ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ. ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދަން މަސައްކަތްކުރޭ
15 ޑިސެމްބަރ 2025 - 10:29
ބީއެމްއެލްގެ ޑެބިޓް ކާޑު ކަސްޓަމަރުންގެ ތެރެއިން ދަރިވަރުންނާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިން ފިޔަވައި އެހެން ކަސްޓަމަރުންގެ ކާޑު ލިމިޓަށް މި އަހަރު ގެނެސްފައިވާ ބަދަލުތަކުގެ ތަފުސީލު އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.
އެ މައުލޫމާތަށް ބަލާއިރު، ބީއެމްއެލް އިން ވަނީ ކާޑު ލިމިޓުތައް އިތުރުކުރުމުގެ ސްޓްރަކްޗާޑް، ޓިއާޑް ނިޒާމެއް ތަންފީޒުކޮށްފަ އެވެ. ތިރީގައި މިވަނީ އޭގެ ތަފުސީލެވެ.
ސެޕްޓެމްބަރު 16، 2020 ގައި ބީއެމްއެލްގެ ކާޑު ލިމިޓުތައް ވަނީ މަހަކަށް 250 ޑޮލަރަށް ހަމަޖައްސައިފަ އެވެ. މި ލިމިޓު ބަހާފައި ވަނީ ޕީއޯއެސް (ފިހާރަތަކުން ކުރާ ވިޔަފާރި)، އޭޓީއެމުން ފައިސާ ނެގުން އަދި އީ-ކޮމާސް (އޮންލައިން ވިޔަފާރި) އެއްކޮށްލައިގެން ޖުމްލަ ލިމިޓެއްގެ ގޮތުގަ އެވެ. ކޮންމެ ކަހަލަ މުއާމަލާތެއް ކުރިޔަސް ޖުމްލަ ލިމިޓަށް ބަދަލު އާދެ އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރުގެ ލިމިޓެއް އޮތް ނަމަވެސް ޖޫން 2025 ގެ ނިޔަލަށް ބޭންކުން ދެމުން އައީ މި ލިމިޓެވެ. އެހެންވެ މި 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ފްލައިޓް ޓިކެޓާއި ހޮޓާ ބުކިންތައް ހެދުން އޮތީ ވަރަށް ބޮޑު އުނދަގުލަކަށް ވެފަ އެވެ.
އެހެންވެ މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުގެ ލިމިޓަށް މުހިންމު ބަދަލެއް ފުރަތަމަ ފަހަރަށް ގެނަ އެވެ. ޖުމްލަ ކޮމްބައިންޑް ލިމިޓު ދެގުނަ ބޮޑުވެ، 500 ޑޮލަރަށް އިތުރުކުރި އެވެ. މި އާ މަރުހަލާގެ ދަށުން، ޕީއޯއެސް ވިޔަފާރީގެ ލިމިޓު ވެސް 500 ޑޮލަރަށް އިތުރުވެ އެވެ. ނަމަވެސް، ރާއްޖޭން ބޭރަށް ދަތުރު ނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ފާހަގަވެފައިވާއިރު، ރާއްޖޭން ބޭރުގައި އޭޓީއެމުން ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރު ކަމަށް ކަނޑައެޅު އެވެ.
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް ގެނައި ބަދަލުތަކުގެ ތަފްސީލް pic.twitter.com/gGFVSsFXfz
— Mohamed Saeed (@BMLSpokesperson) December 14, 2025
އެކަމަކު އީ-ކޮމާސް ނުވަތަ އޮންލައިންކޮށް ހަދާ ފޮރިން ޓްރާންސެކްޝަންތަކުގެ ލިމިޓަށް ބަދަލެއް ނުގެނެ އެވެ. ފްލައިޓް އަދި ހޮޓާ ބުކިންތައް ހެދުމަށް ވަކި ހާއްސަ އަދަދެއް ކަނޑައެއް ނާޅަ އެވެ.
ބީއެމްއެލްގެ އަހަރީ ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 11 ގައި އެ ބޭންކުން އަނެއްކާވެސް ޑެބިޓް ކާޑު ކަސްޓަމަރުންނަށް ޖުމްލަ، ކޮމްބައިންޑް ލިމިޓު ވަރަށް ބޮޑަށް އިތުރުކޮށް 3,000 ޑޮލަރަށް ހެދި އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޕީއޯއެސް އިން ކުރާ ވިޔަފާރީގެ ލިމިޓު ކުރިއަށް ވުރެ ދެގުނަ ބޮޑުކޮށް 1,000 ޑޮލަރަށް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ބޭރުގައި އޭޓީއެމުން ފައިސާ ނެގުމުގެ ލިމިޓު 125 ޑޮލަރުގެ ލިމިޓު ބަދަލެއް ނުކުރެ އެވެ. އަދި އީ-ކޮމާސް ލިމިޓު 250 ޑޮލަރަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް 2020 ގެ ފަހުން މިހާތަނަށް ގެނެސްފައެއް ނުވެ އެވެ.
