ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 1،000 ހައުސިން ޔުނިޓްގެ އިމާރާތްތަކެއް: އަވިން ހަކަތަ އުފެއްދުމަށް ބޭނުންވާ ޕެނަލްތައް ހަރުކުރަން ނިންމާފައިވާ އެތަނުގެ ބައެއް އިމާރާތްތަކުގައި.
31 ޑިސެމްބަރ 2017 - 09:31
ހުޅުމާލޭގައި އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ވޯލްޑް ބޭންކާއި އެނާޖީ މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ސޯލާ ޕެނަލްތައް ހަރުކުރާނީ ކުރިން އިމާރާތްކޮށް މީހުން ދިރިއުޅެން ފަށާފައިވާ 1،000 ހައުސިން ޔުނިޓުން ހޮވާލެވޭ ތަންތަނުގައި ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލޭގައި އަވިން ކަރަންޓް އުފައްދަން ބޭނުންވާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާއި ސުވިޓްޒަލެންޑްގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ހުޅުމާލޭ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ އެވެ. އެ މަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ޕެނަލްތައް މިހާރު ގެނެސްފައިވާ ކަމަށެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަވިން އުފައްދާ ކަރަންޓް ފޯރުކޮށްދޭނީ ސްޓެލްކޯގެ ގްރިޑާ ގުޅާލައިގެން ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ތަފުސީލް މައުލޫމާތު ދެވޭނީ އެނާޖީ މިނިސްޓްރީން އަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު މި މަޝްރޫއާ ބެހޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ކުރިޔަށް ދާއިރު، ސްޓެލްކޯ އިން އަންނަނީ ހުޅުމާލޭގައި ޖުމްލަ 50 މެގަވޮޓްގެ ކަރަންޓު އުފެއްދޭ، 8.9 މެގަވޮޓް ހަ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެއް އަހަރާ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ސްޓެލްކޯ އިން ދާދި ފަހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯރިޤް
31 December 2017
މިއީ ކްލައިމެޓް އިންވެސްޓމެންޓް ފަންޑުން އެސް.ރެޕް ގެ ނަމުގައި ނަޝީދު ސަރުކާރުގައި ގެނައި މަޝްރޫއެއް. މަޝްރޫއުގެ ފޮނިމީރުކަން ލިބެންފެށި އަދި ކިރިޔާ.. ނަޝީދުއަށް މިކަމުގައި ޝުކުރު ހައްޤު. ޔާމީނު އެކަންނެއްނޫން
އަލި
01 January 2018
މަޖާކަމެކޭދޯ.. ބަލަ ވެރިކަން ބަދަލުވާއިރު ސުމަކުން ނޫނޭ ފަށަނީ.. ނިމުނު ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ އާސަރުކާރުން. މީގަ މީހަކަށް ޝުކުރެއް ހައްގުވެއްޖެތަ؟.. އެމީހުން ވެރިކަމަށް ލައިގެން މިތިބެނީ މިކަންތައްތައް ކުރާކަށް ނޫންބާ؟!!
އެމްޑީ
31 December 2017
ރިނީވެބްލް ވާވަރަކަށް ޖީބުތަައްވެސް ރިނީވެބްލްވެ ބާރުބޮޑުވެގެންދާތަން ފެނިގެންދާނީ.
