މި ފަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ. 

މި އޮފާތަކުގެ ތެރޭގައި ބޮޑެތި ޑޭޓާ ޕެކްތަކާއި ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތައް ހިމެނެ އެވެ. މި އޮފާތައް ފަރުމާކޮށްފައި ވަނީ، ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާ ކުރެވޭނެ ގޮތަށެވެ. 

އުރީދޫގެ އޮފާތަކުގެ ތެރޭގައި ހިމެނެނީ:

  • އަވާލީ ޑޭޓާ ޕެކް – އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ

މިއީ 26 ޖީބީ ޑޭޓާ އެއް ގަޑިއިރަށް ލިބޭ 20ރ. ގެ ޕެކޭޖެކެވެ. މި ޕެކް، ސޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރުމަށް ބޭނުންކުރެވޭނެ އެވެ.

  • ވެލިއު ޝެއާ ޕެކް - 100 ޖީބީ

މިއީ އަމިއްލަ ބޭނުމަށާއި އެހެން މީހުންނަށް ޑޭޓާ ހިއްސާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ 100 ޖީބީގެ ޕެކެކެވެ. މި ޕެކުގައި 300ރ. އަށް އެކްޓިވޭޓް ކުރެވޭ 10 ދުވަހަށް ލިބޭ 100 ޖީބީގެ ޑޭޓާ ޕެކަކާއި ފަސް ދުވަހަށް އެކްޓިވޭޓު ކުރެވޭ 200ރ. ގެ ޑޭޓާ ޕެކެއް ހިމެނެ އެވެ. 

މި އޮފާގެ ދަށުން ލިބޭ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބޭނެ އެވެ. ހިއްސާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށްކަށް ކޮންމެ ނަމްބަރަކަށް 30ޖީބީ ލިބޭނެހެންނެވެ. 

އޭގެ އިތުރުން އަމިއްލަ ބޭނުމަށް 100ޖީބީ ބޭނުންވާ ކަސްޓަމަރުންނަށް ފަސް ދުވަހަށް 150ރ. އަށް 100ޖީބީ ލިބޭ ޕެކަކާއި ތިން ދުވަހަށް 100ރ. އަށް 100 ޖީބީ ލިބޭ ޕެކެއް ވެސް ހިމެނެ އެވެ. 

  • އީދު ހަދިޔާއަކަށް ޑޭޓާ ޕެކް ހަދިޔާކޮށްގެން ހިލޭ ޑޭޓާ ލިބޭ އޮފާ

މި އޮފާގެ ދަށުން އީދު ހަދިޔާއެއްގެ ގޮތުގައި އެހެން މީހަކަށް ޑޭޓާ ޕެކް ހަދިޔާކޮށްގެން ހިލޭ ޑޭޓާ ލިބޭނެ އެވެ. މި އޮފާ ލިބޭނީ އީދު ދުވަހު އެކަނި އެވެ. 

މި އޮފާގެ ދަށުން ފުރަތަމަ ޕެކް ފޮނުވުމުން ހަތަރު ގަޑިއިރަށް އެއް ޖީބީ ޑޭޓާ، ދެ ވަނަ ޕެކް ފޮނުވުމުން ހަ ގަޑި އިރަށް 10 ޖީބީ ޑޭޓާ، ތިން ވަނަ ޕެކް ފޮނުވުމުން ހަތަރު ގަޑިއިރަށް 100 ޖީބީ ޑޭޓާ އަދި ހަތަރު ވަނަ ޕެކް ފޮނުވުމުން ހަހަރު ގަޑިއިރަށް 200 ޖީބީ ޑޭޓާ ލިބޭނެ އެވެ. 

  • މަގޭ ޕްލޭނަށް ބޯނަސް ޑޭޓާ

މި އޮފާގެ ދަށުން މަގޭ ޕްލޭން އެކްޓިވޭޓް ކުރާ މީހުންނަށް އިތުރު 25 ޕަސެންޓުގެ ބޯނަސް ޑޭޓާ ލިބޭނެ އެވެ.