އެއާޕޯޓްގެ ދޮވެމި ޝޮޕް ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ޔަމަހާ ޒިއޮން ސައިކަލެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގާ ދޮވެމި ޝޮޕުން ވިޔަފާރިކުރާ މީހުންގެ މެދުގައި ގުރު ނަގައިގެން ފުރަތަމަ ނަސީބުވެރިޔާ އިއްޔެ ހޮވައި، ޔަމަހާ ޒިއޮން ސައިކަލެއް ދީފި އެވެ.


އެއާޕޯޓްގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ މި ޝޮޕުން ފެބްރުއަރީ 1 ގައި ފެށި ޕްރޮމޯޝަންގައި، އެ ތަނުން 1،000ރ ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. ގުރު ނަގަނީ ކޮންމެ ތިން މަހަކުން އެއް ފަހަރު އެވެ. އެގޮތުން ފުރަތަމަ ނެގި ގުރުން ނަސީބުވެރިޔަކަށް ހޮވި، ސައިކަލް ލިބުނީ ނަދޫ ނިޒާރަށެވެ.

ކޮންމެ ތިން މަހަކުން އެއް ފަހަރު ނަސީބުވެރިޔަކު ހޮވާ ގޮތަށް ވަނީ ހަމަޖައްސާފައި

ސެންޓާއި އަވިއައިނާއި ލޯޝަނާއި ގަޑި ފަދަ އެތައް އެއްޗެއް ދޮވެމި ޝޮޕުން ލިބެން ހުރެ އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައިން ވަރަށް ގިނަ ބަޔަކު ވިޔަފާރިކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން ހިންގަނީ އެލިއާ އިންވެސްޓްމަންޓާ ގުޅިގެންނެވެ.