"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމަށް އިގުރާރުވެ ޖުލައި 1، 2019 ގައި ފެނަކައިގެ މުވައްޒަފުން އިގުރާރުގައި ސޮއިކުރުމަށް ފޮޓޯއަށް ހުއްޓިގެން: ފެނަކައިގެ އޮޑިޓުން ވަނީ ބިލިއަން ރުފިޔާގެ ހިޔާނާތް ފަޅާއަރާފައި. -- ފައިލް ފޮޓޯ: މިހާރު
27 ސެޕްޓެމްބަރ 2025 - 15:57
ފެނަކައިން ރަށްރަށުގައި ހިންގި މަޝްރޫއުތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ކުންފުނީގެ މުވައްޒަފުންގެ އެކައުންޓުތަކަށް ފޮނުވި އަދި ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރި އަދަދު 26 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ 2021 - 2023 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެކަނައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކުރި އެވެ. އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން ނަގާފައިވާ ޕްރޮޖެކްޓް މެނޭޖަރުންގެ އެކައުންޓްތަކަށް ޕެޓީ ކޭޝްގެ ގޮތުގަ އެވެ.
އޮޑިޓް އޮފީހުން ބުނީ ޕެޓީ ކޭޝް ފައިސާ ރީއިމްބާސް ކުރަން ހުށަހަޅާ ރިޕޯޓުގައި ހިމެނޭ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ހަރަދުކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. އެހެންވެ، ޕެޓީ ކޭޝް އިން ކުރާ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކުރި ހަރަދެއްކަން ނޭނގޭ ކަމަސާއި އެ ފައިސާއިން ކުންފުނީގެ ބޭނުންތައް ނޫން އެހެން ބޭނުމަކަށް ހަރަދު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އޮޑިޓް ކުރި މުއްދަތުގައި ނަގުދު ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ރިޕޯޓާއި ބިލް ވެސް ލިބިފައިނުވާ ކަމަށް އޮޑިޓުން ހާމަވެފައިވެ އެވެ.
މީގެ އިތުރުން އެމްޑީ ބިއުރޯއިން ޕެޓީ ކޭޝްގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ހޭދަކުރި އިރު އޭގެ ތެރެއިން 800،000ރ. ހަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އޮޑިޓަރުންނަށް ލިބިފައެއް ނުވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިން 2021 އިން 2023 އަށް ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ކޮން ޕްރޮޖެކްޓްތަކަކަން ވެސް ޔަގީނެއް ނުވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ވަގުތީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަމުން ދިއުމަކީ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
މި މައްސަލަތަކުގެ އިތުރުން ވެސް ސީރިއަސް އެތައް މައްސަލައެއް އޮޑިޓުން ހާމަވެފައިވެ އެވެ. އޮޑިޓްގެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުންނެވެ.
ފެނަކައިގެ މާލީ ހާލަތާއި މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބްސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ. އޭރު ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަތަގަ
29 September 2025
ހައްލަކީ އުމަރު. އެމްޑީޕީ އެއް، ޕީޕީއެމްއެއް ކިޔާނެ ކަމެއް ނެތް. ހުސް ވގދތދތިެރ
ދިމާވުން
29 September 2025
ޙުރިހާ އެސްއޯއީ އެެއްގަ ވެސް ހާއްސަކޮށް ބިދޭސީން ގެނެސް ރާއްޖޭގެ އެކި ހިސާބުތަކުގަ މަސައްކަތްކުރުވާ ކުންފުނިތަކުގަ ތިޔަ ޕެޓީކޭޝްގެ ދީފަ ހުންނަލެއް ބޮޑުކަމަށް ފެންނާނެ.. ސަބަބަކީ އެ ބިދޭސީންގެ އެކައުންޓު ހުޅުވި ކަންކަން ހަމަޖެހެން 3 މަސްވަރު ނަގާނެ އާންމުކޮށް.. އެ ދުވަސްތަކުގަ ހަރަދު ފަދަ ކަންކަން ހަމަ ޖައްސަނީ ޕެޓީ ކޭޝްގެ ގޮތުގަ ފައިސާ ދޫކޮށްގެން. މުސާރަވެސް ނަގުދު ފައިސާއިން ދެނީ.. ޑޮކިއުންމަންޓުތަކާ ހިސާބުތައް ދިމާ ނުވަންޏާ ތީގަ ގޯސްވާނި
ޓިނު
28 September 2025
މިހާރުވެސް އެކަންކުރަނީ އެހެން. ތިބުނާ އޮޑިޓެއްކޮށްބަލަ ކެރެންޏާ
އޮނަރަބްލް އަފީފު ދީދީ
27 September 2025
އޮފީސް ކުއްޔަށް އަހަރަކު އެތައްމިލިޔަން ރުފިޔާ ޙަރަދުކުރަމުންދާ FENAKA ހެޑް އޮފީހުގެ ގޮނޑި މޭޒުތަކަށްވުރެން އެތަނުން ބޮޑު މުސާރަދީފައިތިބި މުވައްޒިފުންގެ އަދަދު ގިނަ. ވަޒީރުންގެ މުސާރައާއިއެއްވަރުގެ މުސާރަދީފައިތިބި ޓެކްނީޝަނުންވެސް ތިބޭއިރު ކުންފުނީގެ އެއްވެސް އިންޖީނުގެއެއް ކ.އަތޮޅުމާލެއަކު ނެތް. ދެއިރު ދެދަޅައަށް ކަރަންޓްކެޑޭ އައްޑޫސިޓީގެ އިންޖީނަށް ކަމެއް ދިމާވީމާ ދެކޮޅުޓިކެޓް ކަޑާފައި ޓެކްނީޝަނުން ކ.މާލެއިން އުދުހިފައި އައްޑުއަށް އަންނަނީ.
