިމެވެ.
ނަޝީދު ހަސަން
07 August 2025
ސޮވްރިން ފަންޑަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް! ކުރިއަށް އޮތް ޖީލުތަކުން މި ސަރުކާރަށް ޝުކުރު ދަންނަވާނެއެވެ.
ވިލްދާން
07 August 2025
ވިދިވިދިގެން ފަސް މަސް ދައުލަތުގެ ބަޖެޓުން އިތުރުވުން - މިއީ ސީރިއަސް އިސްލާހުތަކާއި ވަރުގަދަ ލީޑަރޝިޕެއްގެ ނިޝާނެކެވެ.
އިބްރާހިމް ޖަމްހަރު
07 August 2025
ދަރަނި ކުޑަކުރުމަށް ކުރައްވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. މިއީ އެންމެ ރަނގަޅު ގޮތުގައި މާލީ ޒިންމާދާރުކަން ދައްކުވައިދޭ ކަމެކެވެ
މުސްތަފާ ކަރީމް
07 August 2025
ރަނގަޅަށް ގައުމުގެ ފައިނޭންސް މެނޭޖް ކުރާ ވެރިޔަކު ލިބުމުން އަހަރުމެންގެ އިގްތިސާދު މިދަނީ ބާރަށް ކުރިޔަށް. މީގެ ސަބަބުން ދަރަނި ދެއްކުން ފަދަ ކަންކަން ހައްލުވާނެ
ނުނން
07 August 2025
އަބަދުވެސް ގޮވާނީ އެމްޑީޕީ ގައުމު ބަޑުރޫޓްކޮށްލި ވާހަކަ....
ރޭޓިންގްް
07 August 2025
ރައީސް މުއިއްޒު 1 - އިބޫ ސޯލިހް 0
ހައިޝަމްްް
07 August 2025
އެމްޑީޕީ ކ ލަދެއް ނުގަނޭތަ މިފަދަ ހަބަރުތަށް ކިޔާފައި. އެމީހުން ވެރިކަން ދޫކޮށް ދިޔައިރު މި ފަންޑް ހުރީ ދޫލާ ހުސްކޮށްފަ.
ތާއިފްް
07 August 2025
މި ގައުމު ހަމަމަގަށް އަރުވަން ރައީސް ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަން އަޅުގަނޑުމެން ރައްޔިތުން ކުރަން.
ކައުންސެލަރު...
07 August 2025
އެކަމް އިބުރާހީމް މުހައްމަދު ސޯލިހު އެސްޑީއެފް ވަނީ ކަޅާ ކޮށްލާފަ. ސާބަހޭ ރައީސް މުޢިއްޒު