އުރީދޫގެ އެމްފައިސާ އިން މި އީދަށް ހާއްސަކޮށް "އީދު ހަދިޔާ" ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އަލަށް ތައާރަފްކުރި މި ފީޗާ މެދުވެރިކޮށް، އެމްފައިސާގެ އެޕްގައިވާ "އީދު ހަދިޔާ" ބެނާ އަށް ވަނުމުން ފެންނަން ހުރި އޮޕްޝަންތަކުގެ ތެރެއިން އޮޕްޝަނެއް ހިޔާރުކުރުމުން އެ އަދަދެއްގެ ފައިސާ އީދު ހަދިޔާގެ ގޮތުގައި ބޭނުން މީހަކަށް ފޮނުވޭނެ އެވެ. އަދި ބޭނުން ވާ ނަމަ އަމިއްލަ އަދަދެއް ޖެހުމުގެ އިހުތިޔާރު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
"އީދު ހަދިޔާ" ފޮނުވާއިރު ބޭނުން މެސެޖެއް ޖެހުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި މި ހަދިޔާ ފޮނުވުމަށް، އެ ހަދިޔާ ދޭން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަމްބަރު ޖަހާ، އޯޓީޕީ ޖެހުމުން މި ހަދިޔާ ފޮނުވާލެވޭނެ އެވެ.
އުރީދޫން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ފިންޓެކްސް ވަސީލަތްތަކާ އެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ޒަމާންވީ އީދުގެ ސަގާފަތްތައް ދިރުވުމުގައި ފަސޭހަ، ޒަމާނީ ހައްލުތައް ފޯރުކޮށްދިނުމެވެ.