މާލެ: އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަންބޯޑް، އެ ބޭންކަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުހޯދައި އޮތް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވޭ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 ސެޕްޓެމްބަރ 2025 - 18:35
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ކުރީގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުގެތަކުގެ 41 ޕަސެންޓް ލޯނުތައް ގަވާއިދުން ނުދައްކާތީ "ނަން ޕާފޯމިން އެސެޓް" ތަކަށް ބަދަލުވެފައި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓަށްފަހު އާއްމުކުރި ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 1.3 ބިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން 554 މިލިޔަން ރުފިޔާގެ ލޯނު ގަވާއިދުން އަނބުރާ ނުދައްކާތީ 90 ދުވަސްވުމުން ނަން ޕާފޯމިން އެސެޓްތަކަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ އެސްއެމްއީ ބޭންކުން އެހާތަނަށް ދޫކުރި ލޯނުތަކުގެ 41 ޕަސެންޓެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެސްޑީއެފްސީން އެ މުއްދަތުގައި 827 ފަރާތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާގެ އަދަދަކީ 878 މިލިޔަން ރުފިޔާ ކަމަށް ވާއިރު، ގަވާއިދުން ފައިސާ ނުދައްކާތީ އޯވަޑިއު ވުމުގެ ސަބަބުން އިތުރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 151 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ އެސްޑީއެފްސީން ދޫކުރި ލޯނުތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 554 މިލިޔަން ރުފިޔާގެ ތެރެއިން 107 މިލިޔަން ރުފިޔާ އެ ބޭންކްގެ އުސޫލުތަކާ އެއްގޮތަށް މައާފްކޮށްދީފައި ވުމެވެ.
އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާ ހޯދަން ކުރި މަސަައްކަތުން 2024 ވަނަ އަހަރާ ހަމައަށް އަނބުރާ ހޯދިފައި ވަނީ އެންމެ 12 މިލިޔަން ރުފިޔާ އެވެ.
ބޭންކަށް ފައިދާ ނުވާ ނަން ޕާފޯމިން އެސެޓް (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅައި ރިކަވަރީ ރަޖިސްޓްރީގައި ބަލަހައްޓަމުން އައި 389 ލޯނުގެ ތެރެއިން 116 ލޯނަކީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 5 މިލިޔަން ރުފިޔާއާ ހަަމައަށް ފައިސާ ދައްކަން ހުއްދަދީފައިވާ ލޯނުތަކެވެ. އެ ލޯނުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 289 މިލިޔަން ރުފިޔާ އައުޓް ސްޓޭންޑިންގެ ގޮތުގައި ހުރި އިރު ދައްކަން ޖެހޭ މުއްދަތަށް ވުރެ ލަސްވެފައި ހުރި ފައިސާގެ އަދަދަކީ 70 މިލިޔަން ރުފިޔާ އެވެ.
އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ މުއާމަލާތްތަކުގައި އެ ބޭންކަށް ގެއްލުންވާ ގޮތަށް ހުރި އެ ނޫން ވެސް ގިނަ މައްސަަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ކަންތައްތައް ހައްލުކުރުމަށްޓަކައި އޮޑިޓް އޮފީހުން ލަފާދޭ ގިނަ ކަންތައްތަކެއް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.
- ލޯނު ދޫކުރުމުގައި ބަލާނެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުން.
- ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ރިކަވަރީ މެނުއަލްއާ އެއްގޮތަށް ފިޔަވަޅު އެޅުމަށްފަހު ގާނޫނީ ފިޔަވަޅު އެޅުން.
- ލޯނު ޑިފޯލްޓްތައް ކުޑަކުރުމަށްޓަކައި ކޮލޭޓްރަލް ޕޮލިސީއާއި އެހެނި ޕޮލިސީތަކަށް ބަދަލު ގެނައުން.
-އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ އަނބުރާ ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމާ އެކު އެ ލޯނުތަކާ މެދު އަމަލުކުރާނެ ގޮތްތައް ސަރުކާރާ މަޝްވަރާކޮށްގެން ނިންމުން.
ރިޕޯޓްގައި އެސްޑީއެފްސީއަށް ދީފައިވާ ލަފާތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައި އޮތީ ލޯނުތަކުގެ އިންޓަރެސްޓް މާފުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އެ ބޭންކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމަށެވެ.
އެސްޑީއެފްސީއަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ހުރިކަން އޮޑިޓުން ހާމަވިއިރު، އެ ބޭންކްގައި އޮތް ސަރުކާރުގެ ހިއްސާ މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލައިފަ އެވެ. އެހެންވެ، އެ ބޭންކް ދެން ހިންގާނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ.