އަސްކޮލާލާ
28 September 2025
ޢަންނަ ހުރިހާ އިންޖިނިއަރުން ތިބެނީ ގާޑިޔާތަކުގައި! މިސަރުކާރުން އައްޑޫގެ ކަންތައްތަށް ރަނގަޅުކުރަން ކަމަށްބުނެ ވެެއްދި ބޮޑު އިންޖިނައަރުގެ ކަމަކީ މަންޗެސްޓަރ ބްރޭންޑްގެ ސިގިރޭޓް ފެނަކަ މުއައްޒަފުންނަށް ވިއްކުން!!
އެޑްމުންޑޯ
28 September 2025
ބުނަން ދީދީ ގެ އެންމެ ރަގަޅު ކޮމެންޓް ފަހަކަށް އައިސް މިފެނުނީ
ހުއްޓޭނަ
29 September 2025
އެތާ ތިބި އިންޖިނިއަރުންގެ އެއްވެސް ލެވެލް އެއްނެތް، އައްޑޫގައި ތިނުކިޔަވާތިބި މީހުން އަދިވެސް އެހާމޮޅު، އެއްމެ ފަހުން އިންޖީނަކަށް މައްސަލަ ޖެހިގެންވެސް އެތާގައި ކޮންޓްރެކްޓް އުސޫލުން ހުރި އައްޑޫ ބޭފުޅަކު އެ ޖެންސެޓް ހިންގީ. ކަމަކު ނުދޭ، އަތުހަރަކީ ކުރިންވެސް އެތައްކޮރަޕްޝަނެއްގައި ބެދޭ މީހެއް އެކަމަކު އަދިވެސް އޭނާ އެތާގައި
ނުހުއްޓޭނެ
29 September 2025
ހުއްޓޭނެ ތިޔަ އުޅެނީ އޮޅިގެން. އަތްހަރު ހަލީމަކީ ކުރިން އެމްޑީޕީ މީހެއް، މިހާރު ޑރ މުއިއްޒު މީހެއް. އޭނައަކި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މުއާޒް ހަލީމް ގެ ކޮއްކޮ، އެމީހުން އަބަދުވެސް ފައިދާވާގޮތަކަށް ކުލަ ބަދަލުކުރަމުންދާނެ.
އޮނަރަބްލް އަފީފު ދީދީ
27 September 2025
ކުންފުނީގެ އެއްވެސްވިޔަފާރިއެއް އަދި ކުންފުނީގެ ބިމެއް އިމާރާތެއްވެސް އެރަށުގައިނެތް ކ.އަތޮޅުމާލޭގައި ހެޑް އޮފީސްހަދައި ކުންފުނިން މަހެއްގެމައްޗަށް މުސާރައިގެ ގޮތުގައި އެތައް މިލިޔަން ރުފިޔާ ޙަރަދުކޮށް ކުންފުނީގެ އާމްދަނީގެ %60 ލިބޭ އައްޑޫސިޓީގެ މުޅި އޮޕަރޭޝަން ހިންގާންތިބި މުވައްޒިފުންނަށްވުރެން ގިނަ މުވައްޒިފުންލައިގެން ކ.މާލޭގައި ހެޑް އޮފީސްހިންގަނީވެސް ވައްކަމާއި ޙިޔާނާތަށް މަގުފަހިކުރުމަށާއި ކ.މާލޭމީހުނަށް ވަޒީފާ ދޭންވެގެންކަމަށްވެސް ވެދާނެ.
ޗަޕް
27 September 2025
ކަލޭގެ ގޭގައި ދެން ހެޑްއޮފީސް ހަދާބަލަ.
ސައްހަ
29 September 2025
ވަރަށް ރަނގަޅު ވާހަކައެއް. އައްޑޫ ހިތަދޫ ކުރީގެ އިންޖީނުގެއާއި އޮފީސް އިމާރާތް އެހެރީ ހުހަށް. 5-6 ލައްކަ ހަރަދުކޮށްގެން ބޮޑު އޮފީސް ސެޓްއަޕް ހެދޭނެ. ފެނަކައިގެ އިންކަމްގެ 60% ހިއްސާކުރަނީ އައްޑޫ އިން، 10% ޖެހިގެންއޮތް ފޯއްމުލަކުން، އެކަމަކު ފެނަކަ ހެޑް އޮފީސް މާލޭގައި، ސެޓްލްކޯ ކަރަންޓް ބިލް ދައްކަމުން، މަހަކު 9 ލައްކަ ރުފިޔާ ކުއްޔަށް ދެމުން އެހެރަދަނީ. އައްޑުއަށް އޮފީސް ބަދަލުކުރުމުން މަހަކު 9 ލައްކަ ކުލިން މިންޖުވާނޭ.