ސޯލާ އެކްސްޕާޓް
31 December 2017
1500 ކިލޯ ވޮޓް ޕީކް ނިޒާމަކުން އެވްރެޖްކޮށް 1500×5ގަޑި = 7500 ޔުނިޓް ދުވާލަކު އުފެއްދޭނެ. އޭގެން 7500/3.5 = 2100 ލީޓަރު ޑީސަލް = 10،000 ރުފިޔާ ދުވާލަކު ނުވަތަ 300،000 ރުފިޔާ މަހަކު އެއީ 5 ރުފިޔާ ލީޓަރެއް މަގުން. ޕެނަލް ފޮޅާ ދޮވެ ސާފުކުރުމުގެ ހަރަދަށް 100،000ރ. ސާފު ފަަައިދާ މަހަކު 200،000ރ އަހަރަކު 2.4 މިލިއަން. ދުނިޔޭގެ ބާޒާރުގަ މިހާރު ޕެނެލް ހުރީ 70 ޑޮލަރު ކިލޯ ވޮޓް ޕީކް އަކަށް. އެމަގުން މި ސިސްޓަމް 1.8 މިލިއަން ރުފިޔާ އަށް. 1 އަހަރު ނުވަނީސް ކަވަރު ވީ. ހުޅުމާލޭ ކުރަންވީ 1.5 އެއް ނޫން، 15 ވަރު.
ހަމަސާބަސް
31 December 2017
ރަނގަޅުކަމެއް.ނަމަވެސް ކަންކުރަންފެށި އިރުވެސް ފްލެޓް ތަކުގެއުޅޭ ރައްޔިތުންނަކަށް ނޭގޭ. ކޯޝަންޖަހާފައިވާ ބަންދުތަކެއް ދެމިއިރު ރައްކާތެރިވާންވީ ކޮންކަމަކުން ކަމެއްނޭނގޭ. ފަހުންއެނގުނީ މަތިން ވެއްޓިދާނެއެއްޗިއްސަށްކަން. ބަދިގެކުޑަދޮރުކައިރިއަށް އަރަންފެށުމުން އެތަން އެތެރެ ނުފެއްނާނޭ ގޮތަކަށް ނިވާކުރަން އެނގުނީވެސް. އަންގާލައިގެން ކުރާނަމަ ފަސޭހަވެފަ ހިތްހަމަޖުހުނީސް އަދި ތިޔަޙިދްމަތުން ލިބޭނޭ ލުޔަކާ ހިނގާނޭ ޙަރަދުވެސް ނޭގޭ.
ޔާމީނުގެ ނޫރުލްއިސްލާމް
31 December 2017
އަމާޒުލާހޫރޭ ބަޔަކު ދުށީމުތަ އަމާޒެއްނެތި ރައްޔިތުންގެ ހަޒާނާ ލޫޓުވާފަ ކޮންދިވެހި ރައްޔިތަކައް ބުރިޖު ނޭޅޭނީ ވިހާދަރި ބޮލުގަ 3 ލައްކަ ރުފިޔާގެ ދަރަނި އަޅުވާފަ ކާކައް 25 ބުރީގެ އިމާރާތެއް ނޭޅޭނީ ވޯޓުލާއިރު ވިސްނާތި
ހަސަނޭ
31 December 2017
ތިޔަ ހަރުކޮށް ނިމޭއިރު ހިޔެއްނުވޭ ފުރާޅު ހަމަޔަށް އޮންނާނެ ހެނެއް. މިހާރުވެސް ދެދުވަހުން އެއްދުވަހު ޓައިލްސް ނެއްޓި ފާރުގަ ރެނދުލާ ޝީޓުން ރެނދުލާ ތަނެއްގެ ވާހަކަ ތިދައްކަނީ. މަސައްކަތް ކުރާމީހުން ފުރާޅުގަ ހިނގާލާ އަޑަށްވެސް ސިއްސައިގެންދޭ. އެހާ ނުބަލާ އެވެރިންވެސް މަސައްކަތް ކުރަނީ. ކޮންމެ ކަމަކުން ބޯހަލާުކު
އުމަރު
31 December 2017