އެ ބަދަލާއެކު، އެސްޑީއެފްސީން ދޫކުރާ ލޯނުގެ އަދަދު އިތުރުކުރާނެ ކަމަށާއި ލޯނުތައް ދޫކުރާނީ އެ ބޭންކުން އެސްއެމްއީތަަަކަށް ކުރިން ވެސް ދޫކުރި ލުއި ޝަރުތުތަކާއެކު ކަމަށް ބީއެެމްއެލް އިން ބުނެފައިވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަބޫ
03 September 2025
ހައިރާން ވެއްޖެ ކުދި ވިޔަފާރި ކުރާ މީހުންނަށް ފައިސާގެ ދަތިކަން ދިމާ ވެގެން ލޯނެއް އަނބުރާ ނުދައްކާ ދުވަސް ކޮޅެއް ވެދާނެކަން އެއްވެސް މީހަކަށް ޤަބޫލު ނުކުރެވޭތީ. ދުނިޔޭގެ އޮއެވަރާއި، ރާއްޖޭގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއްގެ ފުރަތަމަ އަސަރު ކުރާނީ ކުދި ވިޔަފާރި އަށް ކަން. އަދި އޮޑިޓް ރިޕޯޓެއްގެ ތިހެން ލިޔެލެވޭ ވަރަށް ވުރެ ފުންކޮށް ދިރާސާ ކުރަންޖެހޭ ކަންކަން. ސިޔާސީ ވަނީ ވަކި ޕާޓީ އެއްވީމަ އެއް ނޫން. ހުސް އެކައްޗެއް އުޅެނީ.
ޛޖސޖސ
03 September 2025
މިޤައުމުގަ ކޮންމެ ކަމެއްވެސް މިހެން…ލޯނެއް ނުދައްކަ، ޓެކުހެއް ނުދައްކަ. ބިމު ކުއްޔެއް ނުދައްކަ، ފުލެޓަށް ލާރިއެއް ނުދައްކަ، ޖޫރިމަނާއެއް އޮތިއްޔާ އެއެއް ނުދައްކަ…ވޯޓު ނުލިބިދާނެތީ މިކަންކަމާ އެއްވެސް ސަރުކާރަކުން އަޅައެއް ނުލަ. މިވަރުން މިޤައުމު ކުރިއަށް ދާނެ ގޮތެއް ނުފެނެ.
ސަހަރޯހީވޭ
03 September 2025
ލޯނުގިނަފަހަރަށް ނުދައްކާނީ ފައިސާވެރިން ލިސްޓްދައްކާލަބަލަ މިބުނިއެއްޗެއްރަގަޅުތޯބަލަން. ފަގީރުމީހާ ލޯނުނުދެއްކީމަ ގެއަތުލާނެ މުއްސަދިމީހާ ލޯނުނުދެއްކީމާ މާފުކޮއްދެއްވާނެ ނިކަމެތިން ގެއާއި އަބިދަރިން މަގުމަތިކޮއްލާނެ. މިރާއްޖެއިން މަރުވާކޮންމެ މީހެއްގެ ސަންދޯކުއެއްކޮޅަށް ނުދެއްކިއޮތް ލޯނެއްލާންޖެހޭއެއީކީއްވެ؟؟؟
އާރީ
03 September 2025
މިލޯނުތައް ގިނަމީހުންނަށް ދީފަހުރީ ޑިފޯލްޓްވާގޮތައް ބިސްނަސް ޕޮރޮޕޯސަލްއާ ގުޅުވައި އެ ވިޔސފާރީއަކަށް މަގުފަހިވާގޮތަކަށްވެސް ނޫން، އެތަނުގަ ތިބޭ ޓެކްނިކަލް ރާއްޖޢޭގެ ވިޔަފާރިތައް އަދި އެސް.އެމް.އީ އަންޑަސްޓޭންޑް ނުވާ މީހުން ގިނއީ ތިޔަތަނުގަ ކޮވީޑްގެ 63 މަސް ކުރިން ނަގާފަ ހުރި ލޯނުތަކަށް އެބަހުިރި ގްރޭސް ޕީރިއަޑް އިތުރު ނޮކޮށްދީވެސް އަދި ކޮވިޑްގެ 2 އަހަރު ރަށްު ބަނދައް ލުޔެއވެސް ނުދީ އިންޓްރަސްޓްއާ ލޯނު ދެއްކުމަށް މަޖުބޫރުކުރުވާފަ ހުރީ
ކޮރަލް
03 September 2025
ބައި އަޅާ ގޮތަށް ދޫކުރާ ލޯން ތަކުގެ ފައިސާ އެއް ނުލިބޭނެ އެވެ. އަލަށް ވިޔަފާޜި އެއް ރަޖިސްޓްރީ ކޮށް ގެން ފައިސާ ކޮޅެއްގެ ބޭނުމުގަ ޑިޕާޓް މަންޓް މީހަކާ ގުޅިގެން ލޯން ނަގާ މީހުން އަނބުރާ ނުދައްކާނެ އެވެ. ވިޔަފާރީ ގެ ބެކް ގްރައުންޑް އަދި ޕާފޯމަންސް ނުބަލާ ދޫކުރާ ލޯން ތަކުގެ ފައިސާ ނުލިބޭނެ އެވެ. ބިދޭސީންގެ އަތް މައްޗަށް ދޫ ނުކޮށްލާ ވިޔަފާރި ކުރާ ދިވެހީންނަށް ލޯން ނެގުމަކީ ވ އުނދަގޫ ކަމެކެވެ.