ކާޑު ލިމިޓަށް މިހާރު ގެނެސްފައިވާ އެންމެ ހެޔޮ ބަދަލަކީ ފްލައިޓް އަދި ހޮޓާ ބުކިންތަކަށް ހާއްސަ ވަކި ކެޓަގަރީއެއް ހަމަޖައްސައި މި ކެޓަގަރީ އަށް 3,000 ޑޮލަރާ ހަމަޔަށް މުއާމަލާތްކުރެވޭނެ ގޮތް ހަމަޖެއްސުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުގީ
16 December 2025
ޑެބިޓް ކާޑުން ރާއްޖޭގެ ރަށްތަކުގަ ހުންނަ ގެސްޓް ހައުސް ތަކަށް ރުފިޔާއިން ފައިސާ ދެއްކޭ ވާހަކަ ތޯއްޗެއް. މިވަރުގެ ހެޑްލައިން ހަދަން ހެޔޮނުވާނެ
މުރާދު98
16 December 2025
ތިޔަށް ބަރޯސާވެގެން ލިބެނީ ލަނޑު، މެލޭޝިޔާ އެޕަލް ސްޓޮރަކަށް ގޮސް 600 ޑޮލަރު ކަނޑަން އުޅެގެން ނުކެނޑުނު. މަގޭ ޑެބިޓު ކާރޑުންވެސް ، އަންހެނުން ޑެބިޓު ކާޑުންވެސް ނުކެނޑުނު. ލަދެއްގަ ބެދުނީ
ޑރ ވާންޗޯ
15 December 2025
ހަގީގަތުގަވެސް ބެންކުން ކާޑުތައް ދަނީ ބްލޮކްކުރަމުން. އެބުނާލިމިޓަކީ ހަމައެކަނި ކޮށްލިއިއުލާނެއް، އެލިމިޓަށް ބަރޯސާވެގެން ރާއްޖޭންބޭރުގަ ހޮޓަލަކަށް ފައިސާއެއް ނުކެނޑޭ. ޕީއޯއެސް ތަކުން އަރަނީ ޑުނޮޓް އޮނަރ. ސަރުކާރުންވެސް މިވަރުގެ ދޮގެއް ޖެއްސުމެއް ރައިއްޔަތުންނަށް ކޮށްގެންނުވާނެ.
ޔުމް
15 December 2025
ހޮޓާ ބުކް ކުރަން ކާޑު ބޭނުމެއް ނުކުރެވޭކަމަށް ވަނީ ހޮޓަލަށް ގޮސް ފައިސާ ދައްކަން ކާޑު ދަމާލީމަ އަރަނީ ޑުނޮޓް އޮނާ ޔޯ.. މިވާގޮތެއް ބޭންކަށް އެނގޭބާ؟
ކަސްޓަމަރ
15 December 2025
ކްރެޑިޓް ކާޑުތަކުގެ އަހަރީ ފީ ސަތޭކަ ޕަސަންޓް ނަގަމުން، ކޮވިޑޭ ކިޔާފައި ކްރެޑިޓް ލިމިޓް ފަނަރަވަރަކަށް ޕަސަންޓަށް ދަށްކުރި ކުރިކުރުން އަދިވެސް އޮތީ އެގޮތަށެވެ! މީ ކިހާބޮޑު ބޭއިންސާފެއްހެއްޔެވެ؟ ކޭޝް އެޑްވާންސެއް ހަދައިފި ނަމަ ނަގަމުން އައި ޕަސަންޓް އަންގާވެސް ނުލާ އިޢުލާނުކުރުމެއް ނެތި އަތްނުފޯރާ ފަށަށް ބޮޑުކޮށްލި ކޮށްލުންވެސް ވެސް ކޮންމެ ވެސް ނޫސްވެރިޔަކު ގެނެސްދެއްވަ ބަލާށެވެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
15 December 2025
މިއީ ވަރަށް ހަގީގަތް އޮޅޭ ގޮތަށް ލިޔެފަ އޮތް ސުރުހީއެއް. ހަމައެކަނި ބޮޑެއް ނޫން ވީކީ ލިމިޓް ހުރިހާ ކަމަކަށް. މިސާލަކަށް 125 ޑޮލަރު އެއީ ދެން ކޯޗެއް ލިމިޓަކަށް ބަލަން. އެއަށްވުރެ ބައި ރުފިޔާއެކޭ ބުންޏަސް ރަނގަޅުވާނެ. ރައްޔިތުންނަށް ދަތި ކުރިޔަސް މި ދެން ބޮޑުވަރު!!
ހުސައިން
15 December 2025
އީ-ކޮމާސް ލިމިޓު 250 ޑޮލަރަށް އޮތް އޮތުމަށް ބަދަލު އަންނަނީ ކޮން އިރަކުތޯ؟ 250 ޑޮލަރު ހިނދުކޮޅެއްގެ ތެރޭގައި ހުސްވެދާނެ. އޮންލައިން ވިޔަފާރި ކުރެވޭނީ މިަކަމަށް ހެޔޮ ބަދަލެއް އައިސްގެން.
މިހާރުު
15 December 2025
އޮންލައިން ވިޔަފާރި ކުރާނެ ކަމެއްނެތް ސަރުކާރަށް ޖީއެސްޓީނުދައްކާ. އޮންލައިން ވިޔަފާރިޔޭ ކިޔާފަ ޓެމޫއިން ސާމާނުގެނެސް ގޭގަ ތަކެތިސްޓޯކޮއްގެން އިންސްޓަގުރާމުގަ އެއްޗިހި ވިއްކަން ތިއުޅެނީ.
ރަނަފް
15 December 2025
އެއަރ ބީއެންބީ ކަވާރ އެއް ނުކުރޭ ތިއަކުން. ޕްލީސް ޗެކް. ތޭންކްސް
ދަނިޔުސް
15 December 2025
ކަވަރު ކުރާ އެކައްޗެއްވެސް ނެތް. އުމުރާޔަށް ގޮސް 200 ޑޮލަރާހަމަޔަށްވެސް ކާޑުން ނުކެނޑުނު. ބެންކުން ބުނީ ބާކީ ބޭނުން ކުރެވޭވަރަށް ލިމިޓުވެސް އެބަހުއްޓޭ. ނުއެއްކެނޑޭ.
ޓެމޫބޮސް
15 December 2025
ޓެމޫއިން ގަންނަ އެއްޗެއްސަށް %30 ނަގާ ވާހަކަ ލިޔެލި ނަމަ.