ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 100 ޕްލަސް އިން ރާއްޖެ އަށް އިތުރު ރަހަތަކެއް ތައާރަފް ކުރުމަށް މިރޭ ބާއްވަން އުޅުނު ހަރަކާތް، މޫސުން ގޯސްވުމުން ފަސްކޮށްފި އެވެ.
ރާއްޖޭގެ ބާޒާރަށް 100 ޕްލަސްގެ އާ ރަހަތަކެއް ނެރުމަށް ކުރިން ހަމަޖެހިފައި އޮތީ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބާއްވާ ހަރަކާތެއްގަ އެވެ. ނަމަވެސް މޫސުން ގޯސްވުމުން، އެ ހަރަކާތް އަލުން ބާއްވާނެ ތާރީޚު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް 100 ޕްލަސް އިން ވަނީ ބުނެފަ އެވެ.
"ކެރޭނެތަ"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި އިވެންޓްގައި ސްކައި ރޮކް ބޭންޑާއި މަޝްހޫރު ބޮޑުބެރު ބޭންޑް 1438 ގެ ފޯރިގަދަ ހަރަކާތްތައް ބާއްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އަދި އިވެންޓް ކުރިއަށް ދާ ވަގުތު އެ ސަރަހައްދުން 100 ޕްލަސްގެ ރަހަ ބެލުމާއި ސުވާލުތަކަށް ޖަވާބު ދިނުމާއި ލަކީޑްރޯ ނެގުން ފަދަ އެތައް ކަމެއް އޮތީ އިންތިޒާމް ކޮށްފަ އެވެ.
"އިވެންޓްގެ މެއިން ކޮންސެޕްޓަކީ ހުރިހާ ޕާޓްނަރުން ވަކިވަކިން ކަސްރަތު ހަރަކާތްތައް ބޭއްވުން. އެގޮތުން ލައިވް ފިޓްނަސް ޗެލެންޖްތަކާއި ވޯކްއައުޓާއި ޒުންބާ ފަދަ ހަރަކާތްތައް ހިމެނޭނެ. މި ހަރަކާތްތަކުގައި ހުރިހާ މީހުން ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައި އޮންނާނީ،" އިވެންޓާ ގުޅޭގޮތުން 100 ޕްލަސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
އަލަށް ތައާރަފްކުރާ ރަހަތަކަކީ ބެރީ އަދި އެކްޓިވް ކަމަށް އެ ބަޔާނުގައި ވެ އެވެ.
100 ޕްލަސްގެ އާ ރަހަތައް ތައާރަފް ކުރުމުގެ އިވެންޓްގެ ޕާޓްނަރުންނަކީ ހީޓް ހެލްތް އެންޑް ފިޓްނަސް، މާލޭ ފިޓްނަސް ކްލަބް، ރިވައިވް ފިޓްނަސް، ޓްރެއިން ވިތް ކައި އަދި ހާފް ކޯޓް މޯލްޑިވްސް އެވެ.