ހުޅުމާލޭގައި އަވިން 5 މެގަވޮޓްގެ ކަރަންޓު މިހާރުވެސް އުފެއްދޭނެ، އެކަމަކު ސުވާލަކީ ތިޔަ އުފައްދަން އުޅޭ 1.5 މެގަވޮޓްގެ ކަރަންޓުން ކަސްޓަމަރުންނަށް ފައިދާކުރާނެތޯ؟ ނުވަތަ ހަމަ ތިޔަ 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ނިޒާމު ސްޓެލްކޯއާއި ހަވާލުކޮށް ހަމަ ސްޓެލްކޯއިން މިހާރުވެސް ކަރަންޓަށް ނަގަމުންދާ އަގުނަގާނީތޯ؟ ދުނިޔޭގެ އެހެން ޤައުމުތަކުގައި ސޯލާ ޖަހައިގެން ރިނިއުބަލް އެނާޖީ ބޭނުންކުރަނީ ކަރަންޓް ބޭނުންކުރާ މީހުންގެ ޖީނަށް ލުއިކުރަން، އަދި އަންދާ ތެޔޮ މަދުކުރަން، އެކަމަކު މިސަރުކާރުންވި ވައުދެއް ރާއްޖޭގެ ހުރިހައި ރަށެއްގައި ބޭނުންކުރާ ކަރަންޓުގެ %30 ޕަސެންޓް ރިނިއުބަލް އެނާޖީއަށް ބަދަލުކުރުމަށް، އެކަމަކު އެކަމެއް ނުހިނގާ، އަދި ދިވެހިންނަށް އެކަމުގެ ރާހަތެއްވެސްނުވޭ، އެއީ އެކަން ކުރާމީހުން އެކަން ކުރިޔަށް ރައްޔިތުންނަށް އޭގެ ފައިދާނުލިބޭގޮތަށް ހިންގަން ރޭވާފައިވާތީ، އަދި އެކަމުގެ ގާބިލު މީހުންވެސް ނެތީމަ
އެހެންތޭ
31 December 2017
ހުޅުމާލޭގައި އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދަނީ ކަމަށް ބުނި ނަމަވެސް އެއީ ޕްރެކްޓިކަލް ކަމެއް ކަމަށް މަމެން ގަބޫލު ނުކުރާނަމޭ. މިހާތަނަށް ރާއްޖޭގައި ޖަހާފައިވާ އަވި ޕެނަލްސް ތަކުގެ އަގު އެބައަރާ 900 މިލިއަން ޑޮލަރަށް. އެއީ މުޅި ރާއްޖެ އަށް ކަރަންޓް ދެވޭނެ ޑީސަލް އިންޖީނު ތަކުގެ އަގު. އެކަމަކު އެންމެ ލީޓަރު ޑީސަލް އެއް ވެސް މިހާތަނަށް އެއްވެސް ތަނަކުން ސަލާމަތް ވެފައި ނެތް. ވަރު ދައްކާފައި އަވި ޕެނަލް ޖެހި ރިސޯރޓް އިން އަންދާ ތެލުގެ އަދަދު ބޮޑު އެ ނުޖަހާ ރިސޯރޓްސް ތަަކަށް ވުރެން. ދުވާލަކަށް 8000 ލީޓަރު ޑީސަލް އެންމެ 150 ރޫމަށް މީ ބޮޑު ވަރު ދޯ. ހުންނާނެ އަވި ޕެނަލް ރަނގަޅަށް ޖެހިފައި ދޯ.
ގަމާރުކޮއި
01 January 2018
ކަލޯ ތިހުރީވާނުވާ ނޭގިފާ. އަލުން ފޮތްބައި ހުޅުވާކިޔާލަގަ.
އައްޑޫ ރަދުން
31 December 2017
މިފަހަރު ބިލު ބޮޑުކޮއްފަ އިރު ބޮލުގަ ބަދުނާމު އަޅުވާނީ...
އަލީގެ މަލީ
31 December 2017
މިހާރު މަސައްކަތް ފަށާއިގެން ކުރިއަށްދަނީ މިހާ ހަލުވިކޮން ކަންކުރާ ސަރުކާރެއް ހަމަ ނެތޭ... ސާބަހޭ ރައީސް