ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 100 ޕްލަސް އިން ރާއްޖެއަށް އާ ދެ ރަހައެއް ތައާރަފް ކޮށްފި އެވެ.

އާ ރަހަތައް ތައާރަފް ކުރީ، "ކެރޭނެތަ"ގެ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރިގަދަ ހަރަކާތްތަކާ އެކު އެވެ. އަލަށް ބާޒާރަށް ނެރެފައިވަނީ 100 ޕްލަސްގެ ބެރީ އަދި އެކްޓިވް އެވެ. ފޯރިގަދަ ހަރަކާތްތަކާއި އެކު ކުރިއަށްދިޔަ ހަރަކާތުގައި، 100 ޕްލަސްގެ އާ ރަހަތައް ދައްކާލުން ވެސް އޮތެވެ.

ސްކައި ރޮކް ބޭންޑާއި، މަޝްހޫރު ބޮޑުބެރު ބޭންޑް "1438"ގެ ފޯރިގަދަ ހަރަކާތްތަކާ އެކު، އާ ރަހަތައް މާކެޓަށް ނެރެދިނީ 100 ޕްލަސްގެ އެންބެސެޑަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މަޝްހޫރު ކުޅިވަރު ކުޅޭ ފަރާތްތަކުންނެވެ.

100 ޕްލަސްގެ ބެރީ އާއި އެކްޓިވް ތައާރަފް ކުރުމުގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
100 ޕްލަސްގެ ބެރީ އާއި އެކްޓިވް ތައާރަފް ކުރުމުގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގިނަ ބަޔަކު ބައިވެރިވި ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ހީޓް ހެލްތް އެންޑް ފިޓްނަސް، މާލޭ ފިޓްނަސް ކްލަބް، ރިވައިވް ފިޓްނަސް، ޓްރެއިން ވިތް ކައި އަދި ހާފް ކޯޓް މޯލްޑިވްސް އިން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތަކީ، 100 ޕްލަސް އިން މި އަހަރަށް ރާވާފައިވާ ޕްރޮމޯޝަނަލް އިވެންޓްތަކުގެ ތެރެއިން އެންމެ ފަހު އިވެންޓެވެ. 100 ޕްލަސް އިން ބުނީ، މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ގިނަ އިވެންޓްތަކެއް ބާއްވާނެ ކަމަށެވެ.