އޮނަރަބްލް އަފީފު ދީދީ
27 September 2025
ފެނަކައަށް އެންމެބޮޑު އާމްދަނީލިބޭ އަދި ކުންފުނީގެ އެންމެބޮޑު އިންވެސްޓްމަންޓް އޮތް އައްޑޫސިޓީގައި ހެޑް އޮފީސް ނަހަދާ ކ.މާލޭގައި ހެޑް އޮފީސް ހެދީ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ހޯދަން ފަސޭހައަކަށްކަމަށާއި ބިޑްހުޅުވާ ބިޑް އިވިލުއޭޓްކުރަން ކަމަށް މާލޭސަރުކާރުން ބުނާނަމަ ފެނަކަ ހެޑް އޮފީސް ކ.މާލޭގައި ހުރުމަށްވުރެން ޙަރަދުކުޑަވެފައި ވައްކަންކުރަން އޮތް ފުރުސަތުވެސް ބޮޑުތަނުން ކުޑަވާނެ ސިންގަޕޯރ ނުވަތަ ހޮންކޮންގ ގައި ހެޑް އޮފީސް ބެހެއްޓިޔަސް.
އޮނަރަބްލް އަފީފު ދީދީ
27 September 2025
ކުންފުނި ހިންގަން ތިބޭ މީހުން ކުންފުނިން ކުރާ ވައްކަން ހުއްޓުވުމަށާއި، ކުންފުނީގެ ހެޑް އޮފީހުގެ މައްޗަށް ކުރަމުންދާ ބޭކާރު އިސްރާފް ޙަރަދު ކުޑަކުރުމަށާއި ކުންފުނިން ކަރަންޓް ވިއްކާ ރަށްތަކުގެ ރައްޔިތުނަށް މިހާރަށް ވުރެން އަގު ހެޔޮކޮށް އަދި ކުންފުންޏަށް ރަނގަޅު އާމްދަނީ އެއް ލިބޭގޮތަށް ކުންފުނި ހިންގުމަށްޓަކާ "ބިމުގެ އަގު ރަނަށް ވުރެން މަތީގައި އޮތް" މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގައި ހުރި ފެނަކަ ހެޑް އޮފީސް އައްޑޫސިޓީ އަށް ބަދަލު ކުރޭ.
ޜެކިފުތާ
27 September 2025
ކޮބާތަ މިސަރުކާރު ހިންގާގޮތް ކަމުނުގޮސްގެން ކަންކަންކުރަން ވީގޮތަް ތަންތަނައްއަރާ ކިޔާދޭ މާހިރުންތައް! މީތަ ކަންކުރަންވީ ގޮތަކީ، އަމީރު، ފައްޔާޒު، އާޒިމު، ޔާމިނު ކޮބާތަކަ މާހިރުންތައް؟؟؟
ފަންކާ
27 September 2025
މިކަހަލަ އެތަކެއް ތަނެއް އޮޑިޓު ނުކުރެވި އޮންނައިރު އޮޑިޓަރ ޖެނެރަލް އަނެއްކާވެސް ބޮޑު އެންވަރަމަންޓު އޮޑިޓު ޑީޕާޓުމަންޓެއް ހަދައިގެން އުޅުއްވަނީ އެންވަރިމަންޓް ދަތުރުތަކުގަ. މީ ހަގީގަތަކީ. ކޮންމެ މީހަކުވެސް ރައްޔިތުންގެ ޓެކުސް ފައިސާއިން ހިތްހަމަ ޖައްސާލެވޭތޯ އުޅެނީ.
ރަދީފްއޮފިޝަލް / އާނެސްޓް & ޔަންގް
27 September 2025
ކޮންމެ އަހަރަކު އޮޑިޓްކުރެވޭނަމަ މިލެވެލަށް ފެނަކަ ނުދާނެ.އޮޑިޓެއް ވެސް ކުރެވެނީ 5 އަހަރުން 1 ފަހަރު.ކޮށްފަ ބަލާއިރު ކާނެ ވަރަކަށް ކައިފަ ކެއި މީހުން ތިބީ މަހުޖަނުންނަށް ވެފަ.އޮޑިޓް އޮފީހަށް އިތުރަށް ބަޖެޓު ދީގެންވެސް ތަންކޮޅެއް އަވަހަށް އޮޑިޓްކުރެވޭނެ ގޮތެއް ހޯދުމަށް މަޖްލިސް މެމްބަރުންނަށް ގޮވާލަން.ވ.ވެދުން