ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ރަސްމީ ވެބްސައިޓް އަލުން ޑިޒައިންކޮށް، ޑިވެލޮޕްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު ދޭއްގެ ކުރިން އީއޯއައި ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ [email protected] އަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އީއޯއައި ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއީ ފޯމާއި އިތުރު މައުލޫމާތު އެ ކުންފުނިން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވަނީ ހިމަނައިފަ އެވެ.