މަސްވެރިންތަކެއް: ގަވާއިދާ ހިލާފް މަސްވެރިކަން ހުއްޓުވަން ފިޔަވަޅު އަޅަން ބަޖެޓްގައި ވަނީ ހިމަނާފައި --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2025 - 19:34
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ފަރާތްތައް ދެނެގަތުމަށް ސެކިއުރިޓީ ވަރުގަދަ ކުރަން ބޭނުންވާ އާލާތްތައް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 64 ބިލިަން ރުފިޔާގެ ބަޖެޓްގެ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު މަސްވެރިކަމަށް ހާއްސަކޮށް 556 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް މަސްވެރިންނަށް ދެނީ މިފްކޯ މެދުވެރިކޮށެވެ. އެެގޮތުން 280 މިލިއަން ރުފިޔާ މިފްކޯއަށް ކަނޑައަޅާފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަތުމަށްޓަކައި ފިޝަރީސް މޮނިޓަރިން ސެންޓަރު ހަރުދަނާކުރަން ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި ވެސަލް މޮނިޓަރިން ސިސްޓަމާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓަމް ބަހައްޓަން ވެސް ހިމަނާފައިވެ އެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ހާއްސަ މަޝްރޫއުއެއް ފެށުމަށް އަންނަ އަހަރު 200 ދޯންޏަށް އެހީވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އާރްއެސްޑަބްލިއު އަދި ސޯލާ ފޮޓޯވޯލްޓެއިކް ނިޒާމު ހަރުކޮށް، ތެލުގެ ހަރަދު ކުޑަކުރާނެ ވަސީލަތް ހޯދަން އެހީތެރިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީތައް އެ ދާއިރާއަށް ތައާރަފްކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެހެންވެ، އަންނަ އަހަރުގެ ބަޖެޓުގައި އެފަދަ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދޭން ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބީބާން
24 November 2025
އވަރަށް އުފާވެރި ހަބަރެއް. ޓޫރިޒަމަށް ވުރެ މުހިއްމުކަން ދޭންވީ މަސްވެރިކަމަށް.
ކޮރަލް
24 November 2025
ބޮޑު ބައެއް މަސްވެރިންނަށް ދެނީ މިފްކޯ މެދުވެރިކޮށެވެ. އެެގޮތުން 280 މިލިއަން ރުފިޔާ މިފްކޯއަށް ކަނޑައަޅާފައިވެ އެވެ. ފައިސާ ހަރަދު ކުރާ ގޮތް ވ ބަލަން ޖެހެ އެވެ. ސިޔާސީ ބޮޑެތި މީޙުން ކުންފުނިތަކުގެ ފައިސާ ދަނީ ހުސްކުރަމުންނެވެ.
އެމްސް
23 November 2025
ބިދޭސީންގެ ވަގުވިޔަފާރިތައް ފުޅާވެގެންގޮސް މިއަދު މަސްވެރިކަމަށްވެސް އެމީހުން ނިކުމެއްޖެއެވެ! ދޯނިތަައް ކުއްޔަށް ނަގައިގެން، ނަމުގަ ދިވެހި ކެޔޮޅެއް ބަހައްޓައިގެންނެވެ! މިކަންކަން ބަލާ/ހުއްޓުވަންވެސް ދެން ގެންނަން އޮތީ އިތުރު ބިދޭސީންތަކެކެވެ!
ޗޯރޭޒް
24 November 2025
ބިދޭސީންގެ ކަންތައްތައް ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ. މަގުމަތީ ވެފައި ތިބި ބުޅާ ތައް މަޑުކުރަން އެދެވޭ މަސައްކަތެއް ނުކުރެވޭ...
ގޮނުއަނގަ
23 November 2025
ވާހަކަ ރީތިވާނެ. ރާއްޖޭގެ ފަރުތަކުގެ ފަރުމަސްވެރިކަން ހަލާކު ކުރަން މަސްވެރިކަމު ގެ ޤާނޫނާ ޚިލާފަށް މަހަށް ބަޑި ޖަހާގެން މަސް ހިފައި މަސްތައް ފައްސާ ފަރުތައް ހަލާކު ކުރާއިރު އެއީ މޫދު ކުޅިވަރު ކަމުގައި ވަކި ބަޔަކަށް ހަދައިދީފައި، ފަރުކައިރި މިޔަރުތައް ނެއްބަޔަކަށް ޙިމާޔަތް ކޮށްދީގެން ތިބެނީ ޙީލަރްތެރި ކަމުން.
ބަރަކޫޑާ
23 November 2025
ރާއްޖޭގައި ކަނޑުއަޑީ ފުލުހުންގެ ހިދުމަތް ތައާރަފްކޮށް ކަނޑުގެ އެކިހިސާބުތަކުގައި ކަނޑުއަޑީ ފުލުސް ސްޓޭސަންތައް ގާއިމުކުރުން މިވަގުތަށްވެސް މުހިންމު.
ރަދީފު ބިން ރަފައިދާ
23 November 2025
އަޅާހައި ފިޔަވަޅެއް އަޅަނީ ކައްޗަށް.
ޒަންޒިބާރު
23 November 2025
މަސްވެރި އޮޑިފަހަރުގަޔާ މާލެ ދަތުރުކުރާ ބޯޓްފަހަރުގަ ގަވާއިދާހިލާގައް އުޅޭ ބޮންދުން ބޭރު ކޮއްބަލަ.
ބަކުރުު
24 November 2025
އެމީހުން ބޭރުކޮށްގެން އޮޑިފަހަރު ނުދުއްވޭނެ. އެކަންކަންކުރަން ދިވެހިންނެއް ނުލިބޭ. ދިވެހިން ބޭނުންވަނީ ކަމެއްނުކޮށް ލާރި ލިބެން. ބޭރުމީހުންބޭނުންވަނީ ބުރަ މަސައްކަތްކޮށްގެން ގިނަލާރިހޯދަން. ޖެހުނުކޮންމެކަމެއްކުރަން ތައްޔަރު.
ހާނޖީ
23 November 2025
ކަމެއް ކުރަންވީމަ ކޮއްފަ ދައްކާނީ ... ކޮންމެހެން ކުރަނީ ، އަންނަނީ ، އަޅަނީ އެއްގަ ބޮޑު ސުރުހީ އެޅުމުގެ ބޭނުމެއް ނެތް.
ސޮރީ
23 November 2025
ބޭފުޅާ ޕާޓީން ގައުމު ދަރުވާ ނުލިނަމަ ތިޔަހެން ތިކަންވީސް