އުލީ
03 September 2025
އަޅުގަނޑު ބީއެމްއެލް އިން ނެގި ސްޓޫޑެންޓް ލޯނު މާފް ކޮށްދެއްވަންވީ ނޫންތޯ. ޑިގްރީ ހަދައިގެން ވަޒީފާ އަށް ނުކުތީމަ ލިބެނީ 12 ހާސް ރުފިޔާ. ލޯނަށް ދައްކަން ޖެހޭ 20ހާސް ކޮންމެ މަހަކު.މައިންބަފައިންގެ އެހީއާއެކު ކިރިޔާ ލޯނު މި ދައްކަނީ. ދެރަވޭ މައިންބަފައިން އަތުން ޚަރަދު ދާތީ. ވަޒީފާ އަދާ ކުރާތަނުން އަދި އޮގަސްޓްމަހުގެ މުސާރަ ނުލިބޭ. އެމީހުންނަށް ވެސް ލިބެންވާ ފަރާތްތަކުން ފައިސާނުލިބޭތީ. ބަރާބަރަށް ދައްކަންޏާ ލޯނު ދައްކާނިމޭނީ 2029ގަ.ބޯ ގޮވާފަމިހިރީ
ފެނިގެއްލިދާ
03 September 2025
ފެންނަމުން މިދަނީ ދިވެހިރައްޔިތުންގެ ކިބައިގައި ހުރި ނުބައިކަމާއި ނުލަފާކަމާއި ނޭންގާނީ ކަން. ވިޔަފާރި ލޯނެއް ނެގިޔަސް ނުދައްކަނީ، ކިޔަވަން ލޯނެއް ނެގިޔަސް ނުދައްކަނީ. ކުރަން އެނގޭ ކަމަކީ ކޮފީ މޭޒުގައި ތިބެގެން އަޗާތަޅާފައި ސިޔާސީ ވާހަކަ ދެއްކުމާއި ކުޅިވަރުކުޅުން.
މުއްސަނދިމުހުންމަދު
03 September 2025
މިރާއްޖޭގަ ނުޖެހޭނެ ތި ދައްކާކައް. މިއީ މާ މުއްސަނދި ސަރުކާރެއް އޮންނަ ގައުމެއް. ހިޔާ ފުލެޓު މީހުންވެސް ނުދައްކާ. ބިލިޔަނުގެ ލޯނު ނަގައިގެން ހިއްކި ބިން ހިލޭ ބަހާލީ. ރިސޯޓު އޯނަރުންގެ އެތއްމިލިޔަން ވެސް މާފުކޮށްލަދޭ. އެހެންވީމަ ދެން ތިޔަ ވަރުގެ ކުޑަ ލޯނުގަނޑެއް އަދި ނުދެއްކިޔަސް އޯކޭ ވާނެ.
ހޮޓްކިންގ
03 September 2025
ލޯނުވެސް ވ ދެވުނީބާ؟ ލޯނު މާފުކުރާވާހަކަ އަދި މި އަޑުއެހީ. ދެން ދައްކާނެތަ؟
ޒަކީރާ
02 September 2025
ފައްޔާޒުމެން ރާވަން ނިންމި މުޒާހަރާގައި ދައްކަން ރަނގަޅު ވާހަކައެއްމީ. އަހަރުމެން މިތިބީ އަޑުއަހަން ތައްޔާރަށް. މުއިއްޒު ބޮލުގަ މިކަން އަޅުވާގޮތް ބަލަން ކެތްމަދުވެފަ މިހިރީ.