މިއަހަރުގެ ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މާދަމާ މެންދުރު 2 އަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެ ފޯރިގަދަ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓާ އައުޓްޑޯ ކޯޓުގަ އެވެ. ޓައިޓަންސް ބާސްކެޓް އެކެޑެމީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ މަގުސަދަކީ ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީ ކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

މިދިޔަ އަހަރު މި މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ބައިވެރިވި އެވެ. 

މި އަހަރު އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެ ކެޓަގަރީތަކަކީ:

އެކެޑެމީ ކެޓެގަރީ:

· 8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

· 10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

· 12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

އޯޕެން ކެޓެގަރީ:

· 14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

· 16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

· 18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

· ފިރިހެން ޑިވިޝަން 1

· ފިރިހެން ޑިވިޝަން 2

· އަންހެން ޑިވިޝަން

· ބެލެނިވެރިން – ފިރިހެން

· ބެލެނިވެރިން – އަންހެން

ދިރާގުން ދަނީ ބާސްކެޓް ބޯޅަ ފަދަ އެކި ކުޅިވަރުތައް ތަރައްގީ ކުރުމަށް އެފަދަ އެކި މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.